Tuesday, 18 June 2024

މިނިވަންކަމާއި އިސްތިޤްލާލް ރައްކާތެރިކުރެވޭނީ ވަޠަނީ ލީޑަރަކަށް – ޑރ. އިރުތިޝާމް

ދިވެހިރާއްޖޭގެ އިޤްތިޞާދީ އެންމެ އެކްސްކްލޫސިވް އިކޮނޮމިކް ޒޯން ބަޔަކަށް ވިއްކާލައްވައިފި ކަމަށާއި، ދިވެހިރާއްޖާގެ މިނިވަންކަމާއި އިސްތިޤްލާލް ރައްކާތެރިކުރެވޭނީ ވަޠަނީ ލީޑަރކަށްކަމަށް،  ޖުމްހޫރީ ޕާޓީގެ ސްޕެޝަލް އެޑްވައިޒަރ އަދި ކުރީގެ މިނިސްޓަރ އޮފް ޔޫތު، ސްޕޯޓްސް ޑރ. އިރުތިޝާމް އާދަމް ވިދާޅުވެއްޖެއެވެ.

ވީޓީވީގެ ފަސްމަންޒަރު ޕްރޮގްރާމްގައި ރޭ ވާހަކަ ދައްކަވަމުން ކުރީގެ މިނިސްޓަރ އޮފް ޔޫތު، ސްޕޯޓްސް ޑރ. އިރުތިޝާމް އާދަމް ވަނީ ސަރުކާރުގެ ކަންކަމަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ.

"ދިވެހިރާއްޖޭގެ އިޤްތިޞާދީ އެންމެ އެކްސްކްލޫސިވް އިކޮނޮމިކް ޒޯން ބަޔަކަށް ވިއްކާލައްވައިފި ނުވަތަ ދޫކޮށްލައްވައިފި. އަޅުގަނޑުމެންގެ ޤައުމުގައި ސުލްޙަ މަސްލަޙަތު ނުބެލެހެއްޓޭ. ޤާނޫނު އަސާސީއާ ޚިލާފުވެގެން އަޅުގަނޑުމެންގެ ސަރަހައްދު މި އޮތީ ވިއްކާލާފަ. ދިވެހިރާއްޖޭގެ ސަރަހައްދަކީ މިހާރުގެ ރައްޔިތުންގެވެސް ޙައްޤެއް. ދައުލަތުގެވެސް ހައްޤެއް. ދިވެހިރާއްޖެއަށް އުފަންވާ އަދި މުޅި ޖަނަރޭޝަންގެ ވެސް ޙައްޤެއް. ދިވެހިރާއްޖޭގެ ސިޔާދަތާ މިނިވަންކަން ގެއްލޭނެ އެއްވެސް ކަމެއް އަޅުގަނޑުމެން ބޭނުމެއް ނޫން. އިސްލާމްދީނާ ދިވެހިންގެ ހައްޤުތައް ރައްކާތެރިކުރަންޖެހޭ. ދިވެހިރާއްޖޭގެ ރައްޔިތުންގެ ޙައްޤެއް ވަކި ފަރުދަކަށް ނިގުޅައި ނުގަނެވޭނެ. ދިވެހިރާއްޖާގެ މިނިވަންކަމާއި ސިޔާދަތު ރައްކާތެރިކުރެވޭނީ ވަތަނީ ފީލިންގ ހުރި، އިސްލާމް ދީނާއި ޤައުމު ރައްކާތެރިކުރުމަށް ވަޢުދުވެވަޑައިގެން ހުރި ކެންޑިޑޭޓަކަށް." އިރުތިޝާމް ވިދާޅުވިއެވެ.

ޖުމްހޫރީ ޕާޓީގެ ރިޔާސީ ކެންޑިޑޭޓް އޮނަރަބަލް ޤާސިމް އިބްރާހީމް ދިވެހިރާއްޖޭގެ އިސްލާމީ ޝަޚްޞިއްޔަތު ފުރިހަމައަށް ދަމަހައްޓަވާނެ ކަމަށް ވިދާޅުވެ އިރުތިޝާމް އިތުރަށް ފާހަގަކުރެއްވީ، ޖުމްހޫރީ ވެރިކަމެއްގައި ތަޢުލީމާއި ތަރުބިއްޔަތާއި ސިޔާސަތުގެ ތެރެއިން އިސްލާމްދީނުގެ ޞައްޙަ އަޤީދާ ދިވެހިރާއްޖޭގައި އަށަގަނުވާ ދަމަހައްޓައި، މާތްވެގެންވާ އިސްލާމްދީން ފިޔަވައި އެހެން ދީނަކަށް ދިވެހިރާއްޖޭގައި  ފުރުސަތެއް ނުދޭނެކަމަށެވެ.

