Saturday, 13 April 2024

ޖެހިޖެހިގެން 2 ވަނަ ފަހަރަށް ބަންގްލަދޭޝް އަތުން ބަލިވީމަ ވަރަށް ދެރަ،: މަޚްލޫފް

‏ޖެހިޖެހިގެން 2 ވަނަ ފަހަރަށް ބަންގްލަދޭޝް އަތުން ބަލިވީމަ ވަރަށް ދެރަކަމަށާއި އަދި ރަނގަޅު ކުރަންޖެހޭ ކަންތައްތަކެއް އެބަހުރިކަމަށާއި ކުރިއަށް އޮތްމެޗަށް ކާމިޔާބަށްއެދޭ ކަމަށް ކުޅިވަރާބެހޭ ވަޒީރު އަޙްމަދު މަޚްލޫފް ވިދާޅުވެއްޖެއެވެ. އެމަނިކުފާނު މިހެން ވިދާޅުވީ މިރޭ ކުރެއްވި ޓްވީޓެއްގައެވެ.

މަޚްލޫފް ވިދާޅުވީ، ހަންޕު ޖެހިގޯލް ވަރަށް ރީތި ކަމަށާއި، ‏ބަލިވިޔަސް މޮޅުވިޔަސް އަބަދުވެސް ޤައުމީ ޓީމާއެކު ދެމިހުންނަވާނެ ކަމަށެވެ.

‏"ފުޓުބޯޅަ ވަސީލަތްތައް ޤާއިމުކުރުމަށް މީގެކުރިން އެއްވެސް ބަޔަކު ނުކުރާ މަސައްކަތްވެސް މިސަރުކާރުން ވާނީކޮށްފަ އަދި އެދަނީ ކުރަމުން. މަތިން އުދުހިލާއިރު އެމަންޒަރުތައް ރީތިކޮށް ރަށްރަށުން ފެންނާނެ. ހަމައެކަނި ފުޓުބޯޅަ ތަރައްގީކުރުމަށް 50 ބޮޑު ފުޓުބޯޅަ ދަނޑު އެކި ރަށްރަށުގައި ގާއިމް ކުރެވިއްޖެ،ޖުމްލަ 120 ދަނޑުގެ މަސައްކަތް ދަނީ ކުރިއަށް. މިކަންކަމުގެ ނަތީޖާ އަހަރުތަކެއް ފަހުން އިރާދަކުރެއްވިއްޔާ އަދި ފެންނާނެ." މަޚްލޫފް އިތުރަށް ވިދާޅުވިއެވެ.

އެމަނިކުފާނު އިތުރަށް ވިދާޅުވީ،  މިސަރުކާރުން ހަމައެކަނި ކުރިއަރުވާ ތަރައްގީކުރަން މަސައްކަތްކުރަނީ ފުޓުބޯޅަ އެކަނި ނޫންކަމަށާއި، ކުޅިވަރުގެތަކުގެ މެދުގައި ހުރިތަފާތުކުރުންތައް ނައްތާލެވިއްޖެއްކަމަށެވެ. ހަމައެހެންމެ، ހުރިހާ ކުޅިވަރަކުން ބައިވަރު ފުރުސަތުތައް ފަހިކޮށް ގިނަ ދޮރުތައްވާނީ ހުޅުވާލަދީފަ.އޭގެ ނަތީޖާ އެކުޅިވަރުތަކުން އެދަނީ ދައްކަމުން ކަމަށް ވިދާޅުވިއެވެ.
‏ސްޕެޝަލް އޮލިމްޕިކްސް މޯލްޑިވްސް އަދި މޯލްޑިވްސް ޕެރަލިމްޕިކް ކޮމިޓީ އުފައްދާ ހާއްސައެހީތެރިކަން އަދި ނުކުޅެދުންތެރިކަން ހުންނަ ކުދިން ކުޅިވަރުކުޅެ ބައިނަލްއަގުވާމީ މައިދާނުގައި ވާދަކުރުންފަދަ ގިނަ ފުރުސަތުތައް ވާނީ ހުޅުވާލަދީފައިކަމަށް ވިދާޅުވެ، އެފުރުސަތުތަކުގެ ބޭނުންހިފާ މިއަދު އެކުދިން ރާއްޖެ އެއަންނަނީ 2 ރަން މެޑަލް އަދި 1 ބްރޯންޒް މެޑަލް ހޯދައިގެން. މިއަށްވުރެ ވަކި ކުޅިވަރުގަ ލިބޭނެ ބޮޑު އުފަލެއް ކޮބާތޯ؟ މިހެން އެއްސެވިއެވެ.

