ޒަކާތުގެ ޒަމާނީ ފިޤުހީ އުޞޫލުތަކާއި ޤާނޫނުގެ ތަޞައްވުރު ފޮތް އެމްއައިބީ އަށް ހަދިޔާކޮށްފި

އިސްލާމިކް އޮގަނައިޒޭޝަން ފޯ ކަލްޗަރ އެންޑް ސިވިލައިޒޭޝަން (އައިއޯސީސީ)ގެ ރައީސް ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު ލިޔުއްވައި، މޯލްޑިވްސް އިސްލާމިކް ބޭންކު (އެމްއައިބީ) އިން ސްޕޮންސަރކޮށް ޕަބްލިޝްކޮށްފައިވާ " ޒަކާތުގެ ޒަމާނީ ފިޤުހީ އުޞޫލުތަކާއި ޤާނޫނުގެ ތަޞައްވުރު" މި ފޮތް އެ ބޭންކަށް ހަދިޔާކުރައްވައިފިއެވެ.

މިފޮތަކީ މައިގަނޑު ގޮތެއްގައި ޒަކާތާބެހޭ ޒަމާނީ ފިޤުހީ އުޞޫލުތަކުގެ އަލީގައި މިޒަމާނުގައި ޒަކާތާ ބެހޭ ހަރުދަނާ ޒަމާނީ އިދާރީ ނިޒާމެއް ޤާއިމު ކުރުމާ ބެހޭ ގޮތުން ޑރ.މުޙައްމަދު ޝަހީމް ޢަލީ ސަޢީދު ލިޔުއްވާފައިވާ ފޮތެކެވެ.

ޑރ. ޝަހީމަކީ، މެލޭޝިޔާގެ އިންޓަރނޭޝަނަލް އިސްލާމިކް ޔުނިވަރސިޓީގެ ކުއްލިއްޔާ އޮފް އިސްލާމިކް ރިވީލްޑް ނޮލެޖް އެންޑް ހިއުމަން ސައެންސަސްގައި، މާސްޓަރ އޮފް އިސްލާމިކް ރިވީލްޑް ނޮލެޖް އެންޑް ހިއުމަން ސައެންސަސް (ފިޤުހު އެންޑް އުޞޫލުލްފިޤުހު) ޙާޞިލުކުރައްވައި، ހަމަ އެކުއްލިއްޔާގައި ޑޮކްޓަރ އޮފް ފިލޯސަފީ އިން އިސްލާމިކް ރިވީލްޑް ނޮލެޖް އެންޑް ހިއުމަން ސައެންސަސް (ފިޤުހު އެންޑް އުޞޫލުލްފިޤުހު) (ޕީއެޗްޑީ) ޙާޞިލްކޮށްފައިވާ މަޝްހޫރު ދީނީ ޢިލްމުވެރިއެކެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ފަހުގެ

މަޤްބޫލު