25 ޖަނަވަރީ 2025

މިއަހަރުގެ މިހާތަނަށް 886،978 ފަތުރުވެރިން ޒިޔާރަތްކޮށްފި

މިއަހަރުގެ މިހާތަނަށް 886،978 ފަތުރުވެރިން  ރާއްޖެއަށް ޒިޔާރާތްކޮށްފިއެވެ.

މިދިޔަ އަހަރާ އަޅާ ބަލާއިރު 13.6 ޕަސެންޓުގެ ކުރިއެރުމެއް ވަނީ ހޯދާފައެވެ. މިދިޔަ އަހަރުގެ މިހާތަނަށް އައިސްފައިވަނީ 780،507 ފަތުރުވެރިންނެވެ.

މި މަހުގެ މިހާތަނަށް 77،000 އަށް ވުރެ ގިނަ ފަތުރުވެރިން ރާއްޖެ ޒިޔާރާތްކޮށްފިއެވެ. ޓޫރިޒަމް މިނިސްޓްރީގެ ތަފާސްހިސާބުތަކުން ދައްކާގޮތުގައި މިމަހުގެ 21 ވަނަ ދުވަހާ ހަމައަށް 77،734 ފަތުރުވެރިން ވަނީ އައިސްފައެވެ. އެހެންނަމަވެސް މިއީ މިދިޔަ އަހަރު ޖޫން މަހުގެ މިހާތަނަށް ފަތުރުވެރިން އައި ވަރަށް ވުރެ ދަށް އަދަދެކެވެ. 2022 ވަނަ އަހަރުގެ ޖޫން މަހުގެ މިހާތަނަށް ވަނީ 78،173 ފަތުރުވެރިން ރާއްޖެ ޒިޔާރާތްކޮށްފައެވެ.

ރާއްޖެއަށް އެންމެ ގިނައިން ފަތުރުވެރިން ދަތުރުކުރާ ޤައުމުކަމަށްވާ އިންޑިއާއިން މިހާތަނަށް 241،369 ފަތުރުވެރިން ވަނީ އައިސްފައެވެ. އަދި ދެ ވަނަގައި އޮތް ރަޝިޔާއިން މިއަހަރު 201،957 ފަތުރުވެރިން ރާއްޖެ އައިސްފައިއެވެ. އަދި ތިން ވަނައިގައި އޮތް ޔޫކޭ އިން ވަނީ 179،312 ފަތުރުވެރިން އައިސްފައިވެއެވެ.

މި އަހަރުގެ އޭޕްރީލް މަހާ ހަމައަށް ރާއްޖެއަށް ކޮންމެ ދުވަހަކު ވެސް އެވްރެޖްގޮތެއްގައި 5،500 އެއްހާ ފަތުރުވެރިން ޒިޔާރަތްކުރެއެވެ. ނަމަވެސް މެއި މަހު އެ އަދަދު 3،900 އަށް ވެއްޓިފައިވާއިރު، މިމަހު އެ އަދަދުވަނީ އެއަށް ވުރެ ވެސް ދަށަށް ދާން ފަށައިފައެވެ. މިމަހުގެ 21 ވަނަ ދުވަހާ ހަމައަށް 3،702 ފަތުރުވެރިން ވަނީ ރާއްޖެ އައިސްފައެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ފަހުގެ

މަޤްބޫލު