25 ޖަނަވަރީ 2025
ޖޭޕީ, އެމްއެންޕީ, ޕީޕީއެމް, ޑިމޮކްރެޓްސް އަދި އެމްއާރްއެމުން ގުޅިގެން ބާއްވާ ނޫސްވެރިންގެ ބައްދަލުވުން

އީސީއަށް އިތުބާރެއް ނެތް: ސިޔާސީ ޕާޓީތައް

ރިޔާސީ އިންތިހާބަށް ތިން މަހަށްވުރެ ކުޑަތަންވެފައި އޮއްވައި، އިލެކްޝަން ކޮމިޝަން (އީސީ) އަށް އޮތް އިތުބާރު ގެއްލިފައިވާ ކަމަށް ވިދާޅުވެ، އިދިކޮޅު ސިޔާސީ ޕާޓީތަކުން ކަންބޮޑުވުން ފާޅުކޮށްފިއެވެ.

ކަންބޮޑުވުން ފާޅުކުރި ޕާޓީތަކަކީ، އެ ޕާޓީތަކަކީ, އިދިކޮޅު ޕީޕީއެމް, އެމްއެންޕީ އަދި, އަލަށް އުފައްދަން މަސައްކަތް ކުރާ ދި ޑިމޮކްރެޓްސްގެ އިތުރުން ސަރުކާރު ހިންގާ ކޯލިޝަނުގައި ހިމެނޭ ޖުމްހޫރީ ޕާޓީ އާއި އެމްއާރްއެމެވެ.

އިލެކްޝަން ކޮމިޝަނަށް އިތުބާރު ނެތް ކަމަށް ބުނެ އިދިކޮޅު ފަސް ޕާޓީ ހިމެނޭހެން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވަނީ ގިނަ ކަންބޮޑުވުންތަކެއް ހިއްސާކޮށްފަ އެވެ.

ނޫސްވެރިންގެ ބައްދަލުވުމުގައި, އީސީއަށް ވިދާޅުވަމުން ޑިމޮކްރެޓްސްގެ ފަރާތުން ވާހަކަ ދެއްކެވި އެ ޕާޓީގެ މުއައްސިސް އަދި ހެންވޭރު ހުޅަނގު ދާއިރާގެ މެމްބަރު ހަސަން ލަތީފް ވިދާޅުވީ، ޑިމޮކްރެޓްސްގެ ފަރާތުން އީސީއަށް  އެ ޕާޓީ އުފެއްދުމުގެ ހުއްދަ ނުދީ ހިފެހެއްޓި ކަމަށާއި، އެ މައްސަލަ ސިވިލް ކޯޓަށް ހުށަހަޅާފައިވާ ކަމަށެވެ. އޭނާ ވިދާޅުވީ އީސީއަށް އޮތް ތާއިދު ގެއްލުނީ ވަރަށް ގިނަ ސަބަބުތަކެއް މެދުވެރިވެގެންކަމުގައެވެ.

ހަސަން ލަތީފް ވިދާޅުވިއެވެ. "2022 ވަނަ އަހަރު ނިމެންދަނިކޮށް ހަދާފައިވާ ސާވޭއެއްގައި އެބަދައްކާ އިލެކްޝަންސް ކޮމިޝަނާ ދޭތެރޭގައި މުޅި ޖުމްލަ ރައްޔިތުންގެ 57 ޕަސަންޓު މީހުންގެ ތާއިދު ނެތްކަން. އެއާ ހިލާފަށް 2013 ވަނަ އަހަރު އިލެކްޝަންސް ކޮމިޝަނާ ދޭތެރޭ, 74 ޕަސަންޓު މީހުން ތާއިދު އޮތްކަން ވެސް އޭރު ފާހަގަވެފައި އެބަވޭ،" 

