30 އެޕްރީލް 2025

ހުޅުމާލޭގައި 7 ފަންގިފިލާގެ އޮފީސް ޢިމާރާތެއް ތަރައްޤީކުރަނީ

ހުޅުމާލޭގައި އޮފީސް ޢިމާރާތެއް ތަރައްޤީކުރާނެ ބަޔަކު ހޯދުމަށް އާބަންކޯ ހުޅުވާލައިފިއެވެ.

ޑިޒައިން އެންޑް ބިލްޑް އުޞޫލުން މި މަސައްކަތް ކުރުމަށް ޝަޢުގުވެރިވާ ފަރާތްތަކުން ބިޑް ހުށަހެޅުމުގެ ފުރުޞަތު އަންނަ ޖުލައިމަހުގެ 31 ވަނަ ދުވަހުގެ ނިޔަލަށް އެ ކޯރޕަރޭޝަނުން މިހާރު ވަނީ ހުޅުވާލާފައެވެ. އެޗް.ޑީ.ސީއިން ހާމަކުރާ ގޮތުގައި މިއީ 7 ފަންގިފިލާއަށް ތަރައްޤީކުރުމަށް ހަމަޖެހިފައިވާ އޮފީސް ޢިމާރާތެއްކަމަށެވެ.

މި މަޝްރޫޢާއި ގުޅޭ ޕްރީ-ބިޑް މީޓިންގ އަންނަމަހުގެ 4 ވަނަ ދުވަހު ޒޫމް މެދުވެރިކޮށް އޮންލައިންކޮށް ބޭއްވުމަށް ހަމަޖެހިފައިވާކަމަށް އާބަންކޯއިން ބުނެއެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ފަހުގެ

މަޤްބޫލު