ދަ ޑިމްކްރެޓްސް ރަޖިސްޓަރީކޮށް ނުދިނުމުން، ކުރީގެ ބަންޑާރަ ނައިބް ފާޠިމަތު ދިޔާނާ ސަޢީދު ކަންބޮޑުވުން ފާޅުކުރައްވައިފިއެވެ. އެކަމަނާ ވިދާޅުވީ، އިލެކްޝަންސް ކޮމިޝަން އޮތީ އިންތިހާއަށް ކޮރަޕްޓްވެފައި ކަމަށެވެ.
އެކަމަނާ ވިދާޅުވީ، ޤާނޫނު "ރީޑް" ކުރަންޖެހޭނީ ހެޔޮ ނިޔަތުގައި ކަމަށާއި، އަދި ޙައްޤުތަކަށް ފަހިވާގޮތަށެވެ. ރިޔާސީ އިންތިޚާބެއްގެ ތުންފަތްމަތީގައި ތިއްބާ ފެނު ނުހިފޭ އުޒުރު ދައްކައިގެން އަތައް ބައެއްގެ ސިޔާސީ ޙައްޤުތައް ހިފަހައްޓައިގެން ނުތިބެވޭނެ ކަމަށެވެ.
Qaanoonu readkuran jehenee heyo niyathuga, adhi hagguthakah fahivaagothah. Riyaasee inthikhaabegge thunfaiymatheega thibbaa fenu nuhifey uzuru dhakkaigen ethah bayegge siyaasee hagguthah hifahattaigen nuthibeveyne.
EC thiyaothee inthihaayah corruptvefa. pic.twitter.com/XI1J112R0w
— Dhiyana ?🌹 (@dhiyanasaid) June 18, 2023
އެކަމަނާ މިހެން ވިދާޅުފައިވާއިރު، ދަ ޑިމޮކްރެޓްސް ޕާޓީ ރަޖިސްޓްރީ ކުރުމުގެ ހުއްދަ ދިނުމާއި ގުޅޭ ގޮތުން ރޭ ބޭއްވި އިލެކްޝަންސް ކޮމިޝަންގެ ބައްދަލުވުމުގައި، ދަ ޑިމޮކްރެޓްސް ޕާޓީ ރަޖިސްޓްރީ ކުރުމުގެ ހުއްދަ ދޭން އަދި ނުފެންނަކަމަށް، އެ ކޮމިޝަނުން ނިންމާފައިވެއެވެ. އިލެކްޝަންސް ކޮމިޝަންގެ ރައީސް ފުއާދު ތައުފީގު ވިދާޅުވީ ރޭ ބޭއްވި އިލެކްޝަންސް ކޮމިޝަންގެ ބައްދަލުވުމުގައި ޑިމޮކްރެޓްސް ޕާޓީ ރަޖިސްޓްރީ ކުރުމުގެ ހުއްދަ ދިނުމާއި ގުޅޭ ގޮތުން ނެގި ވޯޓްގައި އެޕާޓީ ރަޖިސްޓްރީ ކުރުމުގެ ހުއްދަ ދޭން ވޯޓް ދިނީ ދެމެންބަރުން ކަމަށާއި، ދެމެންބަރަކު ވޯޓް ދިނީ ރަޖިސްޓްރީ ކުރުމުގެ ހުއްދަ ދޭން ނުފެންނަ ކަމަށެވެ.