ޖުމްހޫރީ ޕާޓީ(ޖޭޕީ)ގެ ރިޔާސީ ކެންޑިޑޭޓް، އަދި ލީޑަރު ޤާސިމް އިބްރާހީމް އަބަދުވެސް އުޅުއްވަނީ، އެބޭފުޅާއަށް އެންމެ މޮޅު ގޮތް ހޯއްދެވުމަށް ކަމަށް، މަޖިލީހުގެ މަކުނުދޫ ދާއިރާގެ މެމްބަރު މުޙައްމަދު ރާއީ ވިދާޅުވެއްޖެއެވެ.
ޖޭޕީގެ ޕާޓީގެ 158 ވަނަ ކައުންސިލް ބައްދަލުވުމުގައި، ޤާސިމް އިއްޔެ ދެއްކެވި ވާހަކަތަކަށް ދެއްވި ރައްދުގައި، ރާއީ ވިދާޅުވީ، ހިތު ހުރިހާ އެއްޗެއް ވިދާޅުވަމުން ގެންދަވާއިރު، ޖޭޕީގެ ސްލޮޓްތަކުގައި ސަރުކާރުގައި ތިބި ފަރާތްތައް މިހިނދުން މިހިނދަށް އިސްތިއުފާދޭން، ނޫނީ "ގެއަށް ކަނޑާލާން" ގޮވައިލައްވަން ވީ ކަމަށެވެ.
"ހިތު ހުރިހާ އެއްޗެއް ވިދާޅުވަމުން ގެންދަވާއިރު، ވިދާޅުވާން ވީނުތޯ އަޅުގަނޑުގެ ޕާޓީގެ ސްލޮޓްތަކުގައި ސަރުކާރުގައި ތިބި ފަރާތް ތަށް މިހިނދުން މިހިނދަށް އިސްތިއުފާދޭން، ނޫނީ ގެއަށް ކަނޑާލާން، ނުކެރޭނެ، އަރާނެ ގޮޅިއެއް އަދިވެސް ނުނިންމޭ، ގައުމަށާއި ރައްޔިތުންނަށޭ ކިޔުއްވައިގެން، އަބަދުވެސް ކޮބައިތޯ މަށަށް މޮޅުވާނެ ގޮތް ހޯދުމުގައި." ރައީ ވިދާޅުވިއެވެ.
ހިތު ހުރިހާ އެއްޗެއް ވިދާޅުވަމުން ގެންދަވާއިރު، ވިދާޅުވާން ވީނުތޯ އަޅުގަނޑުގެ ޕާޓީގެ ސްލޮޓްތަކުގައި ސަރުކާރުގައި ތިބި ފަރާތް ތަށް މިހިނދުން މިހިނދަށް އިސްތިއުފާދޭން، ނޫނީ ގެއަށް ކަނޑާލާން، ނުކެރޭނެ، އަރާނެ ގޮޅިއެއް އަދިވެސް ނުނިންމޭ، ގައުމަށާއި… pic.twitter.com/qG87vT561M
— Mohamed Raee / Makunudhoo Constituency (@Mraee12) June 24, 2023
ޖޭޕީން އެމްޑީޕީއާއި އެކު ހެދި ކޯލިޝަން ނިމިފައިވާ ކަމަށް ޤާސިމް އިއްޔެ ވަނީ ވިދާޅުވެފައެވެ. އިއްޔގެ ކައުންސިލް ބައްދަލުވުމުގައި ޤާސިމް ވިދާޅުވީ، ކޯލިޝަން ނެތް ކަމަށް ނުބުނި ކަމުގައި ވިޔަސް، މިހާރު ކޯލިޝަން ނެތް ކަމަށެވެ.
"އަޅުގަނޑުމެންގެ ޕާޓީ އޮތީ ކޯލިޝަންގަތޯ ނުވަތަ ނޫންތޯ މި ކުރައްވާ ސުވާލު.. މީގެ ޖަވާބުގައި އަޅުގަޑު ދަންނަވާލަން ޖެހެނީ، އަޅުގަޑުމެންގެ ޕާޓީގެ މެމްބަރުންތައް އެކޮޅަށް ގެންދަނީ. ދެންގޮސް ސޮއި ކުރުވަނީ، އަނެއްކަމެއް ކުރަނީ. ސްލޮޓްތައް ދަނީ. އެ ސްލޮޓްތަކެއް ނާދޭ. ދެން އަޅުމެން ބުނަންވީތޯ އަޅުގަޑުމެން މިތިބީ އެ ކޯލިޝަންގައޭ ނުވަތަ ނޫނޭ. ބަލަ މީގެ ކުރީގަވެސް އެމްޑީޕީން ހެދި ކޯލިޝަންވެސް އަދި ޕީޕީއެމްއިން ހެދި ކޯލިޝަންވެސް އެބޭފުޅުންނޭ އުވާލީ. މިފަހަރު އެހެން ނުބުނެ އެކަން ނިމިފަކަމަށް ތި ވިދާޅުވަނީ އަމީން. ދެއްތޯ އަޅުގަޑުވެސް ގަބޫލުކުރަނީ އެހެންކަމަށް މިކަން އޮތީ." ޤާސިމް ވިދާޅުވިއެވެ.
ޖޭޕީން މިފަހަރު އެމްޑީޕީއާއެކު ކޯލިޝަން ނުހަދައި، ރިޔާސީ ރޭހަށް ނުކުންނަން ނިންމުމުން، އެ ޕާޓީގެ ސްލޮޓްތަކުގައި، ސަރުކާރުގެ މަޤާމުތަކުގައި ތިއްބެވި ބައެއް ބޭފުޅުން ވަނީ އެ ޕާޓީން ވަކިވެވަޑައިގެންފައެވެ.