Saturday, 15 June 2024

ޖޭޕީގެ ވެރިކަމެއްގައި ފުލުހުންނާއި ސިފައިގެން ފްލެޓްގެ ކުލި މަޢާފުކޮށްދޭނެ ކަމަށް ގާސިމް ވިދާޅުވެއްޖެ

ޖުމްހޫރީ ޕާޓީގެ ވެރިކަމެއްގައި ފުލުހުންނާއި ސިފައިގެން ފްލެޓްގެ ކުލި މަޢާފުކޮށްދެއްވާނެ ކަމަށް ޖުމްހޫރީ ޕާޓީގެ ލީޑަރ އަދި އެ ޕާޓީގެ ރިޔާސީ ކެނޑިޑޭޓް އޮނަރަބަލް ޤާސިމް އިބްރާހިމް ވިދާޅުވެއްޖެއެވެ.

ޤާސިމް މިހެން ވިދާޅުވީ، އިއްޔެ  ޕެރެޑައިސް ރިސޯޓްގައި  ބޭއްވި ޖުމްހޫރީ ޕާޓީގެ ކައުންސިލު ބައްދަލުވުމެއްގައި ވާހަކަފުޅު ދައްކަވަމުންނެވެ.

ޖުމްހޫރީ ޕާޓީގެ 158 ވަނަ ކައުންސިލް ބައްދަލުވުމުގައި ވާހަކަދައްކަވަމުން އޮނަރަބަލް ގާސިމް އިބްރާހިމް ވަނީ، އިންތިހާބާ ދިމާކޮށް އުސޫލުން ބޭރުން ސަރުކާރުން ހުޅުމާލޭގެ ބިން ވިއްކަމުންދާތީ އެކަމުގެ ކަންބޮޑުވުން ފާޅުކުރައްވާފައެވެ.

އެމަނިކުފާނު މިހެން ވިދާޅުވެފައިވާއިރު، ސިފައިންނާއި ފުލުންނަށް ފުލެޓް ހަމަޖައްސަވައިދެއްވާނެ ކަމަށް މިސަރުކާރުންވެސް ދަނީ ވައުދުވަމުންނެވެ. ސިފައިންނާއި ފުލުހުންގެ މުސާރަ އަށް ހެޔޮ ބަދަލުތަކެއް ގެނެސްދެއްވާނެ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވަނީ ވަޢުދުވެވަޑައިގެންފައެވެ.

ސިފައިންގެ 131 ވަނަ އަހަރީ ޖަލްސާގައި ރައީސް ސޯލިހް ވިދާޅުވީ ސިފައިންގެ ވެލްފެއާ ކަންކަން އިތުރަށް ހަރުދަނާ ކުރަން ވަރަށް ގިނަ މަސައްކަތްތަކެއް ކުރަމުން އަންނަ ކަމަށެވެ. އެގޮތުން މިވަގުތު އެންމެ އިސްކަމެއް ދެނީ ބޯހިޔާވަހިކަމަށް ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.އެގޮތުން ހުޅުމާލޭގައި ހަދާ ސިފްކޯ ހިޔާ އިމާރާތްތަކުގެ މަސައްކަތް ހުއްޓިފައި ހުންނަތާ ގިނަ ދުވަސްތަކަކަށް ފަހު، އެ އިމާރާތްތައް ނިންމުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް ރައީސް ވިދާޅުވިއެވެ.

އަދި ހުޅުމާލެ ފޭސް ދޭއްގައި ތަރައްގީކޮށްފައިވާ ހިޔާ ފްލެޓުތަކުގެ ކުލި ކުރިއަށް އޮތް 7 އަހަރަށް ވަނީ ކުޑަކޮށްފައެވެ. ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ޕްލޭނިންގ މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރ އަކްރަމް ކަމާލުއްދީން ވިދާޅުވެފައިވަނީ ހިޔާ ފްލެޓްގެ ކުލި ކުޑަކޮށްފައިވަނީ 7 އަހަރު ދުވަހުގެ މުއްދަތައް ކަމަށެވެ. އެގޮތުން 7 އަހަރު ވަންދެން މަހަކު 5،300 ރުފިޔާ ކުލީގެ ގޮތުގައި ދައްކަން ޖެހޭއިރު 7 އަހަރު ނިމުމުން މިހާރުވެސް ދައްކާވަރަށް 7500 ރުފިޔާ ދައްކަން ޖެހޭނެ ކަމަށް އަކްރަމް ކަމާލުއްދީން ވިދާޅުވި އެވެ.

ހިޔާގެ ކުލި ކުޑަކޮށްފައިވަނީ މިމަހުން ފެށިގެންނެވެ. ކުލި ކުޑަކުރިޔަސް މެއިންޓެނެންސް ފީއަށް ބަދަލެއް ގެނެސްފައިނުވާތީ، އެފީއާއެކު ޖުމްލަ މަހަކު ދައްކަން ޖެހޭނީ 6300 ރުފިޔާ އެވެ. އަދި 7 އަހަރު ފަހުން މިހާރުވެސް ދައްކަމުން އަންނަ އަގު، މަހަކު 8500 ރުފިޔާ ދައްކަން ޖެހޭނެ އެވެ.

 

ހިޔާލު ފާޅުކުރައްވާ!

ކިޔުންތެރިންގެ ޚިޔާލުތައް:

  1. ބަލަގައެއީގާސިމުހިތުހުރިގޮތެއްހަދަންގާސިމުގެފައިސާއެއްނޫނެވެއެއީދިވެހިރައްޔިތުންގެފައިސާއެވެފުރަތަމަވެސްތިޔަނަގާލެވުނީހަމަހަމަކަން

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ފަހުގެ

މަޤްބޫލު