8 ފެބުރުވަރީ 2025

ޗާގޯސް މައްސަލާގައި ރައީސް މަޖިލީހަށް ހާޒިރުކުރަން ހުށަހަޅައިފި

ރާއްޖޭގެ ކަނޑުގެ ސަރަހައްދުން ބައެއް ވިއްކާލި ކަމަށް ބުނާ މައްސަލާގައި ޖަވާބުދާރީވުމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމްް މުހައްމަދު ސޯލިހް ރައްޔިތުންގެ މަޖިލީހަށް ހާޒިރުކުރުމަށް އިދިކޮޅު ކޯލިޝަނުން ހުށަހަޅައިފިއެވެ.

އިދިކޮޅު ކޯލިޝަނުން މަޖިލިސް މެމްބަރުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި މަޖިލީހުގެ މައިނޯރިޓީ ލީޑަރު އަދި އޭދަފުށި ދާއިރާގެ މެމްބަރު އަހުމަދު ސަލީމް (ރެޑްވޭވް) ވިދާޅުވީ، މަޖިލިސް ހުއްޓުމަކާ ހަމައަށް ސަރުކާރުން ގެނައީ، ޗާގޯސް މައްސަލާގައި ބަންޑާރަ ނައިބު އިބްރާހިމް ރިފްއަތާއި ފޮރިން މިނިސްޓަރު ޝާހިދުގެ އިތުބާރު ނެތް ކަމުގެ މައްސަލަ ކުރިއަށް ގެންދިޔަ ނުދޭން ކަމަށެވެ.

ސަލީމް ވިދާޅުވި ގޮތުގައި ބަންޑާރަ ނައިބު މަޖިލިހަށް ހާޒިރުކުރި ހަމައެކަނި ދުވަހު ވެސް އޭނާ ދެއްކެވީ އަމިއްލަ ވާހަކަތަކެއް ކަމަށާއި ރައްޔިތުންގެ ފަރާތުން މެމްބަރުން ކުރެއްވި އެއްވެސް ސުވާލަކަށް ޖަވާބު ނުދެއްވާ ކަމަށެވެ.

އެއްވެސް ސުވާލަކަށް ޖަވާބު ނުދެއްވައި އަމިއްލަފުޅު ވާހަކަތަކެއް ދައްކަވާތީ، އެކަން ސިއްރު ކުރުމަށްޓަކައި ސަރުކާރުން މި ތަނުގައި ތަޅުއަޅުވައިގެން މި އުޅެނީ. މަޖިލިހުގެ ޖަލްސާތައް ހުއްޓިފައިވާތީ، ތަޅު އަޅުވާފައިވާ މަޖިލިހުގެ ޗެމްބަރުގެ ކުރިމަތީގައި ވާހަކަ ދައްކަވަމުން.

– އޭނާ ވިދާޅުވިއެވެ.

ޗާގޯސް އަކީ މޮރިޝަސްގެ ބައެއް ކަމަށް ބަލައިގެން، އިންޓަނޭޝަނަލް ޓްރައިބިއުނަލް ފޯ ދަ ލޯ އޮފް ދަ ސީސް (އިޓްލޮސް) އިން ރާއްޖެއާ އެގައުމާ ދެމެދު ކަނޑުގެ ހާއްސަ އިގުތިސާދީ ސަރަހައްދުގެ އިން ކަނޑައެޅި އިރު ރާއްޖޭގެ ކަނޑުގެ ސަރަހައްދުން ބައެއް ގެއްލުނު ކަމަށް އިދިކޮޅު ފަރާތްތަކުން ތުހުމަތުކުރެއެވެ.

އެކަމުގައި އިދިކޮޅުން ކަންބޮޑުވުން ފާޅުކުރާ އެއް ކަމަކީ ޗާގޯސްއަކީ މޮރިޝަސްގެ ބައެއް ކަމަށް ރާއްޖޭން ގަބޫލުކުރާ ކަމަށް ވިދާޅުވެ، ރައީސް އިބްރާހީމް މުހައްމަދު ސޯލިހު މޮރިޝަސްގެ ބޮޑުވަޒީރަށް ސިޓީފުޅެއް ފޮނުއްވާފައި ވުމެވެ. ރާއްޖޭގެ ކަނޑުގެ ސަރަހައްދުން ބައެއް ގެއްލުނީ އެހެންވެ ކަމަށް، އެ މައްސަލާގައި ކަންބޮޑުވުން ފާޅުކުރާ ފަރާތްތަކުން ތުހުމަތު ކުރެއެވެ.

ރާއްޖެއާއި މޮރިޝަސްގެ ކަނޑުގެ ސަރަޙަދުން ފުށުއަރާ ސަރަޙައްދުގެ އިން ވަކި ކުރުމުގެ މައްސަލަ، ރާއްޖެއަށް ބޮޑު ބައި ލިބޭގޮތަށް، ރާއްޖެއިން ހުށައެޅިގޮތަށް، އިންޓަރނޭޝަނަލް ޓްރައިބިއުނަލް ފޯ ދަ ލޯ އޮފް ދަ ސީ (އިޓްލޮސްއިން)އިން ވަނީ ނިންމާފައެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ފަހުގެ

މަޤްބޫލު