15 ޖަނަވަރީ 2025

ކަންބޮޑުވެގެން މިއުޅެނީ ޤައުމު އަޅުވެތިކަމަށްދާތީ – އަދުރޭ

ކަންބޮޑުވެގެން މިއުޅެނީ ޤައުމު އަޅުވެތިކަމަށްދާތީކަމަށާއި، މިއީ ދިވެހި ރައްޔިތުންގެ ޤައުމެއްކަމުގައި އިދިކޮޅު ޕީޕީއެމް ކޯލިޝަންއާ ޙަވާލުވެ ހުންނެވި ޢަބްދުއްރަޙީމް ޢަބްދުﷲ ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މިހެން ވިދާޅުވީ ޗެނަލް 13 ގެ މިރޭގެ "ނިއުސްޓޯކް" ގައި ވާހަކަ ދައްކަވަމުންނެވެ.

"ރާއްޖޭގައި ތިބި މަދުބައެއްގެ އަމިއްލަ އެދުން ހާސިލުކުރުމަށްޓަކައި، ބޭރުގެ ޤައުމެއްގެ އަޅުވެތިކަމަށް ހުޅުވާލުމަކީ އަޅުގަނޑުމެން އެއްވެސް ގޮތަކަށް ބޭނުންވާ ކަމެއް ނޫން." އަދުރޭ

ޢަބްދުއްރަޙީމް އިތުރަށް ވިދާޅުވީ، މީ އެހެން އެއްވެސް ބައެއްގެ ޤައުމެއް ނޫންކަމަށާއި މިއީ ދިވެހީންގެ ޤައުމު ކަމަށެވެ. އެހެންކަމުން، ރައްޔިތުން ދިވެހިންގެ ބާރު ބޭނުން ކުރަންޖެހޭ ކަމަށާއި، ޑިމޮކްރެސީގައި ބާރުތައް ފެށިގެން އަންނަނީ ރައްޔިތުންގެ ކިބައިންކަމަށާއި، އެބާރުތައް ދެމިއޮންނާނީވެސް ރައްޔިތުންގެ ކިބައިންކަމުން، ރައްޔިތުންގެ ވާޖިބު އަދާކުރަން ނުކުންނަންޖެހޭ ކަމަށާއި، މިޤައުމުގެ ދިފާޢުގައި ތެދުވުމަކީ ދިވެހި ކޮންމެ ރައްޔިތެއްގެވެސް މަސްޢޫލިއްޔަތެއް ކަމަށާއި، ދިވެހި ޤައުމު ދިވެހިންގެ އަތުން ބީވެގެން ދިޔަ ނުދެއްވާނެ ކަމަށެވެ.

"އިންޑިއާ އައުޓް ހަރަކާތަކީ އިންޑިޔާގެ ރައްޔިތުންނާ ދެކޮޅަށް ހިންގާ ޙަރާކާތެއް ނޫން. އަޅުގަނޑުމެންގެ ކަންބޮޑުވުމަކީ ބީޖޭޕީގެ ސަރުކާރުން ޤައުމު ހިފައިގެން އުޅޭތީ." އަދުރޭ

ބިރަކީ އަވައްޓެރި ސިފައިން ރާއްޖޭގައި ތިބީ ކިހާވަރަކަށް ކަން ނޭނގޭތީ ކަމަށާއި، ރައީސް ޔާމީން ކަންބޮޑުވެވަޑައިގަތީ ދިވެހި ޤައުމު އިންޑިޔާގެ އަޅުވެތިކަމުގެ ދަށަށް ދާތީކަމުގައި އަދުރޭ ވިދާޅުވިއެވެ.

ޤާނޫނު ތަންފީޒުކުރުމުގައި ރައީސް ޔާމީން ޖެހިލުންވެވަޑައި ނުގަންނަވައި، ރައްޔިތުންގެ ޙައްޤުތައް ދަމަހައްޓަވާނެ ކަމަށްވެސް އަދުރޭ ވިދާޅުވިއެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ފަހުގެ

މަޤްބޫލު