18 ޖަނަވަރީ 2025

ސާފް ޗެމްޕިއަންޝިޕް ނޭޕާލާއި ކުވޭތު މެޗް: ކުވޭތު ކާމިޔާބުކޮށްފި

އިންޑިއާގެ ބެންގަލޫރުގައި އިއްޔެ ފެށި ސާފް ޗެމްޕިއަންޝިޕް ފުޓުބޯޅަ މުބާރާތުގެ ފުރަތަމަ މެޗުގައި ނޭޕާލާއި ދެކޮޅަށް ކުވެއިތުން ކުޅެ، މެޗް ކާމިޔާބުކޮށްފައިވަނީ ކުވޭތު ޓީމުންނެވެ. މި މެޗު ކުޅޭފައިވަނީ ބެންގަލޫރުގެ ސްރީ ކަންޓީރަވާ ސްޓޭޑިއަމްގައެވެ.

މި މެޗު ކުވެއިތުން 3-1ގެ ނަތީޖާއަކުން ކާމިޔާބުކޮށްފައިވާއިރު، 23 ވަނަ މިނެޓުގައި މެޗުގެ ފުރަތަމަ ލަނޑު ކުވެއިތަށް ކާމިޔާބުކޮށްދިނީ ކެޕްޓަން ޚާލިދު ހަޖީއާއެވެ. މެޗުގެ ފުރަތަމަ ހާފު ނިމުމުގެ ކުރިން 40 ވަނަ މިނެޓުގައި ކުވެއިތުގެ ކުޅުންތެރިޔާ ޝަބައިބް އަލްޚަލްދީ ފަރަޤު ބޮޑުކޮށްދިނެވެ. ކުވެއިތުން ފުރަތަމަ ހާފު ނިންމާލީ ދެ ލަނޑުގެ ފަރަގަކާއެކު ދެ ވަނަ ހާފަށ އުއްމީދު ބޮޑުކޮށްގެންނެވެ.

މި މެޗުގެ 65 ވަނަ މިނެޓުގައި ކުވޭތަށް ލިބުނު ޕެނަލްޓީއެއް ކާމިޔާބުކޮށް، ލީޑު ފުޅާކޮށްދިނީ މުހައްމަދު ދަހާމްއެވެ. އޭގެ ތިން މިނެޓު ފަހުން ނޭޕާލަށް އަންޖަން ބިސްޓާ ލަނޑެއް ޖަހައިދިނެވެ.

މި ދެ ޓީމުގެ އިތުރުން މި ގުރޫޕުގައި ދެން ކުޅޭނީ އިންޑިއާއާއި ޕާކިސްތާނެވެ. ކުވެއިތާއި ނޭޕާލް ހިމެނެނީ ގުރޫޕު އޭގައެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ފަހުގެ

މަޤްބޫލު