29 އެޕްރީލް 2025

ޑްރަގް އެތެރެ ކުރާ މީހުންނަށް މަރުގެ އަދަބު ދޭނަން: ނާޒިމް

ރާއްޖެއަށް މަސްތުވާތަކެތި އެތެރެކުރާ މީހުންގެ މައްސަލަ ޝަރުއީ ހުރިހާ މަރުހަލާއަކުން ސާބިތުވެއްޖެނަމަ އެފަދަ މީހުންނަށް މަރުގެ އަދަބު ތަންފީޒު ކުރާނެ ކަމުގައި މޯލްޑިވްސް ނެޝަނަލް ޕާޓީ (އެމްއެންޕީ)ގެ ރިޔާސީ ކެންޑިޑޭޓް މުހައްމަދު ނާޒިމު ވިދާޅުވެއްޖެއެވެ.

ނާޒިމުގެ ސަރުކާރެއްގައި ގެންގުޅޭނެ މަސްތުވާތަކެތީގެ ސިޔާސަތުގައި ހިމެނޭ ބައެއް ކަންކަން ހާމަކުރައްވަމުން ނާޒިމު ވަނީ ރާއްޖެއަށް މަސްތުވާތަކެތި އެތެރެކުރާ މީހުންނަށް އިންޒާރު ދެއްވާފަ އެވެ. އެގޮތުން ވިދާޅުވީ ރާއްޖެއަށް މަސްތުވާތަކެތި އެތެރެކޮށް ޝަރުއީ މަރުހަލާ އިން ސާބިތުވެއްޖެނަމަ އެފަދަ މީހުންނަށް މަރުގެ އަދަބު ތަންފީޒު ކުރާނަން ކަމަށެވެ.

ނާޒިމު ވިދާޅުވީ މަރުގެ އަދަބު ތަންފީޒު ކުރުމުގައި ގައުމެއް، ނަސްލެއް، ކުލައެއް އަދި އެމީހާގެ ބަލިމަޑުކަމަށް ބެލުމެއް ނެތް ކަމަށެވެ. ނާޒިމް ވިދާޅުވީ، އެކަން އެބޭފުޅުންގެ މެނިފެސްޓޯގައި ވެސް ހިމަނާފައިވާނެ ކަމަށާއި އެފަދަ ފަރާތްތަކުން ހުއްޓުވޭނީ މަރުގެ އަދަބު ދީގެން ކަމަށެވެ.

އަޅުގަނޑުމެން މިތިބީ ސާބިތުވެ، އިރާދަ ކުރެއްވިއްޔާ ރާއްޖެއަށް ޑްރަގް އެތެރެ ކޮށްގެން ސާބިތުވެއްޖެނަމަ، ވަކި ގައުމެއް ބެލުމެއް ނެތި އެމީހާއަކީ ކޮން ސިފައެއް ހުރި މީހެއްތޯ ނެބެލި ނޫނީ ހާއްސަ އެހީއަށް ބޭނުންވާ މީހެއް ކަމެއް ނޫނީ އެހެން މީހެއް ކަމެއް ބެލުމެއް ނެތި އެމީހާއަށް މަރުގެ އަދަބު އަޅުގަނޑުމެން އިރާދަ ކުރެއްވިއްޔާ ދޭނަން.

– ނާޒިމް ވިދާޅުވިއެވެ.

ނާޒިމު ވިދާޅުވީ އޭނާގެ ސަރުކާރެއްގައި މަސްތުވާތަކެތީގެ މައްސަލަތަކުގައި ޕްރިވެންޝަން ނުވަތަ އެކަމެއްގެ ފެށުން ހޯދައި އެކަމަށް ހައްލާއި ފަރުވާ ހޯދުމަށް ބޮޑު އިސްކަމެއް ދޭނެ ކަމަށެވެ. އެގޮތުން ސްކޫލުތަކުގައި ގޯސްކޮށް އުޅޭ ކުދިން ދެނެގަނެ އެކުދިން އިސްލާހުކުރުމަށް "ފަސްޓް އޮފެންޑާ ޕްރޮގްރާމު"ގެ ނަމުގައި ސްކޫލުތަކަށް ހާއްސަކޮށްގެން ޕްރޮގްރާމެއް ހިންގާނެ ކަމުގައިވެސް ވިދާޅުވިއެވެ. އަދި ކަމާ ގުޅޭ މާހިރުންނާ ގުޅިގެން ޕްރިވެންޝަން ވަރުގަދަކުރާނެ ކަމުގައިވެސް ވިދާޅުވިއެވެ.

ރާއްޖޭގައި ޑްރަގު ރިހިބިލިޓޭޝަން ފަރުވާއަށް ހުރީ ތިން ސެންޓަރު ކަމަށްވާތީ އެއީ ފުދޭ އަދަދެއް ނޫން ކަމަށް ނާޒިމު ވިދާޅުވިއެވެ. ރާއްޖޭގައި މަސްތުވާތަކެތީގެ ހާލަތު އޮތް ގޮތުން މިފަދަ ސެންޓަރުތައް ވަރަށް ބޮޑަށް އިތުރުކުރަންޖެހޭ ކަމުގައިވެސް ވިދާޅުވިއެވެ.

ހިޔާލު ފާޅުކުރައްވާ!

ކިޔުންތެރިންގެ ޚިޔާލުތައް:

  1. ދެން އެއްކަލަ ވައްތަރު ޕިކަޕްގަ ބަނގުރާ ގެންގެންދާ މީހުނަށް ކޮންވައްތަރު އަދަބެއް ތޯދެއްވާނީ!؟؟؟؟؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ފަހުގެ

މަޤްބޫލު