15 ޖަނަވަރީ 2025

ސްޓޫޑެންޓް ލޯނުގެ ދާއިމީ ލިސްޓު ޢާއްމުކުރައްވައިފި

ސްޓޫޑެންޓް ލޯނުގެ ދާއިމީ ލިސްޓު މިނިސްޓްރީ އޮފް ހަޔާ އެޑިއުކޭޝަނުން އާންމުކޮށްފިއެވެ.

މިފަހަރު ހުޅުވާލެއްވި 720 ލޯން ފުރުޞަތަށް 1507 ދަރިވަރުން ވަނީ ކުރިމަތިލައިފައެވެ. މިއަހަރުގެ ސްޓޫޑެންޓް ލޯނަށް ހަޔަރ އެޑިޔުކޭޝަން މިނިސްޓްރީން ހުޅުއްވައިލެއްވީ މިދިޔަ ފެބްރުއަރީމަހުގެ 15 ވަނަ ދުވަހުއެވެ.

ސްޓޫޑެންޓް ލޯންގެ ވަގުތީ ލިސްޓް މިމަހުގެ އެއްވަނަ ދުވަހު އިޢުލާން ކުރެއްވިއިރު އެލިސްޓްގައި 1225 ދަރިވަރުން ހިމެނުނު ނަމަވެސް މިއަދު ދާއިމީ ލިސްޓް އިޢުލާން ކުރެއްވިއިރު 1275 ދަރިވަރަކަށް ލޯނު ލިބޭކަން މިވަނީ ހާމަކުރައްވާފައެވެ.

އާ އަދަދާ އެކު ރައީސް ޞާލިޙްގެ ސަރުކާރުން ފެށި ސްޓޫޑަންޓް ލޯނު ސްކީމްގެ ދަށުން، މިހާތަނަށް ދޫކުރި ސްްޓޫޑަންޓް ލޯނުގެ ޖުމްލަ 3،211 އަށް އަރައެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ފަހުގެ

މަޤްބޫލު