"‏ފުޓުބޯޅަ ޓީމު އަދި މެޗަކުން ބަލިވިޔަސް އެއީ މާބޮޑު މައްސަލައެއްކަމަށް މިއަދު ނުދެކެން. ރަނގަޅު ކުރަންޖެހޭ ކަންކަން ބަލާ ސަރުކާރުން ދޭންޖެހޭ އެއްބާރުލުން އަބަދުވެސް ދޭނަން. އެކަމާ ދެރަވާއިރު އަޅުގަނޑުމެންގެ ސްޕެޝަލް އޮލިމްޕިކްސް އެތުލީޓުން ހޯދަދިން ކާމިޔާބީއާއިއެކު ލިބޭ ހިތްހަމަޖެބުމާއި ލިބޭ އުފާ މާބޮޑު." މިނިސްޓަރ ވިދާޅުވިއެވެ.

"‏ބަލިވީ ސަރައްދީ މުބާރާތެއްގެ މެޗަކުން، ރަންމެޑަލްތައް ލިބުނީ މުޅި ދުނިޔެއާއި ވާދަކޮށްގެން." މަޚްލޫފް މިހެން ވިދާޅުވަމުން، މާޔޫސްކަން ދޫކޮށްލާ ހަމައެފޯރީގައި ނުކުމެ، ސްޕެޝަލް އޮލިމްޕިކްސް ޓީމަށް ހޫނު މަރުހަބާއެއް ކިޔުމަށް 2 ޖުލައި 2023 ވަނަ ދުވަހު ހެނދުނު 9:45 އަށް ރަސްމީ ފާލަމަށް ވަޑައިގެންދެއްވުމަށް ދިވެހި ރައްޔިތުންނަށް ދަޢުވަތު އެރުވިއެވެ.

ހިޔާލު ފާޅުކުރައްވާ!

ކިޔުންތެރިންގެ ޚިޔާލުތައް:

  1. ކުރީގައިދިވެހިފުޓްބީޅައަކީއިންޑިޔާއާއިއެއްފެންވަރެއްގައިހިފަހައްޓަމުންދިޔަޓީމެކެވެއޭރުނޭޕާލުބޫޓާނުބަގަނލަދޭޝްޓީމުތަކަކީރާއްޖެއަށްވުރެމާދައްކޮށްހުރިޓީމުތަކެވެމިހެންއޮވެދިވެހިންފުރަތަމަބަލިކުރީނޭޕާލުޓީމެވެދެންބަންގާޅުޓީމެވެއެއްމެފަހުންބޫޓާނުއަތުންވެސްބަލިވީނުވަތަބަލިވާނެއެވެހިތުންމޮޅުވެބޮޑާވެކިބުރުވެރިވުމަކުންމޮޅެއްނުވެވޭނެއެވެމޮޅުވެވޭނީކިޔަމަންތެރިމުރާލިހީވާގިވެފުޓްބޯޅައަކީީ ލެއަށްކުޅޭފިރިހެންވަންތަފިރިހެނެއްގެގޮތަށްކުޅެގެންމޮޅުވެވޭނެއެއްޗެއްކަންއެނގިގެންކުޅުމުންނެވެމޮޅުވާންބޭނުންނަމަހިއްވަރާިފަންވަރުހުރިދިވެހިދަރިއަކަށްވާށެވެއެއީ (ނުގުޑާނެޢޒުމަކާއެކުކުރިޔަށްހިގާނަމޭ މުގުރާލުމައްހުރަސްތައްއެއްބާރުލާނަމޭ)

  2. ކުރީގައިދިވެހިފުޓްބޯޅައަކީއިންޑިޔާއާއިއެއްފެންވަރެއްގައިހިފަހައްޓަމުންދިޔަޓީމެކެވެއޭރުނޭޕާލުބޫޓާނުބަގަނލަދޭޝްޓީމުތަކަކީރާއްޖެއަށްވުރެމާދައްކޮށްހުރިޓީމުތަކެވެމިހެންއޮވެދިވެހިންފުރަތަމަބަލިކުރީނޭޕާލުޓީމެވެދެންބަންގާޅުޓީމެވެއެއްމެފަހުންބޫޓާނުއަތުންވެސްބަލިވީނުވަތަބަލިވާނެއެވެހިތުންމޮޅުވެބޮޑާވެކިބުރުވެރިވުމަކުންމޮޅެއްނުވެވޭނެއެވެމޮޅުވެވޭނީކިޔަމަންތެރިމުރާލިހީވާގިވެފުޓްބޯޅައަކީީ ލެއަށްކުޅޭފިރިހެންވަންތަފިރިހެނެއްގެގޮތަށްކުޅެގެންމޮޅުވެވޭނެއެއްޗެއްކަންއެނގިގެންކުޅުމުންނެވެމޮޅުވާންބޭނުންނަމަހިއްވަރާިފަންވަރުހުރިދިވެހިދަރިއަކަށްވާށެވެއެއީ (ނުގުޑާނެޢޒުމަކާއެކުކުރިޔަށްހިގާނަމޭ މުގުރާލުމައްހުރަސްތައްއެއްބާރުލާނަމޭ)

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *