25 ޖަނަވަރީ 2025

އިތުބާރާއިއެކު ރައީސް ވިދާޅުވީ އެމްޑީޕީ ދާނީ ކުރިއަށް ކަމަށް

ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ސާލިޙު މޯލްޑިވިއަން ޑިމޮކްރަޓިކް ޕާޓީ (އެމްޑީޕީ) ގެ 18 ވަނަ އަހަރީ ދުވަހުގެ ތަހުނިޔާ ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު ކުރެއްވި ޓްވީޓެއްގައި ވަނީ އެމްޑީޕީގެ 18 ވަނަ އަހަރީ ދުވަހުގެ ހެޔޮއެދުމާއި ތަހުނިޔާ ޕާޓީގެ ހުރިހާ މެންބަރުންނަށް އަރިސްކުރައްވާފައެވެ. ރައީސް ވިދާޅުވީ މާތް ރަސްކަލާންގެ ހެޔޮ ރަޙްމަތްފުޅާއެކު އެ ޕާޓީ އާއި، ޕާޓީގެ މެންބަރުން އަބަދުވެސް ދާނީ ކުރިއަށް ކަމަށެވެ.

އެމްޑީޕީއަށް 18 އަހަރު ފުރިން ފާހަގަކުރެއްވުމުގެ ގޮތުން ކުރެއްވި ޓްވީޓެއްގައި އެމަނިކުފާނު މިހެން ވިދާޅުވި އިރު އެ ޕާޓީއަށް މިއަހަރު ގިނަ ގޮންޖެހުންތަކެއް ކުރިމަތިވި އެވެ. އެފަދަ އެއް ގޮންޖެހުމަކީ އެޕާޓީގައި ކުރިން އިސްކޮށް އުޅުއްވި އެތައް ބޭފުޅުންނެއް ޕާޓީ ދޫކުރައްވައި ނުކުމެވަޑައިގެންނެވުމުވެ.

އެމްޑީޕީއަށް 18 އަހަރު ފުރުން ފާހަގަކުރައްވަން ރޭ ދެއްވި ހިތާބެއްގައި އެޕާޓީގެ ޗެއާޕާސަން ފައްޔާޒު އިސްމާއީލް ސިފަކުރެއްވި ގޮތުގައި އެއީ އެތެރޭގެ ގޮންޖެހުންތަކަކީ އެ ޕާޓީއަށް މިހާތަނަށް ކުރިމަތިވި އެންމެ ބޮޑު ގޮންޖެހުން ކަމަށެވެ.

އެމްޑީޕީއަށް މިއަދު 18 އަހަރު ވީއިރު އެޕާޓީން ވަނީ ރިޔާސީ އިންތިހާބު ދެފަހަރު ކާމިޔާބުކޮށްފަ އެވެ. އެންމެ ފަހުން ބޭއްވި ރައްޔިތުންގެ މަޖިލީހުގެ އިންތިހާބު ބޮޑު ތަފާތަކުން ކާމިޔާބުކުރުމުގެ އިތުރުން އޭގެ ފަހުން ބޭއްވި ބައިއިލެކްޝަންތައް ވެސް އެޕާޓީން ކާމިޔާބުކުރިއެވެ.

26 ޖޫން 2005 ގައި ރަޖިސްޓްރީ ކުރި އެމްޑީޕީގެ 18 ވަނަ އަހަރީ ދުވަސް ފާހަގަކުރާއިރު، އެ ޕާޓީން ވަނީ ޑިމޮކްރަސީ ރާއްޖެއަށް ގެނައުމުގައި ގިނަ މަސައްކަތްތައް ކޮށްފައެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ފަހުގެ

މަޤްބޫލު