ވެލިދުއަށް ދަތުރުކުރި ލޯންޗެއް ބަންޑުންޖަހާލައިފި

ނ.ވެލިދުއަށް 30 މީހުންނާއިއެކު ދަތުރު ކުރި ލޯންޗެއް ބަންޑުން ޖަހާލައިފިއެވެ.

އެމްއެންޑީއެފް އިން ވިދާޅުވީ، މާލެ އިން ފުރައިގެން ދަތުރު ކުރަމުންދިޔަ "ލީޖަން 7″ ނަމަކަށް ކިޔާ ލޯންޗަކަށް ރާޅެއް އަރައި، ދިޔަވަމުންދާކަމުގެ މައުލޫމާތު އެމްއެންޑީއެފް ކޯސްޓްގާޑަށް ލިބިފައިވަނީ މިއަދު 11:50 ހާއިރު ކަމަށެވެ.

އެމްއެންޑީއެފް އިން މައުލޫމާތުދިންގޮތުގައި، ލޯންޗަށް ރާޅު އަރާފައިވަނީ ރަންދެލި ރިސޯޓު ކައިރިންނެވެ. އަދި ލޯންޗު އެވަގުތު ރަންދެލި ރިސޯޓުގެ ފަޅަށް ވަދެފައިވާ ކަމަށްވެސް ވިދާޅުވިއެވެ.

ލޯންޗުގައި ތިބި މީހުން ރަންދެލި ރިސޯޓަށް ފޭބިފަހުން، ރިސޯޓުގެ ފަޅުތެރެއަށް ލޯންޗު އަޑިއަށް ގޮސްފައިވާ ކަމަށް އެމްއެންޑީްއެފް އިން ވިދާޅުވިއެވެ. މި ހާދިސާގެ މައުލޫމާތު ލިބުމާއެކު އެމްއެންޑީއެފްގެ ސްކޮޑްރަންގެ ހާބަރ ކްރާފްޓް، ޑައިވަރުންނާއެކު ވަނީ އެ ސަރަހައްދަށް ގޮސް ހަރަކާތްތެރިވާން ފަށައިފައެވެ.

އަދި ރަންދެލި ރިސޯޓުގެ ޑައިވަރުންނާއި، ރިސޯޓުގައި އޮތް "ރީފްލައިން" ނަމަކަށް ކިޔާ ދޯންޏެއްގެ ފަޅުވެރިންނާއެކު، ކޯސްޓްގާޑުގެ ޑައިވަރުން މިހާރު ލޯންޗު ފެނުން މައްޗަށް ނެގުމުގެ މަސައްކަތް ކުރަމުންދާ ކަމަށްވެސް އެމްއެންީއެފް އިން ވިދާޅުވިއެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ފަހުގެ

މަޤްބޫލު