އޮރެންޖެއް ކާލައިގެން ކަސްރަތުކޮށްލާ!

ކަސްރަތު ކުރަނީ ވަރުބަލިކަން އިޙްސާސްކޮށްގެން ހިކެނ ްކަމަށް ގިނަ ބަޔަކު ބުނެއެވެ. އެމީހުން ބުނަނީ ކަސްރަތުކުރީމަ ވަރުބަލިވާ ކަމަށާއި ނަމަވެސް ނުހިކޭކަމަށެވެ. ހިކުމާއި ދުޅަހެޔޮ ގޮތެއްގައި ދެމިހުރުމާ މިއީ މުޅިން ދެކަމެކެވެ. މުހިންމީ ހިކިއަނަރޫފަ މީހަކަށްވުމެއް ނޫނެވެ. ދުޅަހެޔޮ ހަށިހެޔޮ ކަންމަތީ އަބަދުމެ ދެމިހުރުމެވެ. ހަށިގަނޑު ބައްޓަން ކުރުމުގައި އިންސާނާއަށް ކާއެއްޗެހި ބޭނުންކުރުމުގައާއި، އެތަކެތި ބޭނުންކުރެވޭ މިންވަރާއި، ޚާއްޞަކޮށް ޞިއްޙަތަށް ފައިދާހުރި ކާނާގެ މައްޗަށް ބުރަވާންޖެހެއެވެ.

ކަސްރަތުކޮށްގެން އަވަސް ނަތީޖާއެއް ހޯދަން ބޭނުންވާނަމަ، ކެއުމުގެ ކަންތައްތައް ވަކި އިންތިޒާމަކަށް ބައްޓަން ކުރަންޖެހެއެވެ. ބައެއް ކާނާއަކީ ކެއުމުން ގިނަ ވަގުތު ވަރުބަލިވުމެއް ނެތި ކަސްރަތުކުރުމުގައި ދެމިހުރުމަށް އެހީތެރިވެދޭ ކާނާއެވެ. އަނެއް ބައި ކާނާއަކީ ވަރަށް އަވަހަށް މީހާގެ ހަކަތަ ހުސްކޮށްލާ ވަރުބަލިކަން އިތުރުކޮށްދޭ ކާނާގެ ގޮތުގައި ބެލެވިދާނެއެވެ. ހަމައެހެންމެ ހަށިގަނޑަށް ފައިދާހުރި މާއްދާތައް ލިބޭ ކާނާ ބޭނުންކުރުމަށް ސަމާލުކަން ދިނުމަކީ ކަސްރަތުގެ ފައިދާ އަވަހަށް ކުރާނެ ކަމެކެވެ.

ކަސްރަތުކުރުމުގެ ކުރިން އޮރެންޖެއް ކާލުމަކީ ހަށިގަނޑުގެ މަސްތަކުގައި ހުންނަ ޓިޝޫތަކަށް ފަސޭހަކަމެއް ލިއްބައިދޭނެ ކަމެކެވެ. ހަލާކުވެފައި ހުންނަ ޓިޝޫތައް ރަގަޅުވެ، ޓިޝޫތަކަށް ތަޒާކަން ލިއްބައިދޭނެ ކަމެކެވެ.

އޮރެންޖަކީ ވިޓަމިން ސީ އެކުލެވޭ މޭވާއެކެވެ. އޮރެންޖަކުން، އެދުވހަަކަށް ބޭނުންވާ ވިޓަމިން ސީ ގެ 85 އިންސަައްތަ ލިއްބައިދެއެވެ. އެއީ މަސްތައް ރިކަވަރވުމަށް އެހީތެރިވެދޭނެ ކަމެކެވެ.

2001 ވަނަ އަހަރު ކުރެވިފައިވާ ދިރާސާތަކުން ދައްކަގޮތުން، ވިޓަމިންސީއަކީ ހަށިގަނޑުގެ މަސްތައް ރިކަވަރކޮށް، މަސްތައް ވަރުގަދަވުމަށް އެހީތެރިވެދޭ މައްދާއެކެވެ. އެހެންކަމުން، ކަސްރަތުގެ ފައިދާ އެންމެ ބޮޑަށް ކުރާނީ ހަށިގަނޑަށް ލިބެންޖެހޭ މިންވަރަށް ވިޓަމިން ސީ ލިބިގެންނެވެ.

ދިރާސާއިން ދައްކާގޮތުގައި، އޮރެންޖްގައި ވިޓަމިން ސީ ގެ އިތުރުން، ހަށިގަނޑަށް ބޭނުންވާ ދެ މާއްދާކަމުގައިވާ "ސެލިނިއަމް" އަދި "ކެލްސިއަމް" ހިމެނެއެވެ.

އޮރެންޖަކީ މިހާ ފައިދާ އެކުލެވޭ މޭވާއެއް ކަމުން، އޮރެންޖެއް ކާލައިގެން ކަސްރަތުކޮށްލާށެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ފަހުގެ

މަޤްބޫލު