Saturday, 25 May 2024

ރިޔާސީ އިންތިޚާބުގައި ކުރިމަތިލެވޭ މުއްދަތު 14 ދުވަހަށް

ރިޔާސީ އިންތިޚާބުގައި ވާދަކުރަން ހުޅުވާލާ މުއްދަތު އިތުރު ކުރުމަށް ރައްޔިތުން ޤާނޫނަށް ގެނައި އިސްލާހު ރައީސުލްޖުމްހޫރިއްޔަ ތަސްދީގު ކުރައްވައިފިއެވެ.

ސަރުކާރުގެ ފަރާތުން، ކެލާ ދާއިރާގެ މެންބަރު އިބްރާހީމް ޝަރީފް ރިޔާސީ އިންތިޚާބުގެ ޤާނޫނަށް ހުށަހެޅި އިސްލާހުގައި ވަނީ ރިޔާސީ އިންތިޚާބުގައި ވާދަކުރާ ބޭފުޅުންނަށް އިންތިޚާބުގައި ވާދަކުރުމަށް ކުރިން ދީފައި އޮތް 10 ދުވަހުގެ މުއްދަތު 14 ދުވަހަށް އިތުރުކުރުމަށެވެ.

މިހާރު ޤާނޫނުގައި އޮތް ގޮތުން ކެނޑިޑޭޓެއްގެ ގޮތުގައި ކުރިމަތިލުމުގެ ފުރުސަތު ލިބެނީ ޖުލައިމަހުގެ 23 ވަނަ ދުވަހުން ފެށިގެން އޮގަސްޓްމަހުގެ 3 ވަނަ ދުވަހުގެ ނިޔަލަށެވެ. ނަމަވެސް ޤާނޫނަށް ހުށަހަޅާފައިވާ އިސްލާހު ފާސްވުމުން މިމުއްދަތު 14 ދުވަހަށް އިތުރު ކުރެވިގެންދާނެއެވެ.

ރިޔާސީ އިންތިޚާބު ބޭއްވެވުމަށް ނިންމަވާފައިވަނީ ސެޕްޓެމްބަރުމަހުގެ 9 ވަނަ ދުވަހުއެެވެ. އަދި އިންތިޚާބުގެ 2 ވަނަ ބުރެއް ބާއްވަވަން ޖެހިއްޖެނަމަ ސެޕްޓެމްބަރު 30ގައި 2 ވަނަ ބުރުގެ ވޯޓުލުން ބޭއްވެވުމަށްވެސް އިލެކްޝަންސް ކޮމިޝަނުން ވަނީ ނިންމަވާފައެވެ. ރިޔާސީ އިންތިޚާބުގެ މައި މަރުކަޒަކަށް ކަނޑައަޅާފައި ވަނީ ދަރުބާރުގެއެވެ.

ރައީސުލްޖުމްހޫރިއްޔާ، ޤާނޫނު ނަންބަރު: 4/2023 (ޤާނޫނު ނަންބަރު 12/2008: ރިޔާސީ އިންތިޚާބުގެ ޤާނޫނު)އަށް 4 ވަނަ އިޞްލާޙް ގެނައުމުގެ ބިލް ތަޞްދީޤުކުރެއްވުމާއި ގުޅިގެން މި ޤާނޫނު މިއަދު ވަނީ ދިވެހި ސަރުކާރުގެ ގެޒެޓުގައި ޝާއިޢު ކުރައްވާފައެވެ. މި ޤާނޫނަށް ޢަމަލުކުރަން ފެށުމަށް ހަމަޖެހިފައި ވަނީ މި ޤާނޫނު ތަޞްދީޤުކޮށް، ގެޒެޓުގައި ޝާއިޢުކުރައްވާ ދުވަހުން ފެށިގެންނެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *