އީބަ ބުނުމާއި، ނެތިމޮށުމަކީ ނުބައިކަން ބޮޑުވެގެންވާ ފާފައެއް: ޚުތުބާ

އީބަ ބުނުމަކީ ނުބައިކަން ބޮޑުވެގެންވާ ފާފައެއް ކަމަށާއި، އެއީ މަރުވެފައިވާ ތިމާގެ އަޚާގެ މުޅަމަސް ކެއުން ފަދަ ކަމެއް ކަމަށް މިއަދުގެ ހުކުރު ޚުތުބާގައި ބުނެފިއެވެ.

މިއަދުގެ ހުތުބާ މައިގަނޑު ގޮތެއްގައި އަލިއަޅުވާލައްވައިފައި ވަނީ ދުލުގެ އާފަތުގެ މައްޗަށެވެ. އަދި ޣީބަ ބުނުމުގެ ނުބައި ކަމުގެ މައްޗަށެވެ. ޣީބަ ބުނުމަކީ ތިމާގެ އަހާ ނުރުހޭ ސިފަޔަކާއި ބެހޭ ގޮތުން ވާހަކަ ދެއްކުމެވެ. ނުވަތަ މީސްތަކުގެ ގާތުގައި ތިމާގެ އަހާގެ ގައިގައި ހުރި އައިބެއްގެ ވާހަކަ ދެއްކުމެވެ.

ޚުތުބާގައި ބުނީ އީބަ ބުނުމަކީ ތިމާގެ އަޚާ ނުރުހޭ ސިފަޔަކާ ބެހޭ ގޮތުން ވާހަކަ ދެއްކުން ކަމަށާއި، ނުވަތަ މީސްތަކުންގެ ގާތުގައި ތިމާގެ އަޚާގެ ކިބައިގާ ހުރި ޢައިބެއްގެ ވާހަކަދެއްކުން ކަމަށެވެ. އަދި ދޭތެރެ ޖެއްސުމަކީ ނުބައިވެގެންވާ ކަމެއް ކަމަށެވެ. މިފަދަ ވާހަކަތައް ފަތުރާ މީހުން އެމީހުންގެ ގުނަވަންތަކުން ކުރާ އަމަލުތަކަށް ގިޔާމަތް ދުވަހުން ޖަވާބުދާރީވާން ޖެހޭކަން ފާހަގަކޮށް ޚުތުބާގައި ބުނީ އީބަ ބުނުމަކީ ނުބައިކަން ބޮޑުވެގެންވާ ފާފައެއް ކަމަށާއި، އެއީ މަރުވެފައިވާ ތިމާގެ އަޚާގެ މުޅަމަސް ކެއުން ފަދަ ކަމެއް ކަމަށެވެ.

އީބަ ބުނުމާއި ނެތިމޮށުމަށް މެދުވެރިވާ ސަބަބުތަކުގެ ތެރޭގައި ތިމާގެ ނަފުސަށް ތާއީދު ހޯދުމާއި، އަނެކާއާ މެދު ތިމާގެ ހިތުގައި އޮންނަ ހަސަދައާއި ނަފުރަތުގެ ސަބަބުން މީސްތަކުންގެ ކުރިމަތީގައި އޭނާގެ އަގުވައްޓާލަން ބޭނުންވުން ހިމެނޭ ކަމަށް ޚުތުބާގައި ބުނެފައިވެއެވެ.

ކަށްވަޅުގެ އަޒާބު ލިބޭ އަމަލުތަކުގެ ތެރޭގައި މިފަދަ ކަންކަން ހިމެނެ އެވެ. ދެބައޮޑުވުން، ދޭތެރެ ޖައްސަމުން ހިނގުމާއި، މީސްތަކުގެ އަބުރަށް އަރައިގަންނަ މީހުންނަށް ގިޔާމަތް ދުވަހުން ގަދަފަދަ އަޒާބު ލިބޭނެ އެވެ. މުސްލިމުން ޣީބަ ބުނެ ހުތުރު ބަސްތައް ރައްދުކޮށްގެން އުޅޭ މީހުންނަށް ގިޔާމަތް ދުވަހުން އެ މީހުން ކޮށް އުޅުނު ފާފަތަކާ އެއްފަދަ އަޒާބުތައް ދެއްވާނެއެވެ.

– ހުތުބާގައި ވެއެވެ.

ޚުތުބާގައި ބުނީ ނެތިމޮށުމާއި ދޭތެރެ ޖެއްސުމާއި ފިތުނަފަސާދަ ފެތުރުމާއި ދުރުހެލިވާންޖެހޭ ކަމަށާއި، ކަށްވަޅުގައި އަޒާބު ލިބޭ އަމަލުތަކުގެ ތެރޭގައި މިފަދަ ކަންކަން ހިމެނޭ ކަމަށެވެ. އަދި ދެބައޮޑުވަމުން ދޭތެރެ ޖައްސަމުން ހިނގުމާއި މީސްތަކުންގެ އަބުރަށް އަރައިގަންނަ މީހުންނަށް ގިޔާމަތް ދުވަހުން ގަދަފަދަ އަޒާބު ދެއްވާނެކަން ޚުތުބާގައި ފާހަގަކޮށްފައިވެއެވެ.

މީގެ އިތުރުން ޚުތުބާގައި ބުނީ ދުލުގެ އާފާތްތަކުގެ ތެރޭގައި ދޮގު ހެކި ދިނުމާއި ދޮގުހުވާ ކުރުން ހިމެނޭ ކަމަށެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ފަހުގެ

މަޤްބޫލު