Saturday, 13 April 2024

ފައްޔާޒްގެ ޝުކުރު، ނަޝީދަށް: އެދެނީ ކާމިޔާބަށް!

ރައްޔިތުން މަޖިލީހުގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު، އެމްޑީޕީން ވަކިވުމަކީ ލިބުނު ހިތާމައެއްކަމަށާއި އެމަނިކުފާނުގެ އެ ނިންމެވުމުގެ ސަބަބުން އެބަޔަކު އިހުތިޔާރު ކުރާ މަގަކުން ކުރިޔަށް ދާން ފަސޭހަވާނެކަމަށް ޕާޓީގެ ޗެއާޕާސަން ފައްޔާޒް އިސްމާއިލް ވިދާޅުވެއްޖެއެވެ.

އެމްޑީޕީގެ އެތެރެ ބައިބައިވެ ރައީސް ޞާލިޙް އާއި ރައީސް ނަޝީދާ ދެމެދު އުފެދުނު މައްސަލަތަކާއި، އެކު ޕާޓީގެ ބާރުތައް ގެއްލި ރިޔާސީ ޓިކެޓު ވެސް ނާކާމިޔާބުވުމުން ރައީސް ނަޝީދު އެމްޑީޕީން ވަކިވާނެކަމަށް ވަރަށޤ ގިނަ ބަޔަކު އައީ ބުނަމުންނެވެ.

ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާ، އިތުބާރު ނެތްކަމުގެ މައްސަލައާއި އެކު އެމްޑީޕީގެ އެތެރެ އޮތީ ކުރިޔަށް ވުރެ ބޮޑަށް ހޫނުވެފައިވާއިރު، ހާއްސަކޮށް ރައީސް ނަޝީދު ސަރުކާރާއި ދެކޮޅުވެ، ކުރައްވާ މަސައްކަތުގެ ސަބަބުން މަޖިލިަސް ވަނީ ޑެޑްލޮލަކަށް ގޮސްފައެވެ. މިހުރިހާ މައްސަލައެއްގެ ތެރެއިން ރައީސް ނަޝީދު އިސްތިއުފާ ދެއްވުމާއި ހަމައަށް، ވިދާޅުވަމުން އައީ ބޭނުން ވަނީ ޕާޓީގެ ކަންކަން އިސްލާހު ކުރުމަށް ކަމަށެވެ.

މިއަދު އެމްޑީޕީން ވަކިވެ، ފައްޔާޒަށް ފޮނުވި ސިޓީގައި ރައީސް ނަޝީދު ވިދާޅުވީ އެ ނިންމުން ނިންމެވީ، ރާއްޖޭގައި މިވަގުތު ހިނގަމުން ދާ ކަންތަކަށް ބަލައި އެމަނިކުފާނު އެމްޑީޕީގައި ހުރުމަކީ އެއީ އެންމެ ރަނގަޅު ގޮތްކަމަށް ނުފެންނާތީ ކަމަށެވެ.

އެމްޑީޕީން ވަކިވެ، ދެން ރައީސް ނަޝީދު އެންމެ އަވަހަށް އަޅުއްވާނެ ފިޔަވަޅަކީ ޑިމޮކްރެޓްސްއާއި ގުޅުން ކަމުގައި ބެލެވެއެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *