Monday, 14 October 2024

އަމީރުލް ