7 ޑިސެންބަރު 2024

ޕީޕީއެމާއެކު ދަ ޑިމޮކްރެޓްސްއިން މަގުމައްޗަށް

އިދިކޮޅު މައިޕާޓީ ޕީޕީއެމާއެކު، ރައީސް ނަޝީދު އުފައްދަވާ، “ދަ ޑިމޮކްރެޓްސް” މުޒާހަރާއަށް ނިކުމެއްޖެއެވެ.

ރޭ ކުރި މުޒާހަރާގައި، އިދިކޮޅު ޕީޕީއެމް ކޯލިޝަން ހިންގެވުމާ ހަވާލުވެ ހުންނެވި އަބުދުއްރަހީމް، ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް އީވާ އަބްދުﷲ، މަޖިލީހުގެ ހެންވޭރު ހުޅަނގު ދާއިރާގެ މެންބަރު ހަސަން ލަތީފު، ރައްޔިތުންގެ މަޖިލީހުގެ ފަރެސްމާތޮޑާ ދާއިރާގެ މެންބަރު ޙުސައިން މުޙައްމަދު ލަތީފު (ސެންބެ)ގެ އިތުރުން ރައްޔިތުންގެ މަޖިލީހުގެ މެދު ހެންވޭރު ދާއިރާގެ މެމްބަރު އަލީ އާޒިމް ފަދަ އިސް ބޭފުޅުން ބައިވެރިވިއެވެ.

ރޭގެ މުޒާހަރާ ބާއްވާފައިވަނީ، ޑިމޮކްރެޓްސް ހަރުގެ ސަރަހައްދުގައެވެ. އަދި މުޒާހަރާ ކުރިއަށްދިޔަ ވަގުތު، ގިނަ އަދަދެއްގެ އެސްއޯ ފުލުހުން  އެ ސަރަހައްދުގައި ހަރަކާތްތެރިވެފައިވެއެވެ.

މި މުޒާހަރާ ފަށާފައިވަނީ ދަ ޑިމޮކްރެޓްސް ޕާޓީ ރަޖިސްޓްރީ ކުރުމަށް މިވަގުތަށް ހުއްދަ ދޫ ނުކުރުމަށް އިލެކްޝަންސް  ކޮމިޝަނުން ފާސްކުރުމާއ ގުޅިގެން އުފެދުނު ހޫނުގަނޑުގެ ތެރޭގައެވެ. އެގޮތަށް ނިންމާފައިވަނި ރޭ އިލެކްޝަނުން ބޭއްވި ބައްދަލުވުމުގައި ބައިވެރިވި ހަތަރު މެންބަރުންގެ ތެރެއިން ދެ މެންބަރުން އެކަމާ ދެކޮޅު ހެއްދެވުމުންނެވެ. މިކަމާގުޅިގެން، ދަ ޑިމޮކްރެޓްސް އިސްބޭފުޅުން ގެންދަވަނީ ސަރުކާރަށް ބަހުގެ ހޫނު ހަމަލާތަކެއް ދެމުންނެވެ. އަދި ރައީސް ޞާލިޙް ބަލިކުރާނެ ކަމަށް ހަޑުއަޑުން ދަނީ ގޮވާލަމުންނެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ފަހުގެ

މަޤްބޫލު