ޓްރާންސްޕޯޓް މިނިސްޓްރީގެ އޮންލައިން ޚިދުމަތްތައް ވަގުތީ ގޮތުން މެދުކަނޑައިލައިފިއެވެ.
ޓްރާންސްޕޯޓް މިނިސްޓްރީން ކުރައްވައިފައިވާ އިޢުލާނެއްގައި ވާގޮތުން، އެ މިނިސްޓްރީގެ ޚިދުމަތްތައް ފޯރުކޮށްދިނުމަށް ބޭނުންކުރާ އޮންލައިން ސިސްޓަމްތަކުގެ މެއިންޓަނަންސް މަސައްކަތެއް ކުރުމުންދާ ކަމަށާއި، 24 ޖޫންއިން އަންނަ މަހުގެ އެއްވަނަ ދުވަހުގެ ނިޔަލަށް، މިނިސްޓްރީގެ އޮންލައިން ޚިދުމަތްތައް ވަގުތީގޮތުން މެދުކަނޑައިލެވޭނެ ކަމަށެވެ.
އެ މިނިސްޓްރީގެ އޮންލައިން ޕޭމަންޓް ޕޯޓަލް "ސަވާރީޕޭ" މެދުވެރިކޮށް، އޮންލައިންކޮށް އުޅަނދު ރަޖިސްޓްރީކުރުމުގެ ޚިދުމަތްވެސް މިނިސްޓްރީން އަންނަނީ ދެމުންނެވެ. އަދި އެއްގަމުގެ އުޅަނދުގެ ފީއާއި، ކަނޑުގައި ދުއްވާ އުޅަނދުގެ ފީއާއި، ޓްރެފިކް އަދި ޕާކިންގ ވަޔަލޭޝަން ޖޫރިމަނާ ދެއްކޭނެއެވެ.
ކިޔުންތެރިންގެ ޚިޔާލުތައް:
ޢާއިޝާ އަވަހަށް ސަރުކާރުން އިސްތިއުފާ ދީފާ ގެޔަށް ކަނޑާލާ