15 ޖަނަވަރީ 2025

އިލެކްޝަންސް ކޮމިޝަނަކީ މިނިވަން މުއައްސަސާއެކޭ ބުނަނީ ނަމަކަށް: އަލީ ހުސެއިން

އިލެކްޝަންސް ކޮމިޝަން (އީސީ) އަކީ މިނިވަން މުސްތަގިލް މުއައްސަސާއެކޭ ބުނާ ބުނުން ހަމައެކަނި ނޯޓިސް ބޯޑުގައި ނުވަތަ ނަން ބޯޑުގައި އޮންނަ އެއްޗަކަށް ބަދަލުވެފައިވާ ކަމަށް މަޖިލީހުގެ ކެންދޫ ދާއިރާގެ މެމްބަރު އަލީ ހުސެއިން ވިދާޅުވެއްޖެއެވެ.

އިއްޔެ އިދިކޮޅު ޕާޓީތަކުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ޖުމްހޫރީ ޕާޓީގެ ފަރާތުން ވާހަކަދައްކަވަމުން، އަލީ ހުސެއިން ވިދާޅުވީ، ބައެއް މީޑިއާތަކުން ކަވަރުކޮށްފައިހުރި ރިޕޯޓުތަކުންނާއި، އިލެކްޝަންސް ކޮމިޝަންގައި ބާއްވަން އުޅުނު ބައެއް ޖަލްސާތައް ނުބޭއްވި ކޯރަމް ގެއްލުވާލުމުން އިލެކްޝަންސް ކޮމިޝަންގެ މައްޗަށް ސަރުކާރުގެ ނުފޫޒުއޮތްކަން އެގިނގިގެން ގޮސްފައިވާ ކަމަށެވެ.

އޭނާ ވިދާޅުވީ، މިނިވަން އިންތިހާބެއް ބޭއްވުމަށްޓަކައި ކުރަންޖެހޭ މަސައްކަތް އިލެކްޝަންސް ކޮމިޝަނުން ކުރަމުން ނުދާ ކަމަށާއި، އީސީއިން ބައެއް ސިޔާސީ ޕާޓީތަކަށް އުނދަގޫކޮށް ޖެއްސުން ކުރަމުންދާ ކަމަށެވެ.

"މީ މިއަދު އެކަނި ހިނގި ކަމެއް ނޫން. މީގެ އަހަރެއް ދެ އަހަރެއްހާ ދުވަސް ކުރިންވެސް ޖުމްހޫރީ ޕާޓީގެ ފަރާތުންވެސް ޕާޓީގެ ފޯމަތައް ފައިލްކުރުމާއި، ބަލައިގަތުމާއި ހިސާބުންފެށިގެންވެސް މިކަންތައްތައް ވަނީ ދިމާވެފައި. އެހެންނަމަވެސް، ބައިއިލެކްޝަންތަކުގައި އަޅުގަނޑުމެން ބައިވެރިވެފައިނުވާތީ އަޅުގަނޑުމެންނަށް އެވާހަކަތައް އެކަށީގެންވާ މިންވަރަށް ދެއްކިފައިނެތް. ނަމަވެސް، އަޅުގަނޑުމެންނަށް ފެނިގެން ހިނގައްޖެ އެންމެ ފަހުން ބޭއްވުނު ބައިއިލެކްޝަންސްތަކުގައިވެސް، ސަރުކާރުން އެ އިންތިހާބުތަކަށް ނުފޫޒުފޯރުވަމުން ދިޔަތަން."  އަލީ ހުސެއިން

ސަރުކާރުން އިންތިހާބުތަކަށް ނުފޫޒު ފޯރުވަމުން ގެންދިޔަނަމަވެސް، އިލެކްސަން ކޮމިޝަނުން އެއީ ހަމަ ކަމެއް ނޫން ކަމަށް ހަދައި، ލޯމަރައިލައިގެން ތިބި މަންޒަރު ފެންނަމުންދާ ކަމަށް ވެސް މެމްބަރު ތުހުމަތުކުރެއްވިއެވެ.

މެމްބަރު ވިދާޅުވީ، އީސީއަކީ ސިޔާސީ ޕާޓީތަކުގެ މެދުގައި ޖެހޭ މައްސަލަތަކަށް ހައްލު ހޯދައިދިނުމަށް ހުންނަ މިނިވަން މުވައްސަސާއެއް ކަމަށް ކަނޑައަޅާފައިއޮތް ނަމަވެސް، މިހާރަކަށް އައިސް ސަރުކާރުގެ އޭޖެންޓުން ގޮތުގައި އިލެކްޝަންސް ކޮމިޝަންގެ ބައެއް މެމްބަރުން މަސަކަތްކުރަމުދާކަން ފެންނަމުންދާ ކަމަށެވެ.

ގާނޫނު އަސާސީއެއް ނެގެހެއްޓުމަށްޓަކައި ކުރާ އެންމެ މުހިންމު ހަރަކާތީ އިންތިހާބުތައް ބޭއްވުމެވެ. އެ އެއިންތިހާބުތަކަކީ އިންސާފުވެރި އިންތިހާބުތަކެއްކަން ކަށަވަރުކުރުކުރުމުގެ ޒިންމާ އެންމެ ބޮޑަށް އޮންނަނީ އިލެކްޝަންސް ކޮމިޝަނަށެވެ.

މެމްބަރު ވިދާޅުވިގޮތުގައި، އެ ކޮމިޝަނަކީ ވަކި ފަރާތެއްގެ މަސްލަހަތު ހިމާޔަތްކުރަން މަސައްކަތްކުރާ ކޮމިޝަނަކަށް ވެއްޖެކަމަށްވާނަމަ، މިނިވަން އިންސާފުވެރި އިންތިހާބެއް ނުބޭއްވޭނެއެވެ.

އިލެކްޝަސް ކޮމިޝަނަށް ސަރުކާރުން ނުފޫޒު ފޯރުވަމުންދާކަމުގެ ކަންބޮޑުވުން މެމްބަރު އަލީ ހުސެއިން ފާޅުކުރައްވާފައިވާއިރު، އިލެކްޝަން ކޮމިޝަންގެ ރައީސް، ފުވާދު ތައުފީގު މަސައްކަތްކުރައްވަނީ ބައެއްގެ ނުފޫޒުގެ ދަށުންކަމަށް، އެ ކޮމިޝަނުގެ ބައެއް މެމްބަރުން ވަނީ ތުހުމަތުކުރައްވާފައެވެ.

ދަ ޑިމޮކްރެޓްސް އުފެއްދުމަށް މި ސަރުކާރުން، ހާއްސަކޮށް ރައީސުލްޖުމްހޫރިއްޔާ އިބްރާޙީމް މުހައްމަދު ޞާލިޙް ހުރަސްއަޅުއްވަމުން ގެންދަވާ ކަމަށާއި، އީސީއާއި އެހެނިހެން މުވައްސަސާތަކަށް ވެސް ސަރުކާރާއި، ރައީސް ޞާލިޙް ވެސް ނުފޫޒުފޯރުވަމުން ގެންދަވާކަމަށް އިދިކޮޅު ފަރާތްތަކުން ތުހުމަތުކުރެއެވެ.

އެކަމާ ދެކޮޅަށް ދަ ޑިމޮކްރެޓްސްގެ އާންމު މެމްބަރުންނާއި، އެމްއާރްއެމްއާއި އިދިކޮޅު ޕްރޮގްރެސިވް ކޯލިޝަންގެ ސަޕޯޓަރުން ވަނީ ތެދުވެފައެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ފަހުގެ

މަޤްބޫލު