މި އަހަރުގެ އެންމެ މޮޅު ރޭޑިއޯ ޕްރެޒެންޓަރަކީ ޝަހުބާ!

ދިވެހިރާއްޖޭގެ އަޑުން ގެނެސްދޭ ބެސްޓް ރޭޑިޔޯ ޕްރެޒެންޓާ ކޮމްޕެޓިޝަން 2023، ކާމިޔާބުކޮށްގެން އެންމެ މޮޅު ރޭޑިޔޯ ޕްރެޒެންޓަރަކަށް ހޮވިފައިވަނީ، ގދ. ގައްދޫ ކަފިދޫގޭ، އައިމިނަތު ޝަހުބާ ޝަހީދުއެވެ.

މިދިޔަ ހުކުރު ދުވަހު ދިވެހިރާއްޖޭގެ އަޑުގެ ސިނެކޯ މާލަމުގައި ބޭއްވި ޚާއްސައެެއްގައިވަނީ ވަނަވަނައަށް އައި ފަރާތްތަކަށް އިނާމް ހަވާލުކޮށްފައެވެ. އެގޮތުން، ފިނާލޭ ޝޯއެއްގައި ބެސްޓް ރޭޑިއޯ ޕްރެޒެންޓާ ކޮމްޕެޓިޝަން ކާމިޔާބުކުރި ޝަހުބާއަށް ވަނީ 20،000 ރުފިޔާގެ ފައިސާގެ އިނާމާއި ޓްރޮފީ ހަވާލުކޮށްފައެވެ. އޭނާއަށް އިނާމް ހަވާލުކޮށްފައިވަނީ އެޑިޔުކޭޝަން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރ އަބްދުﷲ ރަޝީދެވެ. ހަމައެހެންމެ، ކޮންޓްރެކްޓް އުޞޫލުން އެއް އަހަރު ދުވަހު ދިވެހިރާއްޖޭގެ އަޑުގައި ޕްރެޒެންޓަރެއްގެ ގޮތުގައި މަސައްކަތް ކުރުމުގެ ފުރުޞަތު ޝަހުބާއަށް ވަނީ ދީފައިވެއެވެ.

ގދ. ވާދޫ ކެނެރީގެ، އައިޝަތު ޢަބްދުލް ކަރީމް މި މުބާރާތުގެ ދެވަނައަށް ހޮވިފައިވާއިރު،  ތިންވަނައަށް ހޮވިފައި ވަނީ މ. ޕްލެޓިނަމް ކޮޓޭޖްގެ، މުޙައްމަދު ލިސާންއެވެ.

މުބާރާތް ކާމިޔާބުކުރި ޝަހުބާއަކީ ހުނަރުވެރި ޒުވާނެއްކަން ފާހަގަކޮށް ދިވެހިރާއްޖޭގެ އަޑުން ފާހަގަކުރިއެވެ. އަދި އޮޑިޝަންތައް ނިންމާ އެންމެ ފުރަތަމަ ޕްރޮގްރާމްގައި ރިޕޯޓް ހުށައެޅުމަށް ފަހު ޓްރޭނިންއެއްގައި ޝަހުބާ ރާއްޖެއިން ބޭރަށް ފުރަން ޖެހުނު ކަމަށެވެ. މިކާމިޔާބީއާއެކު ޖެހިގެން އައި ހުށައެޅުން, ޚަބަރު ކިޔަން ޖެހުނު ހަފްތާގައި އޭނާގެ ހުށައެޅުން އެހުންތެރިންނާ ހަމައަހަށް ގެނެސްދިނީ އެއްވެސް ޕްރެކްޓިސްއަކާ ނުލާ ކަމަށް ވެސް އަޑުން ބުންޏެވެ.

ރިއަލިޓީ ޝޯއެއްގެ ގޮތުގައި ކުރިއަށް ގެންދިޔަ ބެސްޓް ރޭޑިއޯ ޕްރެޒެންޓާ މުބާރާތަކީ ރޭޑިއޯ ޕްރޮގްރާމް ހުށައެޅުމަށް ޝައުޤުވެރިވާ ޒުވާނުންނަށް އެ ފުރުސަތު ތަނަވަސްކޮށްދީ އެފަދަ ޒުވާނުންގެ ހުނަރު ތަރައްޤީ ކޮށްދިނުމުގެ ގޮތުން ދިވެހިރާއްޖޭގެ އަޑުން އިންތިޒާމުކުރާ މުބާރާތެކެވެ.

 2016 ވަނަ އަހަރު މި މުބާރާތް ފެށިފަހުން، ޖެހިޖެހިގެން ތިން އަހަރު ބޭއްވުމަށް ފަހު ކުޑަ މެދުކެނޑުމެއް އެ މުބާރާތަށް އައެވެ. ނަމަވެސް މިދިޔަ އަހަރު ބެސްޓް ރޭޑިޔޯ ޕްރެޒެންޓާ ކޮމްޕެޓިޝަން އަނެއްކާ ވެސް ފެށިއެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ފަހުގެ

މަޤްބޫލު