Saturday, 13 April 2024

އަހުމަދު ރަޝީދު އެމްޑީޕީން ވަކިވެއްޖެ

ރައްޔިތުންގެ މަޖިލީހުގެ ހިތަދޫ މެދު ދާއިރާގެ މެންބަރު އަހުމަދު ރަޝީދު (އަރާއިރު ރަޝީދު) އެމްޑީޕީން ވަކިވެއްޖެއެވެ.

އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒު އިސްމާއީލަށް އެޑްރެސް ކުރައްވައި އެ ޕާޓީން ވަކިވި ސިޓީ ޓްވިޓާ މެދުވެރިކޮށް އަހުމަދު ރަޝީދު ވަކިވިކަން ވަނީ ޓްވިޓަރ މެދުވެރިކުރައްވައި ހިއްސާކުރައްވާފައެވެ. އެއީ އެ ޕާޓީގެ ރައީސް މުހައްމަދު ނަޝީދު ވަކިވި ކަން ހާމަކުރެއްވިތާ އިރުކޮޅެއް ފަހުންނެވެ.

ނަޝީދު އަދި އަހުމަދު ރަޝީދު އެމްޑީޕީން ވަކިވިއިރު، ނަޝީދުގެ އިރުޝާދުގެ ދަށުން "ދަ ޑިމޮކްރެޓްސް" ގެ ނަމުގައި އާ ސިޔާސީ ޕާޓީއެއް ހެދުމުގެ މަސައްކަތް ދަނީ ކުރަމުންނެވެ. ބެލެވޭ ގޮތުގައި ދެ ބޭފުންވެސް މިރޭ ދި ޑިމޮކްރެޓްސްއާ ގުޅިވަޑައިގަންނަވާނެއެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *