Saturday, 22 June 2024

"ބުރުނު ޝިކާރު ބޮޑީ ބޯޑިންގ ޗެލެންޖް 2023″ ކާމިޔާބު!

"ބުރުނު ޝިކާރު ބޮޑީ ބޯޑިންގ ޗެލެންޖް 2023″ ކާމިޔާބު ކަމާއެކު ނިންމާލައިފިއެވެ.

މޯލްޑިވްސް ބޮޑީ ބޯޑިންގ އެސޯސިއޭޝަނުން އިންތިޒާމްކޮށްގެން ބޭއްވި، "ބުރުނު ޝިކާރު ބޮޑީ ބޯޑިންގ ޗެލެންޖް 2023″ ނިންމުމުގެ ރަސްމިއްޔާތު އިއްޔެ ވަނީ ބާއްވާފައެވެ.
"ބުރުނު ޝިކާރު ބޮޑީ ބޯޑިންގ ޗެލެންޖް 2023″ ނިމިއްޖެ
މުބާރާތް ނިންމުމުގެ ރަސްމިއްޔާތު ފެށުމުގެ ކުރިން ވަނީ، ބޮޑީ ބޯޑިންގއަށް ގިނަ ޚިދުމަތްތަކެއްކޮށްދެއްވި، އަދި ސަރފިންގ އެސޯސިއޭޝަންގެ ބޯޑު މެމްބަރުކަންވެސް ކުރެއްވި، އަލްމަރްހޫމް އިބްރާހީމް އަޙްމަދު ޝުކޫރުގެ ހަނދާނުގައި، ހަމަހިމޭން ކަމުގެ ސުކޫތެއް ގެނެސްފައެވެ.
މުބާރާތުގެ 3 ކެޓަގަރީގެ ފައިނަލް ހީޓްތައް އިއްޔެ ވަނީ ކުރިޔަށް ގެން ގޮސްފައެވެ. ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ވަނީ ފައިނަލް ހީޓްތައްވެސް ބައްލަވާލައްވާފައެވެ. މުބާރާތުގެ ޖޫނިއަރ ޑިވިޜަން، މެންސް އޯޕަން ޑިވިޜަން އަދި ޑްރޮޕްނީ ޑިވިޜަންގެ ޗެމްޕިއަނުންނާއި 2 ވަނަ އަދި 3 ވަނަ ހޮވާފައި ވާއިރު، ޖޫނިއަރ ޑިވިޜަންގެ ޗެމްޕިއަން އެތުލީޓަށާއި، 2 ވަނަ އަދި 3 ވަނަ އެތުލީޓަށް އިނާމާއި ހަނދާނީ ފިލާ ހަވާލުކޮށް ދެއްވީ ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ފަޒްނާ އަޙްމަދެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ފަހުގެ

މަޤްބޫލު