ޒުވާނުންނާއި ކުޅިވަރުގެ ދާއިރާގައި އަދިވެސް ކުރަންޖެހޭ ވަރަށް ބައިވަރު ކަންކަން ހުރިކަން ފާހަހަކުރައްވަމުން، އިރުތިޝާމް ވިދާޅުވީ މިސަރުކާރުން  ކުޅިވަރުގެ ދާއިރާއިން ކުރައްވަމުންދާ ކަންތައްތަކުގެ ތެރެއިން  ހަމަ އެކަނި އެއްކުޅިވަރެއްގެ އިންފްރާސްޓްރަކްޗަރ އަށް އިސްކަންދިނުމުން އެހެން ކުޅިވަރުތަކަށް އިހްމާލުވެވޭ ތަން އަންނަ ކަން ފާހަގަ ކުރައްވަމުން އޮނަރަބަލް ޤާސިމް އިބްރާހީމްގެ ވެރިކަމެއްގައި މި ވިސްނުން ބަދަލުކޮށް، ޒުވާނުންނާއި ކުޅިވަރުގެ ދާއިރާއިން މުހިއްމު މަސައްކަތްތަކެއް ކުރައްވާނެ ކަމުގައި ވިދާޅުވަމުން އިރުތިޝާމް ފާހަގަކުރެއްވީ،  ޒުވާނުންގެ ފަރާތުން އައިސްފައިވާ ވަރަށް ބޮޑު ރިކުއެސްޓެއްގެ ގޮތުގައި ފާހަގަކޮށް، ރާއްޖޭގައި ބައިނަލް އަޤްވާމީ މުބާރާތްތައް ބޭއްވޭ ވަރަށް އިންފްރާސްޓަކްޗަރ ޤާއިމްކޮށް  ދުނިޔޭގެ ފެންވަރުގެ އޮލިމްޕިކް ސްޓޭޑިއަމް އެއް އެޅުމާއި، ބައިނަލް އަޤްވާމީ މިންގަނޑުގެ މޯޝަންޕިކްޗަރަސް ސްޓޫޑިއޯ އައިލަންޑެއް ރާއްޖޭގެ ރަށެއްގައި ތަރައްޤީކޮށް، ދިވެހި ޒުވާނުންނަށް އެމީހުންގެ ހުނަރުން އާމްދަނީ ލިބޭނޭ މަގު، ޤާސިމް އިބްރާހީމްގެ ވެރިކަމެއްގައި ފަހި ކޮށްދޭނެ ކަމަށެވެ.

ކުޅިވަރު އެސޯސިއޭޝަންތައް ބާރުވެރިކުރުވައި، ޒުވާނުންނަށް ވަޒީފާގެ ފުރުޞަތުތައް ތަނަވަސްކޮށްދީ، ތަޢުލީމާއި ހުނަރުގެ ފުރުޞަތުތައް ޖޭޕީގެ ވެރިކަމެއްގައި ފަހި ކޮށްދެއްވާނެ ކަމުގައި ފާހަގަކުރައްވަމުން އިތުރަށް ވިދާޅުވީ، ޖޭޕީގެ މެނިފެސްޓޯގައި 22 ވައުދެއް ހިމެނިފައިވާއިރު، ކުޅުންތެރިންނަށް ބޭނުންވާ ކަންކަން ފަހިކޮށްދެއްވާނެ ކަމަށާއި ވަކި ރަށެއް ވަކި އަތޮޅެއް ނުބަލާ ހަމަހަމަ އުސޫލެއްގެ ގޮތުން ކޮށްދެއްވާނެ ކަންތައްތަކެއް ހިމެނިފައިވާ ކަމަށެވެ.

އަންހެނުންގެ ދާއިރާއަށް ބަލާއިރު އަންހެނުން ކުރިއެރުވުމަށް، އޮނަރަބަލް ޤާސިމް އިބްރާހީމް ޚާއްޞަ އިސްކަމެއް ދެއްވާނެ ކަމަށާއި، އަންހެނުން ބާރުވެރިކޮށް ތަފާތު ދާއިރާތަކުން ފުރުޞަތުތައް ފަހިކޮށްދެއްވާނެ ކަމަށާއި، އަންހެނުންނަށް ވިޔަފާރީގެ ދާއިރާގައި ޙަރަކާތްތެރިވުމަށް ފަހި ފުރުޞަތުތަކާއެކު  ފުދުންތެރި ބަޔަކަށް ހަދައިދޭނެ ކަމަށާއި، ސަރުކާރުގެ އިސްމަޤާމްތަކަށް އަންހެނުން އައުމަށް ފުރުޞަތުތައް ފަހިކޮށްދެއްވާނެ ކަމަށް ވިދާޅުވެ ހުރިހާ އަންހެން ބޭފުޅުންވެސް ޖޭޕީގެ ކެންޑިޑޭޓް ހޮއްވަވައިދެއްވުމަށް އިރުތިޝާމް ގޮވާލެއްވިއެވެ.

