30 އެޕްރީލް 2025

މިތިބީީ ވެރިކަން ނިންމުމަށް އެއްބަސްވެ، ބައިއަތު ހިފައިން!

އިދިކޮޅު ޕްރޮގްރެސިވް ކޯލިޝަނާއި، ރައީސް ނަޝީދުގެ ދަ ޑިމޮކްރެޓްސް އެކީގައި ސިޔާސީ މަސައްކަތް ކުރަން ފަށާއިރު، ދެ ފަރާތުގެވެސް އެންމެ މުހިންމު ކަމަކަށް އޮތީ މިހާރު އޮތް ވެރިކަން ބަދަލު ކުރުންކަމުގައި ޕީޕީއެމްއާއި، ދަ ޑިމޮކްރެޓްސް އިން ބުނެފިއެވެ.

ޕީޕީއެމް-ޕީއެންސީ އާއި ޑިމޮކްރެޓްސް ގުޅިގެން، ކުރިއަށް އޮތް ރިޔާސީ އިންތިޚާބުގައި މި ސަރުކާރު ބަލި ކުރަން މަސައްކަތް ކުރުމާ ގުޅޭ ގޮތުން މިއަދު ވަނީ މަޝްވަރާތައް ފަށައިފައެވެ. މިމަޝްވަރާތަކުގައި ޕީޕީއެމްގެ ފަރާތުން ބައިވެރިވަނީ މެމްބަރު ޝިޔާމާއި، ޓޮމްއެވެ. ޑިމޮކްރެޓްސްގެ ފަރާތުން ބައިވެރިވީ އީވާއާއި، ހަސަން ލަތީފާއި، އާޒިމެވެ.

މަޝްވަރާތަކަށް ފަހު ނޫސްވެރިންނާއި ބވާހަކަ ދައްކަވަމުން ނައިފަރު ދާއިރާގެ މެންބަރު އަހުމަދު ޝިޔާމް ވިދާޅުވީ، ޑިމޮކްރެޓްސް ޕީޕީއެމް އެކީގައި މަސައްކަތް ކުރަން ނިންމެވީ، ރައީސް ޞާލިހުގެ ނާގާބިލް ވެރިކަމެއްގެ ސިފަ ނެތް ވެރިކަން ވައްޓާލުމަށް ކަމަށެވެ. އަދި ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި ޑިމޮކްރެޓްސް އާއި އެކީގައި މަސައްކަތް ކުރި ނަމަވެސް، ޕީޕީއެމްގެ މައިގަނޑު އަސާސްތަށް "ކޮންޕްރޮމައިޒް" ނުވާނެ ކަމަށް ޝިޔާމް ވިދާޅުވިއެވެ.

އަޅުގަނޑުމެންގެ މައިގަނޑު އަސާސްތައް ކޮންޕްރޮމައިޒް ނުވާނެ. އެނގިވަޑައިގަންނަވާނެ އެކަކު އަނެކަކާ އޮންނައިރު ވެސް، ދެމީހުން އެއްބަސްވާންޖެހޭ ނޫންތޯ؟ ދެ ފަރާތުން އެއްބަސްވާ ކަންތަކާއެކީގައި މިއުޅެނީ. އަޅުގަނޑުމެން ޔަގީނުންވެސް އަޅުގަނޑު މެންގެ މައިގަނޑު އަސާސްތައް ކޮންޕްރޮމައިޒް ވާނެ އެއްވެސް ކަމަކާ އެކީގައި މަސައްކަތެއް ނުކުރާނަން.

– ޝިޔާމް ވިދާޅުވިއެވެ.

ޝިޔާމް ވިދާޅުވީ، ދެ ޕާޓީއެއް ގުޅިގެން މަސައްކަތް ކުރާއިރު، އެ ބަޔަކު ޤަބޫލުކުރާ ކަންތައްތަކަށް އުނިކަން ނާންނާނެ ގޮތަށް އެއްބަސްވާން ޖެހޭނެ ކަމަށާއި، ޕީޕީއެމް-ޕީއެންސީގެ އެއްވެސް އަސާސަކަށް އުނިކަން އަންނާނެ ގޮތަކަށް އެއްބަސްނުވާނެ ކަމަށެވެ. އޭނާ އިތުރަށް ވިދާޅުވީ، އަމާޒަކީ، ކުރިއަށް އޮތްތަނުގައި ޑިމޮކްރެޓްސްއާއެކު ހަފްތާއަކު ތިން ބައްދަލުވުން ބޭއްވުން ކަމަށެވެ.

މި ނޫޫސްވެރިންގެ ބައްދަލުވުމުގައި މެދުހެންވޭރު ދާއިރާގެ މެމްބަރު، އަދި ދަ ޑިމޮކްރެޓްސް އުފެއްދުމުގައި އިސްކޮށް އުޅުއްވާ ޢަލީ ޢާޒިމް ވެސް ފާހަގަކުރެއްވީ، ޕީޕީއެމް-ޕީއެންސީއާ ގުޅިގެން ވިޔަސް، ވެރިކަން ބަދަލު ކުރުމުގެ އަމާޒަށް ވާސިލުވާން ޑިމޮކްރެޓުން ބޭނުންވާކަމެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ފަހުގެ

މަޤްބޫލު