Thursday, 18 April 2024

ށ.އަތޮޅުގެ ޖޭޕީގެ ދެ ތަނބު އެމްޑީޕީއަށް!

ށ.އަތޮޅުގައި ޖުމްހޫރީ ޕާޓީގައި އެންމެ އިސްދައުރެއް އަދާކުރާ ދެބޭފުޅުން ވެރިކަން ކުރާ މައި ޕާޓީ އެމްޑީޕީއާއި ގުޅިއްޖެއެވެ.

އެމްޑީޕީން ކުރި ޓުވީޓެއްގައި ބުނީ ޖުމްހޫރީ ޕާޓީގެ ށ.ދާއިރާގެ ރައީސް އަޙްމަދު މާހިރު އާއި.ށ އަތޮޅު ކެންޕެއިން މެނޭޖަރ ޝަފީޤް އެމްޑީޕީއަށް ސޮއި ކުރައްވާފައިވާކަމަށެވެ. އެމްޑީޕީން ވަނީ އެ ދެބޭފުޅުންނަށް މަރުހަބާ ދަންނަވާފައެވެ.

މިބޭފުޅުންގެ ފޯމުތަކާއިު ހަވާލުވީ އެމްޑީޕީގެ ރިޔާސީ ކެނޑިޑޭޓް ރައީސް އިބްރާހިމް މުހައްމަދު ޞާލިހުއެވެ. އެމްޑީޕީން ދަނީ ރިޔާސީ އިންތިޚާބު ގާތްވަމުންދާއިރު ޖުމްހޫރީ ޕާޓީގެ އިސް ބޭފުޅުންތަކެއް އެމްޑީޕީއަށް ވައްދަމުންނެވެ. މިކަމުގައި އިސްކޮށް ހަރަކާތްތެރިވަނީ ރައީސް އޮފީހުގެ މިނިސްޓަރ ސަމީރުކަމަށް ޖޭޕީގެ ރިޔާސީ ކެނޑިޑެޓް ޤާސިމް ވަނީ ވިދާޅުވެފައެވެ.

ޤާސިމް ވިދާޅުވެފައިވަނީ ސަމީރު ލަދު ހަޔާތެއް ހުރިނަމަ ޖޭޕީގެ މެމްބަރުން އެމްޑީޕީއަށް ވެއްދުމަށް މަސައްކަތް ނުކުރާނެކަމަށެވެ. ސަމީރަކީ ޤާސިމާއިއެކު ޖުމްހޫރީ ޕާޓީގައި ވަރަށް ގިނަ ދުވަހު މަސައްކަތް ކުރުމަށްފަހު މިފަހަރުގެ ރިޔާސީ އިންތިޚާބުގައި ރައީސް ޞާލިހަށް ތާއީދުކުރެއްވި ބޭފުޅެކެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *