ސަނީ ޑިއޯލްގެ ދަރިފުޅުގެ ކައިވެނީގެ ޙަފްލާ ވިލެޖެއްގައި ބާއްވަނީ

ސަނީ ޑިއޯލްގެ ދަރިފުޅު، ކަރަން ޑީއޯލްގެ ކައިވެނީގެ އުފަލުގައި ބާއްވާ ޙަފްލާއެއް، ދަށަލް ވިލެޖުގައި ބާއްވަން ސަނީ ނިންމައިފިއެވެ. މި ޙަފްލާއަކީ ސަނީ ޚަރަދުކުރައްވައިގެން، އޭނާގެ އިސްނެގުމެއްގެ މަތިން ބޭއްވުމަށް ހަމަޖެހިފައިވާ ޙަފްލާއަކެވެ،

އެވިލެޖްގައި ޙަފްލާ ބާއްވަން ނިންމާފައިވަނީ، އެ ވިލެޖަކީ ވަރަށް ފުރިހަމަ ޘަޤާފަތެއްގެ މައްޗަށް ބިނާވެފައިވާ ސަހަރަކަށްވެފައި، އެ ސަހަރަކީ ސަނީއާ ޚާއްޞަ ގުޅުމެއް އޮންނަ ވިލެޖަކަށްވުމުން އެވިލެޖްގައި ދިރިއުޅޭ މީހުންނާ ސަނީ ޚާއްޞަ ގުޅުމެއް ބާއްވާތީ ކަމަށް ރިޕޯޓްތައް ބުނެއެވެ. ސަނީ ވަނީ ގިނަ ފިލްމުތަކެއްގެ ޝޫޓިން އެ ސަހަރުގައި ބާއްވާފައެވެ.

އަދި މީގެ ކުރިން އޭނާ އެ ސަހަރުގެ މީހުންނާއެކު ޘަޤާފީ ނެށުމެއް ހުށަަހަޅާފައެވެ. އެހެންކަމުން، އެ ސަހަރުގެ މީހުންނަށް އޮތް ޚާއްޞަ ގުޅުމެއްގެ ސަބަބުން އެމީހުންނަށް ޝުކުރު އަދާކުރުމުގެ ގޮތުން މި ތާރީޚީ ޙަފްލާ އެ ސަހަރުގައި ބާއްވަން ނިންމީ ކަމުގައި ސަނީ ހާމަކޮށްފައިވެއެވެ.

އަދި ދާދި ފަހަކުން ކައިވެނިކޮށްފައިވާ ސަނީގެ ދަރި، ކަރަން ޑިއޯލްގެ ހަނީ މޫނު ފުރިހަމަ ކުރަމުންދަނީ ހިމަޗާލް ޕްރަޑެޝްގެ މަނާލީގައެވެ. ދަށަލް ވިލެޖަކީ ހިމަޗާލް ޕްރަޑެޝްގެ ވިލެޖެކެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ފަހުގެ

މަޤްބޫލު