7 ފެބުރުވަރީ 2025
ޖާބިރު އެމްޑީޕީއަށް ސޮއިކުރުން، ފޮޓޯ: ދުވަސް

ޖާބިރު އެމްޑީޕީއަށް ސޮއިކޮށްފި

ރައްޔިތުންގެ މަޖިލީހުގެ ކާށިދޫ ދާއިރާގެ މެމްބަރު ޖާބިރު އެމްޑީޕީއަށް މިއަދު ސޮއިކުރައްވައިފިއެވެ.

އަލުން އެމްޑީޕީއާ އޭނާ ގުޅިވަޑައިގަތީ ސޯލްޓް ކެފޭގައި ބޭއްވި ރަސްމިއްޔާތެއްގައެވެ. އޭނާގެ ފޯމާ ހަވާލުވެވަޑައިގަތީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހެވެ. ޖާބިރު މިހާތަނަށް ހުންނެވީ މަޖިލީހުގައި މިނިވަން މެމްބަރެއްގެ ގޮތުގައެވެ. ޖާބިރު އެމްޑީޕީއާއި ގުޅިވަޑައިގަތީ ބޮޑުބެރުގެ ހަރަކާތާވެސް އެކުގައެވެ.

މިރަސްމިއްޔާތުގައި ރައީސް ޞާލިހާއި، ޖާބިރުވެސް ވާހަކަ ދައްކަވާފައިވެއެވެ. ޖާބިރު އެމްޑީޕީއަށް ސޮއި ކުރުމުން މަޖިލީހުގައި އެމްޑީޕީގެ މެމްބަރުންގެ އަދަދު 54 އަށް އެރީއެވެ.

މިރަސްމިއްޔާތުގައި ޖާބިރު ވިދާޅުވީ އޭނާ އެމްޑީޕީއާއި ގުޅުނީ ރައީސް ޞާލިހު ދެވަނަ ދައުރަކަށް އިންތިޚާބު ކުރުމަށްޓަކައި ކަމަށެވެ. އަދި މިހާތަނަށްވެސް ތާއީދު ކުރީ އެމްޑީޕީއަށް ކަމަށާއި، ހަމައެކަނި ސޮއި ނުކޮށް ހުރީކަމަށެވެ. ނަމަވެސް މިއަދުން ފެށިގެން ރަސްމީކޮށް އެމްޑީޕީ މެމްބަރަކަށް ވީކަމަށް ޖާބިރު ވިދާޅުވިއެވެ.

ޖާބިރު އެމްޑީޕީއާ މި ގުޅިވަޑައިގަތީ ގާނޫނުގައި ބުނާ އަދަދަށް މެމްބަރުން ހަމަނުވެގެން ޑިއާރުޕީ އުވާލުމުން ގްރީން ޕާޓީގެ ނަމުގައި އާ ޕާޓީއެއް އުފެއްދެވުމުގެ މަސައްކަތުގައި އުޅުއްވުމަށް ފަހުއެވެ. އެ ޕާޓީ އުފެއްދުމުގެ ހުއްދަ ޖާބިރަށް ދީފައި ވިޔަސް ރަޖިސްޓްރީކުރަން ހުށަނާޅުއްވައެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ފަހުގެ

މަޤްބޫލު