ޖަޕާނުގައި ކުރިއަށްގެންދިޔަ ތަމްރީނުތަކަށްފަހު، ޓީމު އޮތީ ރާއްޖެ އަށް ރީތިނަމެއް ހޯދައިދިނުމުގެ އުންމީދުގައި ކަމަށް މިނިސްޓަރ އޮފް ޔޫތު ސްޕޯޓްސް އެންޑް ކޮމިޔުނިޓީ އެމްޕަވަރމަންޓް އަޙްމަދު މަޚްލޫފް ވިދާޅުވެއްޖެއެވެ.
މިނިސްޓަރ އިތުރަށް ވިދާޅުވީ، "މިރޭ ބޫޓާން އާއި ދެކޮޅަށްކުޅޭ މެޗުގައި ކާމިޔާބަށްއެދެން."
https://twitter.com/ahmedmahloof/status/1671741102406385669?s=46&t=ySI7Fs7vBNecJDdNu41MBg
އިންޑިއާގެ ބެންގަލޫރުގައި ކުރިއަށްދާ ސާފް ޗެމްޕިއަންޝިޕް 2023 ގައި އިއްޔެގެ މެޗުގައި ސުނިލް ޗެތުރީ ހެދި ހެޓްރިކާއެކު ވާދަވެރި ޕާކިސްތާން އަތުން އިންޑިއާ ފަސޭހަ މޮޅެއް ވަނީ ހޯދާފައެވެ.
މިރޭ ރާއްޖެ ގަޑިން 7:00 ގައި އޮންނަ ސާފް ޗެމްޕިއަންޝިޕްގެ މެޗުގައި، ރާއްޖޭގެ ޤައުމީ ޓީމު ބައްދަލުކުރާނީ ބޫޓާނާ ދެކޮޅަށެވެ. މި މުބާރާތުގައި މިއަދު ކުޅޭނީ ގްރޫޕް ބީގެ މެޗުތަކެވެ. ފުރަތަމަ މެޗުގައި މިިއަދު ހަވީރު ބައްދަލުކުރާނީ ލުބްނާން ބަނގުލަދޭޝްއާ ދެކޮޅަށެވެ.