Friday, 04 October 2024

އަޅުގަނޑުގެ ވެރިކަމެއްގައި ދަނޑުވެރިކަމުގެ ރަން ޒަމާން ގެންނާނަން: ޤާސިމް

ދިވެހިރާއްޖޭގެ ވެރިކަން ލިބިވަޑައިގެންފިނަމަ، ދަނޑުވެރިކަމުގެ ރަން ޒަމާން ގެނެސްދެއްވާނެކަމަށް، ޖުމްހޫރީ ޕާޓީގެ ލީޑަރު އަދި ރިޔާސީ ކެންޑިޑޭޓު އޮނަރަބަލް ޤާސިމް އިބްރާޙީމް ވިދާޅުވެއްޖެއެވެ.

"ޒުވާން ދަނޑުވެރިޔާ" ގެ ނަމުން މަޝްހޫރު، އައްޑޫ ސިޓީ، މީދޫ، ރަމްޒީއާއެކު ދަނޑެއްގައި ވަގުތު ހޭދަކުރައްވާ މަންޒަރު ފެންނަ ފޮޓޯތަކެއް ހިއްސާކުރައްވައި ޤާސިމް ވަނީ، ފަށުވި އިބާރާތްތަކަކުން ދިވެހި ދަނޑުވެރިންގެ ހިތްތަކަށް ހަމަޖެހުން ގެނުވާނެ ޚަބަރެއް ދެއްވައި، ދަނޑުވެރިންނަށް ވައުދެއްވެވަޑައިގެންފައެވެ.

ޤާސިމްގެ ޓުވީޓުގައި ވިދާޅުވީ، ދިވެހީންގެ މި ޢިއްޒަތްތެރި ބިމުގައި، ދިވެހީންގެ މުނާސަބު ފެހި ދަނޑުގައި، ދިވެހީންގެ މުރާލިކަމާ އެކުގައި ރުވަމުން މިދާ ގަސްތައް، އިރާދަފުޅާ މިންވަރުފުޅުން ފޯދޭނެ ކަމަށާއި، ރަމްޒީފަދަ އެތަކެއް ހާސް ދަނޑުވެރީން މި ޤައުމުގެ މުސްތަޤްބަލަށްޓަކާ ބޭނުންވާ ކަމަށެވެ.

ދަނޑުވެރިކަމުގެ މިސްރާބު މުޅިން އައު، ހެޔޮ މިސްރާބަކާ ދިމާލަށް ގެންދިއުމުގެ އަޒުމުގައި ހުރި ރަމްޒީއާއެކު ހުންނަވައި ހިއްސާކުރެއްވި ފޮޓޯތަކާއި ދެއްވި މެސެޖުން ދިވެހި ދަނޑުވެރިންނަށް އުއްމީދީ ވައުދުފުޅެއް ޤާސިމް ވެވަޑައިގެންނެވިއިރު، ސިނާއީ ދާއިރާތަކުން ދިވެހިންނަށް އެކި ފުރުސަތުތައް ފަހިކޮށްދީ، އެ ދާއިރާއަށް އިންގިލާބީ ކުރިއެރުންތަކެއް ހޯއްދަވައިދެއްވާނެކަމަށް، މީގެކުރިން ޤާސިމް އިބްރާޙީމް ވަނީ ވައުދުވެވަޑައިގެންފައެވެ.

އެގޮތުން އެމަނިކުފާނަށް ޖުމްހޫރީ ޕާޓީގެ ރިޔާސީ ޓިކެޓު ހަވާލުކުރެއްވުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން ޤާސިމް ވިދާޅުވީ، ވެރިކަމުގެ ފުރަތަމަ ދެ އަހަރު ދުވަހުގެ ތެރޭގައި ރާއްޖޭގެ ކަޅުބިލަމަހުގެ ފްލީޓްގެ ހުރިހާ އުޅަނދެއްގައި، ލޮނުފެނުން މަސްފިނިކުރާ ނިޒާމު RSW SYSTEM (ރެފްރިޖެރޭޓެޑް ސީ ވޯޓަރ ސިސްޓަމްސް) އަދި ރާޑަރސިސްޓަމް ގާއިމުކުރުމަށް ބޭނުންވާ ފައިސާ، ލުއިލޯނުގެ ގޮތުގައި ހަމަޖައްސައިދީ، ރާއްޖެއަށް ބާނާ މަހަކީ ތާޒާކަންމަތީ މަސްގަންނަ ސެންޓަރުތަކަށް ނުވަތަ ކޭނަރީ ތަކަށް ކިރުވާ، އެންމެ ފެންވަރުރަނގަޅު މަސްކަމަށް ހަދާނެކަމަށް ވައުދުވެވަޑައިގެންގަފައެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ފަހުގެ

މަޤްބޫލު