15 ޖަނަވަރީ 2025

ޑިމޮކްރެޓްސްގެ ހޫނު ރައްދުތަކެއް، ކެނޑިޑޭޓަކު ނެރެ، ރައީސް ޞާލިހު ބަލިކުރާނަން!

އިލެކްޝަންސް ކޮމިޝަނުން ދަ ޑިމޮކްރެޓްސް އުފައްދަން ހުއްދަ ނުދިނުމުން، ޑިމޮކްރެޓްސްގެ ލީޑަރޝިޕުން ބަހުގެ ހޫނު ހަމަލާތަކެއް މިސަރުކާރަށާއި، ރައީސް ޞާލިހަށް ދީފިއެވެ.

އެމްޑީޕީގެ މައި ހަރުގެ ހުރި، މިހާރުގެ ދަ ޑިމޮކްރެޓްސްގެ ހަރުގޭގައި ބޭއްވި ޖަލްސާގައި ވާހަކަ ދެއްކެވި ގިނަ މެމްބަރުން ވަނީ މިސަރުކާރު ބަލިކުރާނެކަމަށް ތަކުރާރުކޮށް ވިދާޅުވެފައެވެ. އަދި މިރޭ އިލެކްޝަންސްގެ މެމްބަރުންނަށް ނުފޫޒު ފޯރުވައި ޑިމޮކްރެޓްސް އުފައްދަން ހުރަސް އެޅުމަކީ މިވެރިކަން ނިމޭކަމުގެ ފެށުންކަމަށެވެ.

މިއީ ވެރިކަން ނިންމުމަށް މަސައްކަތް ފަށަންވީ ހިސާބު. ސީދާ ރައީސް ޞާލިހުގެ ނުފޫޒަށް މިކަން މިހުއްޓުވީ. އަޅުގަނޑުމެން މިތިބީ ދޫދޭ ގޮތަކަށް ނޫން. އަޅުގަނޑުމެން ކެނޑިޑޭޓަކު ނެރެ، ވެރިކަމުގައި މިހިރަ އިބްރާހިމް މުހައްމަދު ޞާލިހު ބާލާނަން. ބަލިކުރާނަން، ބޮޑު ތަނުން ބަލިކުރާނަން.

– އާޒިމް ވިދާޅުވިއެވެ.

މިޖްލާގައި ވާހަކަ ދައްކަމުން މެމްބަރު އިލްޔާސް ލަބީބު ވިދާޅުވީ ޑިމޮކްރެޓްސް އުފެއްދުމަށް ހުރަސް އަޅައި އަތް އަޅައިގެން ތިބެވިދާނެ ކަމަށް ހީ ކުރިޔަސް އެކަމެއް ނުވާނެކަމަށެވެ. މިކަން ކުރުމުގެ މޭސްތިރިންނަކީ މިނިސްޓަރ ޝާހިދާއި، ރައީސް ޞާލިހުކަމަށް އިލްޔާސް ތުހުމަތު ކުރެއްވިއެވެ.

އަޅުގަނޑުމެން ޝާހިދުގެ ގޭދޮށަށް އެއްވާން ޖެހިއްޖިއްޔާ އެކަންވެސް ކުރާނަން. ނަޝާތުއާއި، އާސިފްގެ ގޭދޮށަށްވެސް އެއްވާނަން. ހުއްދަ ދެން ދެން އަޅުގަނޑުމެން ދެން ތިބޭނީ މިކަމުގައި ނިކަން ރަނގަޅަށް ނިކުމެ.

– އިލްޔާސް ވިދާޅުވިއެވެ.

މިޖަލްސާގައި ވާހަކަ ދައްކަވަމުން މަޖިލީހުގެ ނައިބް ރައީސް އީވާ ވިދާޅުވީ މިރެއަކި ރައީސް ޞާލިހު އެކި މުވައައްސަސާތަކަށް ފޮރުވަމުންދާ ނުފޫޒު އޮތްމިންވަރު ހާމަވި ރެއެއްކަމަށެވެ.

މިރޭ އިލެކްޝަނުން ނިންމި ނިންމުމާއި ގުޅޭގޮތުން ފުއާދު ވިދާޅުވީ އޭނާ މަސައްކަތް ކުރަނީ ނުފޫޒެއްގެ ދަށުގައި ކަމަށް ބައެއް މެމްބަރުން ގަބޫލު ކުރައްވާ ކަމަށެވެ. ފުއާދު ވިދާޅުވީ ޑިމޮކްރެޓްސް އުފައްދަން ހުއްދަ ދިނުމާ ގުޅޭ ގޮތުން ވޯޓެއް ނެގުމުން ވަޑައިގެންނެވި ހަތަރު މެމްބަރުންގެ ތެރެއިން ދެ މެމްބަރަކު ހުއްދަ ދޭން ވޯޓު ދިން ކަމަށެވެ.

އެ ބޭފުޅުން ބޭނުންވާ ކަންތައްތަކެއްކޮށް ނުނިމޭ ކަމަށްވަނީ. އޭގެ އިތުރަށް އެބޭފުޅުން ތުހުމަތު ކުރައްވަނީ އަޅުގަނޑު މަސައްކަތް ކުރަނީ ނުފޫޒެއްގެ ދަށުގައި ކަމަށް. ފުއާދު ވިދާޅުވިއެވެ.

ކޮމިޝަނުގެ ރައީސް ފުއާދުގެ އިތުރުން އިލެކްޝަންސް ކޮމިޝަނުގައި ތިއްބަވަނީ ނައިބު ރައީސް އިސްމާއިލް ހަބީބާއި އަލީ ނަޝާތާއި ޑރ. މުހައްމަދު ޒާހިރާއި މުހައްމަދު އާސިފެވެ. މިރޭގެ ބައްދަލުވުމަށް އޭނާގެ އިތުރުން ހާޒިރުވެވަޑައިގެންނެވި މެމްބަރުންނެއް ފުއާދު ވިދާޅެއްނުވެއެވެ. ޑިމޮކްރެސް އުފައްދަން ދެކޮޅު ހެދީ އާސިފާއި، ނަޝާތުއެވެ.

ހިޔާލު ފާޅުކުރައްވާ!

ކިޔުންތެރިންގެ ޚިޔާލުތައް:

  1. ހެހެހެހެެ މ ގައްޑ ބައެއް އަމިއްލައަް މަގުމަތިވ ބައިގަނޑެއ.

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ފަހުގެ

މަޤްބޫލު