8 ފެބުރުވަރީ 2025

ގޮތްދޫކޮށް ޑިމޮކްރެޓްސް އުފެއްދުމުގެ ހުއްދަދޭން އީސީން ނިންމައިފި

ރައްޔިތުންގެ މަޖިލީހުގެ މެމްބަރުން އިސްކޮށް ތިއްބަވައިގެން އުފައްދަވަން މަސައްކަތްކުރައްވާ ދަ ޑިމޮކްރެޓިސް އުފެއްދުމުގެ ޖަލްސާ ބޭއްވުމުގެ ހުއްދަ ދޭން އިލެކްޝަންސް ކޮމިޝަނުން ނިންމައިފިއެވެ.

އިލެކްޝަންސް ކޮމިޝަންގެ ނައިބް ރައީސް އިސްމާއިލް ހަބީބު ވިދާޅުވީ "ދަ ޑިމޮކްރެޓްސް"ގެ ނަމުގައި ސިޔާސީ ޕާޓީއެއް އުފެއްދުމަށް، ޖަލްސާ ބޭއްވުމުގެ ހުއްދަ، ޖުލައި 2 ވާ އާދީއްތަ ދުވަހު ދިނުމަށް އިލެކްޝަންސް ކޮމިޝަނުން ނިންމަފައިވާކަމަށެވެ. މިކަން އެޕާޓީ އުފެއްދުމުގެ ހުއްދަ އަށް އެދިވަޑައިގަތް، ހ.ސީވީޑް އަލްއުސްތާޛް ޙަސަން ލަތީފަށް އަންގާފައިވާނެކަމަށެވެ.

"ދަ ޑިމޮކްރެޓްސް"ގެ ނަމުގައި ސިޔާސީ ޕާޓީއެއް އުފެއްދުމުގެ ހުއްދަ އިލެކްޝަންސް ކޮމިޝަނުން ދެއްވާފައިވަނީ މިދިޔަ މަހުގެ 24 ވަނަ ދުވަހު ހެންވޭރު ހުޅަނގު ދާއިރާގެ މެންބަރު ޙަސަން ލަތީފަށެވެ. ޕާޓީ އުފެއްދުމަށް 3،600 މީހުންގެ ފޯމާއިއެކު އިލެކްޝަނަށް ހުށަހެޅީ މިމަހުގެ ފުރަތަމަ ދުވަހުއެެވެ.

އިލެކްޝަންސް ކޮމިޝަންގެ ރައީސް ފުއާދު މީގެ ކުރިން ވިދާޅުވީ، ކޮމިޝަންގެ ބައެއް މެމްބަރުން އޭނާ ހުންނެވީ ވަކި ބައެއް ނުފޫޒެއްގެ ތެރޭގައި ތުޙުމަތު ކުރައްވާކަމަށެވެ. ނަމަވެސް ފުއާދުވަނީ ކޮމިޝަންގެ ރައީސްގެ ޙައިސިއްޔަތުން މިހާތަނަށްވެސް އަދި ކުރިއަށް އޮތް ތާނގައިވެސް މަސައްކަތް ކުރައްވާނީ ވަރަށް މިނިވަން ކަމާއިއެކުގައި ކަމަށް ވިދާޅުވެފައެވެ.

ދަ ޑިމޮކްރެޓްސްގެ ނަމުގައި ސިޔާސީ ޕާޓީއެއް އުފެއްދުމުގެ މަސައްކަތް ކުރަމުންދާއިރު، އެޕާޓީއިން ވަނީ ކުރިއަށް އޮތް ރިޔާސީ އިންތިޚާބުގައި ކެނޑިޑޭޓަކު ނެރޭނެކަމަށް ވެސް ހާމަކޮށްފައެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ފަހުގެ

މަޤްބޫލު