ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިހާއި ބައްލުކުރަން މިޖެހެނީ ސިޓީ ލިޔެގެން ތިބެން ކަމަށާއި، އިދިކޮޅު ފަރާތްތަކާއި ބައްދަލުކުރާނެ ހިތްވަރެއް ނެތް ކަމަށް އިދިކޮޅު ކޯލިޝަން ހިންގުމާއި ހަވާލުވެ ހުންނެވި ޕީއެންސީގެ ރައީސް އަބްދުއްރަހީމް ވިދާޅުވެއްޖެއެެ.
ރައީސާއި، ބައްދަލު ކުރުމަށް ރަސްމީ ޕްރޮޓްކޯލްގެ ތެރެއިން ސިޓީ ލިބިފައި ނުވާކަމަށް ބުނުމުން، ރައީސް އޮފީހުގައި ތިއްބަވައިގެން އިދިކޮޅު ކޯލިޝަންގެ ބޭފުޅުން ސިޓީ ލިޔެ ރައީސާއި ބައްދަލު ކުރުމަށް އެދިފައެވެ.
މިސިޓީ ލިޔުނީ އިދިކޮޅު ކޯލިޝަންގެ ލީޑަރު އަބްދުއްރަހީމެއެވެ. އެސިޓީގައިވަނީ ރައީސާއި ބައްދަލުކުރަން 4 ދުވަހަކު ރައީސް އޮފީހަށް ދެވިފައިވާކަމަށެވެ. ރައީސާއި ބައްދަލުކުރަން ދަނީ ރައްޔިތުންގެ ބޮޑެތި ކަންބޮޑުވުންތަކެއް ހުރުމުން ކަމަށާއި، ރައްޔިތުންގެ ހުރި ކަންބޮޑުވުންތަކަށް ހައްލު ހޯދުމަށްޓަކައިވެސް ބައްދަލުކޮށް ރައީސް ޔާމީނަށް އިންސާފު ހޯދައި ދޭންޖެހޭކަމަށް ސިޓީ ބުނެފައިވެއެވެ.
ބައްދަލުވުނުވެ ރައީސް އޮފީހުން ނިކުމެ އަދުރޭ ވިދާޅުވީ ރައީސް އާލާސްކަން ފުޅާ އުޅުއްވާކަމަށް ވިދާޅުވެ މިއަދުވެސް ބައްދަލު ނުކުރިކަމަށެވެ. އަދި ފެނިގެންދަނީ އިދިކޮޅު ލީޑަރާއި އަދި އިދިކޮޅު ފަރާތްތަކާއިވެސް ބަދަލު ކުރައްވަން ބިރުން ފަސްޖެހޭތަން ކަމަށެވެ.
އަޅުގަނޑުމެން މިޖެހެނީ ސިޓީއަކުން ދަންނަވާލަ ދަންނަވާލާ ތިބެން. މިއަދުވެސް ބައްދަލެއް ނުކުރެއްވި ވިދާޅުވި ކުޑަކޮށް ރޯގާ ވައްތަރު އުޅެގެން ރައީސް އޮފީހަކަށް ނާދެއޭ.
– އަދުރޭ ވިދާޅުިއެވެ.
ރަސްމީޕްރޮޓޮކޯލްއިން ރައީސް ސޯލިހަށް ސިޓީ ލިބިވަޑައިނުގަންނަވާ ކަމަށް ރައީސް އޮފީހުން ބުނާތީ މިއަދު ރައީސް އޮފީހުގައި ތިއްބަވައިގެން ސިޓީ ލިޔެފައި ވާނީ ހަވާލު ކޮށްފައި. pic.twitter.com/UxtyXFTAup
— Progressive Party of Maldives (@ProgressPartyMV) June 18, 2023
ރައީސް ޔާމީންގެ ޝަރީއަތަށް ނުފޫޒު ފޯރުވައި، ރައީސް ޔާމީނަށް ދެމުންދާ އަނިޔާތަކާއި ދެކޮޅަށް އަޑު އުފުލުމަށް ހިންގާ ހަރަކާތްތަކުގައި ޕީޕީއެމްގެ ލީޑަރޝިޕުން މީގެ ކުރިން ދެތިން ދުވަހަކު ރައީސާއި ބައްދަލު ކުރުމަށް ރައީސް އޮފީހަށް ވަޑައިގެންފައިވެއެވެ. ނަމަވެސް މިހާތަނަށް އެއްވެސް ދުވަހަކު ބައްދަލު ވެފައި ނުވެއެވެ.