15 ޖަނަވަރީ 2025
ޖޭޕީ, އެމްއެންޕީ, ޕީޕީއެމް, ޑިމޮކްރެޓްސް އަދި އެމްއާރްއެމުން ގުޅިގެން ބާއްވާ ނޫސްވެރިންގެ ބައްދަލުވުން

އެމްޑީއޭ އާއި އަދާލަތު ފިޔަވައި އެހެން ޕާޓީއެއް ރައީސް ޞާލިޙަކަށް ނުވި – ޙަސަން ލަޠީފް

ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙާއެކުގައި އެންމެ ދެ ސިޔާސީ ޕާޓީ ކޯލިޝަން ހަދައިފައިވާތީ، އެކަމަށް އިޝާރާތްކުރައްވައި، ރައީސް ޞާލިޙަށް ވީ ވަރަކީ އެމްޑީއޭ އާއި ޢަދާލަތު ޕާޓީ އާއެކު ކޯލިޝަން ހެދުން ކަމަށާއި، މިހާރު ސަރުކާރާ ދެކޮޅަށް ތިބި އެހެން ސިޔާސީ ޕާޓީތައް، އެމަނިކުފާނާ އެއްކޮޅަށް އަރައިފާނެ ކަމަށް ނުދެކޭ ކަމަށް ވިދާޅުވެ، އެމްޑީޕީގެ ކުރީގެ ޗެއާޕާސަން ޙަސަން ލަތީފު ފާޑުވިދާޅުވެއްޖެއެވެ.

މި އަހަރުގެ ސެޕްޓެމްބަރު މަހުގެ ނުވަ ވަނަ ދުވަހު، މިނިވަން އިންސާފުވެރި ރިޔާސީ އިންތިޚާބެއް ބޭއްވިދާނެ ކަމާމެދު ސުވާލު އުފައްދައި އިދިކޮޅު ޕީޕީއެމް، ޖޭޕީ، އެމްއެންޕީ އަދި އެމްއާރްއެމުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ހަސަން ލަތީފު ވިދާޅުވީ، ރައީސް ޞާލިޙަށް ވީ ވަރަކީ އެމްޑީއޭ އާއި ޢަދާލަތު ޕާޓީ އާއެކު ކޯލިޝަން ހެދުން ކަމަށާއި، މިހާރު ސަރުކާރާ ދެކޮޅަށް ތިބި އެހެން ސިޔާސީ ޕާޓީތައް، އެމަނިކުފާނާ އެއްކޮޅަށް އަރައިފާނެ ކަމަށް ނުދެކޭ ކަމަށް

އަދި ޑިމޮކްރެޓްސް އަކީ ސަރުކާރުގައި ތިބެފައި، ވަކިވެ މަސައްކަތް ފެށި ޕާޓީއެއްކަން ފާހަގަކުރައްވައި، އެ ޕާޓީން އަމުދުން ރައީސް ޞާލިޙާއި ގުޅޭނެ ތަން ނުފެންނަ ކަމަށް އޭނާ ވިދާޅުވިއެވެ.

"ދެން ޤަބޫލުފުޅު ކުރައްވާ، އެއީ ހަމަ ރައީސް ޞާލިޙަށް ވީ ވަރު އެއީ، ނެތެއްނޫންތޯ، އަރިހުގައި އެހެން އެއްވެސް ބޭފުޅެއް؟ ދެން އަޅުގަނޑު ނުދަންނަވަން، ޖާބިރު ވަޑައިނުގަންނަވާ ވާހަކައެއް." ޙަސަން ލަޠީފް ވިދާޅުވިއެވެ.

ހަސަން މިހެން ވިދާޅުވީއިރު، ދަ ޑިމޮކްރެޓްސް އާއި ޕީޕީއެމުން މިއަދު ވަނީ އެކުގައި މަސައްކަތް ކުރުމުގެ މަޝްވަރާތައް ފަށައިފައެވެ.

ރިޔާސީ އިންތިހާބަށް ތިން މަހަށްވުރެ ކުޑަތަންވެފައި އޮއްވައި، އިލެކްޝަން ކޮމިޝަން (އީސީ) އަށް އޮތް އިތުބާރު ގެއްލިފައިވާ ކަމަށް ވިދާޅުވެ، އިދިކޮޅު ސިޔާސީ ޕާޓީތަކުން ކަންބޮޑުވުން ފާޅުކޮށްފިއެވެ. ކަންބޮޑުވުން ފާޅުކުރި ޕާޓީތަކަކީ، އެ ޕާޓީތަކަކީ, އިދިކޮޅު ޕީޕީއެމް, އެމްއެންޕީ އަދި, އަލަށް އުފައްދަން މަސައްކަތް ކުރާ ދި ޑިމޮކްރެޓްސްގެ އިތުރުން ސަރުކާރު ހިންގާ ކޯލިޝަނުގައި ހިމެނޭ ޖުމްހޫރީ ޕާޓީ އާއި އެމްއާރްއެމެވެ.

އިލެކްޝަން ކޮމިޝަނަށް އިތުބާރު ނެތް ކަމަށް ބުނެ އިދިކޮޅު ފަސް ޕާޓީ ހިމެނޭހެން އިއްޔެ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވަނީ ގިނަ ކަންބޮޑުވުންތަކެއް ހިއްސާކޮށްފަ އެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ފަހުގެ

މަޤްބޫލު