ތޮއްޑޫ ދާއިރާގެ ކުރީގެ މަޖިލިސް މެންބަރު އިބްރާހީމް ހަސަން އެވިލާ ގިނަ އަދަދެއްގެ މެންބަރުންނާއެކު އެމްޑީޕީއާއި ގުޅިވަޑައިގެންފިއެވެ.
ތޮއްޑޫ ދާއިރާގެ ކުރީގެ މަޖިލިސް މެންބަރު އިބްރާހީމް ހަސަން އެވިލާ ގިނަ އަދަދެއްގެ މެންބަރުންނާއެކު އެމްޑީޕީއާ ގުޅިވަޑައިގެންނެވީ، އެމްޑީޕީގެ އިސް ލީޑަރ، ރައީސް އިބްރާހީމް މުޙައްމަދު ޞާލިހާއި، އެމްޑީޕީގެ ޗެއަރޕާސަން ފައްޔާޒް އިސްމާޢީލްގެ ޙާޟިރުގައެވެ.
ހަމަމިއާއެކު، އދ. ފެންފުށީގެ 50 އަށްވުރެ ގިނަ މެންބަރުން އެމްޑީޕީއާ މިއަދު ވަނީ ގުޅިފައެވެ.
ގިނަ އަދަދެއްގެ ޖޭޕީ މެންބަރުން ސަރުކާރަށް ގުޅެމުންދާ މިދަނޑިވަޅުގައި، ރައީސް އިބްރާހިމް މުހައްމަދު ޞާލިހު ވެރިކަމަށް ގެނައުމަށް ވެފައިވާ އެއްބަސްވުމުގެ ތެރެއިން ޖޭޕީއަށް ސަރުކާރުން ދޭންޖެހޭ ސިޔާސީ ވަޒީފާތަކާއި، މަޤާމުތަކުގެ ތެރެއިން ލިބުނީ އެންމެ 40 ވަޒީފާކަމަށް ވިދާޅުވެ، ޤާސިމް އިބްރާހިމްގެ ސްޕެޝަލް އެންވޯއީ އިލްހާމް އަހުމަދު ވަނީ ބަހުގެ ހަމަލާއެއް ސަރުކާރަށް މިއަދު ދެއްވާފައެވެ.