މާލޭގެ ޕާކުތަކަށް ވަންނަ ބިދޭސީންގެ އަތުން ފީއެއް ނަގަން މާލޭ ސިޓީ ކައުންސިލުން ނިންމައިފި އެވެ.
އަންނަ މަހު 15 އިން ފެށިގެން އެ ފީ ނަގަން ނިންމާފައިވާއިރު، ކައުންސިލުން ނިންމީ ޕާކުތަކަށް ވަންނަ ބިދޭސީންގެ އަތުން ނަގަން ނިންމާފައި ވަނީ ތަފާތު އަގުތަކެކެވެ. އޭގެ ތެރޭގައި ވެސް އިސްތިސްނާވާ ހާލަތްތަކެއް ހުރެ އެވެ.
ބިދޭސީންގެ އަތުން ނަގާ ފީތައް:
- ވޯކްޕާމިޓް އޮންނަ ބިދޭސީއެއް ނަމަ ކޮންމެ ބިދޭސީއެއްގެ އަތުން: 15ރ.
- އެއްވެސް ލިޔެކިޔުމެއް ނެތް ބިދޭސީއެއް ނަމަ ކޮންމެ މީހެއްގެ އަތުން: 50ރ.
- ޓޫރިސްޓް ވިސާގައި ޕާކަށް ވަންނަ ކޮންމެ ބިދޭސީއެއްގެ އަތުން: 75ރ.
- ކެމެރާ ހިފައިގެން އުޅޭ ބިދޭސީއެއް ނަމަ: 500ރ.
ޕާކިތަކަށް ވަނަން ބިދޭސީންގެ އަތުން އެއްވެސް ފީއެއް ނުނަގާނެ ހާލަތްތައް:
- އިސް ރަށްވެހިން ނުވަތަ އެހީތެރިންގެ ގޮތުގައި އުޅޭ ބިދޭސީން
- ކުޑަކުދިން ގޮވައިގެން އުޅޭ މެއިޑުން.
- 18 އަހަރު ނުވާ ބިދޭސީ ކުޑަކުދިން.
ޕާކްތަކަށް ވަންނަ ބިދޭސީންގެ އަތުން ނަގާ ފީގެ އަދަދު ފާސްކުރީ މިއަދުގެ ޖަލްސާގައި ބައިވެރިވެވަޑައިގެންނެވި މެމްބަރުންގެ ތެރެއިން 11 މެމްބަރުންގެ އަޣުލަބިއްޔަތުންނެވެ.