Thursday, 18 April 2024

ޢީދު ބަންދުގައި ކުއްލި ހާލަތެއްގައި އައިޑީ ކާޑެއް ހައްދަން ޖެހިއްޖެނަމަ، ހޮޓްލައިނަށް ގުޅުއްވާ! – ޑީއެންއާރް

އަޟްޙާ ޢީދު ބަންދު ދުވަސްތަކުގައި ކުއްލި ހާލަތެއް މެދުވެރިވެގެން އައިޑެންޓިޓީ ކާޑެއް ހައްދަން ބޭނުންވާނަމަ އެ ޑިޕާޓްމަންޓުގެ ހޮޓްލައިން ނަންބަރު 7280368 އަށް ގުޅުމުން ނުވަތަ މެސެޖެއް ކޮށްލުމަށް ޑިޕާޓްމަންޓް އޮފް ނޭޝަނަލް ރަޖިސްޓްރޭޝަނުން ބުނެފިއެވެ.

ޑީއެންއާރްއިން ބުނީ މި ދުވަސްތަކުގައި ކުއްލި ހާލަތެއް މެދުވެރިވެގެން އައިޑެންޓިޓީ ކާޑެއް ހައްދަން ބޭނުންވާނަމަ، އެ ޑިޕާޓްމަންޓުގެ ހޮޓްލައިން ނަންބަރު 7280368 އަށް ގުޅުމުން ނުވަތަ މެސެޖެއް ކޮށްލުމުން ކާޑު ހެދުމުގެ ކަންތައް ކުރިއަށް ގެންދެވޭނެ ކަމަށެވެ.

އަޟްޙާ ޢީދާ ގުޅިގެން އަންނަ ހަފުތާގައި ސަރުކާރު އޮފީސްތައް ބަންދުވާއިރު ދެން އޮފީސްތައް ހުޅުވާާނީ ޖުލައި 2 ގައެވެ.

 

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *