ބައެއް މީހުން ވަކިވިޔަސް ޕާޓީއަށް ހީނަރުކަން ނުލިބޭނެ: ފައްޔާޒު

އެމްޑީޕީން ބައެއް މީހުން ވަކިވިޔަސް ޕާޓީއަށް ހީނަރުކަން ނުލިބޭކަމަށާއި، އެހެންނަމަވެސް ހިތަށް ހީނަރުކަން ލިބޭ ކަމަށް އެމްޑީޕީގެ ޗެއަރޕާސަން ވިދާޅުވެއްޖެއެވެ. އެމްޑީޕީއަކީ މިއަދު ވަކި މީހަކަށް ބަރޯސާވާގޮތަށް އޮތް ޕާޓީއެއް ނޫންކަމަށް، އެ ޕާޓީގެ ޗެއާޕަރސަން ފައްޔާޒު އިސްމާއީލް ވިދާޅުވެއްޖެއެވެ.

ރައްޔިތުންގެ މަޖިލީހުގެ ކާށިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ޖާބިރު އެމްޑީޕީއަށް ސޮއިކުރެއްވުމުގެ ރަސްމިއްޔާތު ނިންމަވާލެއްވުމަށްފަހު ފައްޔާޒު ވިދާޅުވީ، ޕާޓީއަށް އަބަދުވެސް ތުހުމަތުތައް ކުރާނެ ކަމަށާއި އެއީ ކަންބޮޑުވާކަމެއް ނޫން ކަމަށެވެ.

އެމްޑީޕީއަކީ ވަކި ވަކި ފަރުދުންނަށް ބަރޯސާވާ ޕާޓީއެއް ނޫން ކަމަށްވެސް ވިދާޅުވިއެވެ.

ފައްޔާޒު ވިދާޅުވީ،  އެމްޑީޕީއަކީ މިއަދު ވަކި މީހަކަށް ބަރޯސާވާގޮތަށް އޮތް ޕާޓީއެއް ނޫންކަމަށްވެ. އެހެންނަމަވެސް، ރައްޔިތުންގެ މަޖިލީހުގެ ރައީސް، އަދި އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދު، ވެރިކަންކުރާ މައިޕާޓީ ކަމަށްވާ އެމްޑީޕީން ވަކިވެވަޑައިގަތުމަކީ ލިބުނު ވަރަށް ބޮޑު ހިތާމައެއް ކަމަށްވެސް ފައްޔާޒު ވިދާޅުވިއެވެ. އެމްޑީޕީގެ ޗެއަރޕަރސަން ފައްޔާޒު އިސްމާއީލް ވަނީ އެމްޑީޕީއާއި އެމްޑީޕީގެ މެމްބަރުންގެ ނަމުގައި ރައީސް ނަޝީދަށް ކާމިޔާބީއަށް އެދިވަޑައިގެންފައެވެ.

ފައްޔާޒު ވަނީ ނަޝީދު އެމްޑީޕީއަށް ކޮށްދެއްވި ޚިދުމަތްތައް ފާހަގަކުރައްވައި އެކަމަށްޓަކައި ޝުކުރު އަދާކުރައްވާފައެވެ.

އެމްޑީޕީގައި ހުންނަވައި "ދަ ޑިމޮކްރަޓެސް" އުފެއްދެވުމުގައި ނަޝީދު ހަރަކާތްތެރިވެވަޑައިގަންވަމުން ދާއިރު، އެކަމާ އެމްޑީޕީގެ ގިނަ މެމްބަރުން ފާޑުވިދާޅުވިނަމަވެސް، ދި ޑިމޮކްރެޓްސް އުފެއްދުމުގެ ހުއްދަ ދިނުމަށް އިލެކްޝަންސް ކޮމިޝަނަށް ގޮތެއް މިއަދު ކޮމިޝަނުގެ މެމްބަރުން ވަނީ އިއްތިފާގުވެފައެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ފަހުގެ