7 ފެބުރުވަރީ 2025

ސަންޗޭޒްގެ ކޯލެއް އާޓެޓާއަށް

ޗިލީއަށް އުފަން މަޝްހޫރު ފުޓްބޯޅަ ކުޅުންތެރިޔާ ސަންޗޭޒް ވަނީ އޭނާގެ ކުރީގެ ކްލަބް އިންގްލިޝް ޕްރެމިއަރ ލީގުގެ އާސެނަލް ކޯޗް އާޓެޓާއަށް ފޯނުން ގުޅާ އެޓީމަށް ކުޅެން ބޭނުންވާކަމަށް ބުނެފައެވެ. އެހެންނަމަވެސް އާޓެޓާ ވަނީ މިވަގުތު އެފުރުޞަތު ދެވެން ނެތްކަމަށް ބުނެ ވަގުުތުން ޖަވާބުދެއްވާފައެވެ.
ސަންޗޭޒް ވަނީ 2014 ން ފެށިގެން 2018 ގެ ނިޔަލަށް އާސެނަލްގައި މޮޅު ކުޅުމެއްދައްކާ ސަޕޯޓަރުންގެ ހިތްތަކުން ޖާގަހޯދާފައެވެ. މިގޮތުން އޭނާގެ އެހީތެރިކަމާއެކު އާސެނަލުންވަނީ ވެންގަރގެ ކޯޗްކަމުގައި 2 އެފްއޭކަޕާއި 1 ކޮމިއުނިޓީ ޝީލްޑް ހޯދާފައެވެ. އަދި އާސެނަލްގައި ހޭދަވި ދުވަސްތަކުގައި އޭނާވަނީ 80 ގޯލްޖަހާފައެވެ.
ބޮޑު މުސާރައެއްގައި އާސެނަލްދޫކޮށް މަންޗެސްޓަރ ޔުނައިޓެޑަށް ބަދަލުވިނަމަވެސް އެކުލަބުގައި އޭނާ ހޭދަކުރަންޖެހުނީ ނާކާމިޔާބު ސީޒަނަކާއެވެ. އޭނާގެ މޮޅު ކުޅުންގެއްލި އޭނާގެ ނަން ފަނޑުވެގެންދިޔައެވެ.
މިހާރު ފްރެންޗްލީގުގެ ކްލަބް މާސޭއަށް ކުޅެމުން އަންނަ ސަންޗޭޒަކީ އަބަދުވެސް އާސެނަލްގައި ހުންނަން ބޭނުންވާކަމަށް ބުނަމުންގެންދާ ތަޖުރިބާކާރު މޮޅު ކުޅުންތެރިއެކެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ފަހުގެ

މަޤްބޫލު