ވިކިޕީޑިއާގައި 2019 ވަނަ އަހަރު ހާމަކޮށްފައިވާ ގޮތުގައި ދުނިޔޭގައި ލައްވާފައި ފެނުގެ ނިޒާމަށް ބަލާއިރު، 97 އިންސައްތައަކީ ކަނޑުތަކާއި، ބިމުގެ އަޑީގައި ދައުރުވާ ލޮނުގެ އަސަރު ހުންނަ ފެނެވެ. 2.5 އާއި 2.75 އާ ދެމެދުގެ އިންސައްތަ ފެނަކީ ތާޒާ ފެންކަމުގައި ބެލެވެއެވެ. އެއީ ގަނޑުފެނާއި ސްނޯއިން 1.75 އިންސައްތަ ފެން އަދި ބިމުގެ އަޑިން އަޑިން ލިބޭ 0.5 އާއި 0.75 އާ ދެމެދުގެ އިންސައްތަ ފެން، 0.01 އިންސައްތައަށް ވުރެދަށުން ކޯރުފަދަ ތަންތަނުގައި ހިމެނޭ ފެނެވެ.
ލޮނަކީ އާވީގެ ގޮތުގައި އަރައިގެންދާ އެއްޗަކަށް ނުވެއެވެ.
ފެނުގެ ނިޒާމު ހަމަޖެހިފައި އޮންނަ ގޮތުން، ލޮނު އާވީގެ ގޮތުގައި މައްޗަށް އަރައިގެން ނުދާތީއާއެކު، ފަރުބަދަތަކާ ހަމައަށް ލޮނު ފެން ވާސިލެއް ނުވެއެވެ. ފަރުބަދަތައް މަތީގައި ހުންނަ ސްނޯއަކީ އާވީގެ ގޮތުގައި އަރައިގެންދާ ތާޒާ ފެނެވެ. އެއީ ލޮނު ފެނެއް ނޫނެވެ.
މީގެ 1400 އަހަރު ކުރިން މިކަން ވަނީ ކީރިތި ޤުރުއާނުގެ އަލް މުރުސަލާތް ސޫރަތުގައި މާތްﷲ ވަޙީކުރައްވާފައެވެ. މިކަމުން އަންގައިދެނޭ ފަރުބަދަ މަތީން އޮހޮރިގެން އަންނަ ފެންނަކީ ތަޒާ ފެންކަމެވެ. މިއީ، މާތް ﷲ ގެ ކުޅަދުންވަންތަ ކަމުގެ އަލިގަދަ ހެއްކެކެވެ.
އަލް މުރްސަލާތް |
﴿27﴾ وَجَعَلْنَا فِيهَا رَوَاسِيَ شَامِخَاتٍ وَأَسْقَيْنَاكُم مَّاءً فُرَاتًا |
އަދި ތިމަންރަސްކަލާނގެ އެ ބިމުގައި ހަރުލައިހުންނަ އުސްފަރުބަދަތައް ލެއްވީމެވެ. އަދި ތިމަންރަސްކަލާނގެ ތިޔަބައިމީހުންނަށް މީރުފެން ބޯންދެއްވީމެވެ. |