ޖުމްހޫރީ ވެރިކަމެއްގައި، އަންހެނުންގެ ތަރައްޤީއަށް މަސައްކަތް ކުރާ ކޮމިޓީތަކަކީ ބާރުވެރި ބަޔަކަށް ހައްދަވާނެ ކަމަށާއި، ޖުމްހޫރީ ޕާޓީން ބޭނުންވަނީ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީތަކަކީ އިންޤިލާބީ ބަދަލެއް ގެނެވާ ފަދަ ބަޔަކަށްވުން ކަމަށެވެ.

ޖުމްހޫރީ ވެރިކަމެއްގައި، ޢަދުލްއިންސާފު ޤާއިމުކުރުމުގެ ދާއިރާ މިނިވަންކޮށް، ކޯޓުތަކުގެ މިނިވަންކަން ކަށަވަރުކޮށް މައްސަލަތައް އަވަސްކޮށް ދައުލަތުން ރައްޔިތުންނަށް އިންސާފު ޤާއިމް ކޮށްދޭނެކަމަށާއި، ރާއްޖޭގެ ފަނޑިޔާރުގެތަކަށް އެކަށީގެންވާ ޒަމާނީ ޢިމާރާތްތައް އަޅާ، އެދާއިރާއަށް އެކަށީގެންވާ ބަޖެޓާއި، ވަޞީލަތްތަކާއި

ޕްރޮފެޝަނަލް އަދި ތަމްރީން ލިބިފައިވާ ޖުޑިޝަރީއަކަށް މަގުކޮށައިދޭނެ ކަމަށް އިރުތިޝާމް ވިދާޅުވިއެވެ.

"މިހާރު މިވަނީ އެއްވެސް ސަރުކާރެއްގައި ނުދާހާ މިންވަރަށް ހާލަތު ދަށަށް ގޮސްފައި. ކޮރަޕްޝަންގެ ކަންކަން މިވަނީ އެއްވެސް ކުރީގެ އެއްވެސް ސަރުކާރަކަށްވުރެ މަތީގައި. މިނިވަން މުވައްސަސާތައް ވަނީ ހިޞާރު ކުރެވިފައި. މަޖިލިސް މިވަނީ ހުއްޓުމަކަށް އައިސް." އިރުތިޝާމް ވިދާޅުވިއެވެ.

މިސަރުކާރު ވެރިކަމަށް އައީ ކޮރަޕްޝަން ހުއްޓުވާނެ ކަމަށް ވަޢުދުވެވަޑައިގެން ކަމަށާއި، އެމްއެމްޕީއާރުސީގެ ޚިޔާނާގެ މައްސަލަ ބަލައި ފިޔަވަޅު އަޅާނެ ކަމަށް ވިދާޅުގެން ކަމަށްވިޔަސް، އެއްވެސް ފިޔަވަޅެއް އެޅޭ ތަނެއް ނުފެންނަމަށް ވިދާޅުވަމުން، އެކަމަނާ އިތުރަށް ފާހަގަކުރެއްވީ، މިސަރުކާރުން ޤައުމުގައި ހުރި ބޮޑެތި މައްސަލަތަކަށް ހައްލެއް ގެންނެވި ތަނެއް ނުފެންނަކަމަށާއި، ކޮރަޕްޝަން ފަދަ ކަންކަމުގައި ޖުމްހޫރީ ޕާޓީގެ ސިޔާސަތުތަކާއި ވިސްނުން ހާމަކުރައްވަމުން ގޮސްފައިވާ ކަމަށެވެ.

"މިހާރު ސަރުކާރު ކުންފުނިތަކުން މަސައްކަތް ކުރާއިރުވެސް މިފެންނަނީ ވަރަށް ބޮޑަށް ސިޔާސީ ނުފޫޒު ވަދެގެން އުޅޭތަން. އެންމެފަހު ތިން މަހަށް އައިސްގެން އުޅޭއިރު ވަރަށް ގިނަ ވަޒީފާތައް އުފައްދާތަން އެބަ ފެނޭ. ވަޒީފާތައް ދޭއިރު އިންސާފުވެރިކަމާއެކު ވަޒީފާ ދޭ ތަނެއް ނުފެނޭ." ޖުމްހޫރީ ޕާޓީގެ ސްޕެޝަލް އެޑްވައިޒަރ އަދި ކުރީގެ މިނިސްޓަރ އޮފް ޔޫތު، ސްޕޯޓްސް ޑރ. އިރުތިޝާމް އާދަމް

ހިޔާލު ފާޅުކުރައްވާ!

ކިޔުންތެރިންގެ ޚިޔާލުތައް:

  1. މީގެ ކުރިން ފެނުނު ވަޠަނީ ލީޑަރަކީ، އަނިޔާވެރި، އަމިއްލަ އެދުމުން ފުރިފައިވާ، ދައުލަތް ލޫޓުވާލި، ހިންގުމުގައި، ދޯދިޔާ ވެރިއެއް. އެކަމަކު ވެސް ވަޠަނީ.

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ފަހުގެ

މަޤްބޫލު