ޕީޕީއެމްގެ ފަރާތުން އިންނެވި އެ ޕާޓީގެ ނައިބު ރައީސް އަދި ނައިފަރު ދާއިރާގެ މެމްބަރު އަހުމަދު ޝިޔާމް ވިދާޅުވީ ރިޔާސީ އިންތިހާބު ބޯމަތިވެފައިވާއިރު, އީސީއަށް އޮތް ތާއިދު ނެގެހެއްޓުމަކީ އެ ކޮމިޝަނުގެ މެމްބަރުންގެ ކޮނޑުގައި އެޅިފައި އޮތް ބޮޑު ޒިންމާއެއް ކަމަށެވެ. ނަމަވެސް ކޮމިޝަނުގެ ފަރާތުން ފެންނަނީ މާޔޫސްވާ ކަންތައްތަކެއް ކަމަށް އޭނާ  ފާހަގަކުރެއްވިއެވެ. އީސީގައި ސަރުކާރުގެ ނުފޫޒު އޮތްކަން ތުހުމަތު ކުރައްވާ ޝިޔާމް ވިދާޅުވީ އެފަދައިން ދަލީލުކޮށްދޭ ކަންތައްތަކެެއް މިދިޔަ ދެ ހަފްތާ ތެރޭގައި ފެނިގެން ގޮސްފައިވާ ކަމަށެވެ. އޭނާ ވަނީ ދައުލަތުގެ ވަސީލަތްތައް ނަހަމަ ގޮތުގައި ބޭނުން ކުރަމުންދާ ކަމަށް ވެސް ތުހުމަތު ކުރައްވާފަ އެވެ.

ޖޭޕީގެ ފަރާތުން އިންނެވި ކެންދޫ ދާއިރާގެ މެމްބަރު އަލީ ހުސެއިން ވިދާޅުވީ އީސީއަކީ މިނިވަން މުސްތަގިއްލު މުއައްސަސާއެކޭ ބުނާ ބުނުން މިހާރު ހަމައެކަނި ނަންބޯޑުގައި އޮންނަ އެއްޗަކަށް ބަދަލުވެފައިވާ ކަމަށާއި، މިނިވަން މުސްތަގިއްލު މުއައްސަސާގެ ދައުރަކީ ދެފަރާތުގެ މައްސަލަތައް ވަކި ކޮޅަކަށް ނުޖެހި ހައްލު ހޯދައި ދިނުންކަމަށެވެ.

ނޫސްވެރިންގެ ބައްދަލުވުމުގައި އެމްއާރްއެމްގެ ފަރާތުން އިންނެވި ހަޔާ އެޑިއުކޭޝަން މިނިސްޓްރީގެ ކުރީގެ ޑެޕިއުޓީ މިނިސްޓަރު، އީސީ މަސައްކަތްތައް އިންސާފުވެރިކަމާއެކު ހިންގުމަށް ދިމާވެފައިވާ މައްސަލަތަކަކީ ކޮބައިކަން ދެނެގަނެ ހާމަކުރުމަށް އެ ކޮމިޝަނުގެ ރައީސް ފުއާދު ތައުފީގަށް ގޮވާލައްވަމުން، އިލެކްޝަންސް ކޮމިޝަނުން ސިޔާސީ ޕާޓިތަކުގެ ދަފްތަރު ޒިންމާދާރު ގޮތެއްގައި ނުބެލެހެއްޓޭކަމުގެ ކަންބޮޑުވުން ފާޅުކުރެއްވިއެވެ.

ސަރުކާރަށް ފާޑުވިދާޅުވެ, އެމްއެންޕީގެ ނައިބު ރައީސް އަދި ވިލިމާލެ ދާއިރާގެ މެމްބަރު އަހުމަދު އުޝާމް ވިދާޅުވީ 2018 ވަނަ އަހަރު އެމްޑީޕީން ވެރިކަމަށް އަންނަން މަސައްކަތްކުރިއިރު, އޭރުގެ އީސީގެ ރައީސް އަހުމަދު ޝަރީފާއެކު މިނިވަން އިންސާފުވެރި އިންތިހާބެއް ނުބޭއްވޭނެ ކަމުގެ ޝަކުވާ ކުރި ކަމަށެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ފަހުގެ

މަޤްބޫލު