Thursday, 18 April 2024

އޮންލައިންކޮށް އެމްއައިބީ އެކައުންޓު މިހާރު ހުޅުވޭނެ

ބޭންކަށް ނުގޮސް އޮންލައިންކޮށް އެކައުންޓް ހުޅެވޭނެ ގޮތް ރޭ އެމްއައިބީން ތައާރަފު ކޮށްފިއެވެ.

އެމްއައިބީން ބުނީ ބޭންކަށް ނުގޮސް އެކައުންޓު ހުޅުވޭނެ ގޮތް ރާއްޖޭގައި އެހާ އަވަހަށް ވެދާނެ ކަމަށް ގިނަ ބަޔަކު އުންމީދެއް ނުކުރާނެ ކަމަށެވެ.

އަދި އެ ބޭންކުން ރާއްޖޭގައި މި ޚިދުމަތް ދޭން ފަށާފައި ވާއިރު، މިހާރު އެމްއައިބީ އެކައުންޓް ހުޅުވަން ބޭންކަށް ނުގޮސް، ހުރި ކޮންމެ ތާކުން އެކައުންޓް ހުޅުވާލެވޭނެ ކަމަށް އެމްއައިބީން ވަނީ ބުނެފައެވެ.

އެގޮތުން ދިވެހި ސަރުކާރުގެ އެކި ހިދުމަތް ހޯދުމަށް ބޭނުން ކުރާ އީފާސް މެދުވެރިކޮށް އެމްއައިބީ އެޕްލައި ނައު ޕޯޓަލް އިން މިހާރު އެކައުންޓް ހުޅުވުމަށް އެދެވޭނެ ކަމަށް އެ ބޭންކުން ހާމަކުރެއެވެ.

އެކައުންޓް ހުޅުވުމަށް އެދުމުން ބޭންކުން ވީޑިއޯ ވެރިފިކޭޝަނެއް ހެދުމަށް ފަހު އެކައުންޓް ހުޅުވައިދޭނެ ކަމަށާއި ހަމަ މި ފޯމު މެދުވެރިކޮށް އެމްއައިބީ އެވްރީޑޭ ވިސާ ކާޑު އަދި އެމްއައިބީ ވިސާ ޕްލެޓިނަމް ކާޑަކަށް ވެސް އެދެވިދާނެ ކަމަށް އެ ބޭންކުން ހާމަކުރެއެވެ.

މީގެ އިތުރުން އެކައުންޓް ހުޅުވުމާ އެކު އެމްއައިބީ އިންޓްނެޓް ބޭންކިން އަށް އަމިއްލައަށް ރެޖިސްޓާ ވެވޭނެ ކަމަށާއި އެމްއައިބީ ފައިސާނެޓް އަދި ފައިސާމޮބައިލްއަށް ރެޖިސްޓާ ކުރާނެގޮތް ލިބިގެންދާނެ ކަމަށް އެ ބޭންކުން ހާމަކުރެއެވެ.

ހަމައެހެންމެ މިކަމަށް އިޝާރަތް ކޮށް އެމްއައިބީން ބުނީ އޮންލައިންކޮށް ހުޅުވާ އެކައުންޓާއި، ބޭންކަށް އައިސް ހުޅުވާ އެކައުންޓާއި އެއްވެސް ތަފާތެއް ނުހުންނާނެ ކަމަށެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *