25 ޖަނަވަރީ 2025

ޕީޕީއެމްއާއި ޑިމޮކްރެޓުން ކަންމަތީ ބައްދަލުވުމެއް ބާއްވަނީ

އަންނަ މަހުގެ 3 ވަނަ ދުވަހު އިދިކޮޅު ޕީޕީއެމްއާއިމް އާއި، ރައީސް ނަޝީދު އުފައްދަވަން މަސައްކަތް ކުރައްވާ ދަ ޑިމޮކްރެޓްސް އިން ކަންމަތީ ބައްދަލުވުމެއް ބާއްވަން ނިންމައިފިއެވެ.

ޕީޕީއެމްއާއި ދެ ޑިމޮކްރެޓުން މިއަދު ބޭއްވި މަޝްވަރާ ބައްދަލުވުމަށްފަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޑިމޮކްރެޓްސް އުފެއްދުމުގައި އިސްކޮށް ހަރަކާތްތެރިވާ އަލީ އާޒިމް ވިދާޅުވީ މިއަދުގެ މަޝްވަރާތަކުގައި ދެފަރާތުން ގުޅިގެން މިސަރުކާރު ބަލިކުރަން ކުރަންޖެހޭ ކަންކަމާއި ގުޅޭގޮތުން މަޝްވަރާ ކުރެވުނު ކަމަށެވެ.

އެގޮތުން އަންނަ މަހުގެ 3 ވަނަ ދުވަހު ކަންމަތީ ބައްދަލުވުމެއް ބޭއްވުމަށް ރާވާފައިވާކަމަށެވެ. ނަމަވެސް އަދި ތަނެއް ފައިނަލް ކޮށްފައި ނުވެއެވެ. ޕީޕީއެމްއާއި، ޑިމޮކްރެޓްސްގެ ޖަގަހަ ކައިރި ކައިރީގައި ހުރުމުން މިބައްދަލުވުން އެސަރަހައްދުގައި ބޭއްވުމަކީ އެކަށީގެންވާ ކަމެކެވެ.

މި ޕްރެސްގައި ވާހަކަ ދައްކަވަމުން ޕީޕީއެމްގެ ނައިބް ރައީސް އަހުމަދު ޝިޔާމް ވިދާޅުވީ ދެފަރާތުން މަސައްކަތް ކުރަނީ މިވެރިން ނިންމުމަށް ކަމަށާއި، އެކަމުގައި ގުޅިގެން ކުރަންޖެހޭ ކޮންމެ މަސައްކަތެއް ކުރުމަށް ބައިއަތު ހިފާފައިވާކަމަށެވެ.

ޑިމޮކްރެޓްސް އުފެއްދުމަށް ބާއްވާ ޖަލްސާ ބޭއްވުމުގެ ހުއްދަ ދިނުމަށް އިލެކްޝަނުން ވަނީ ނިންމާފައެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ފަހުގެ

މަޤްބޫލު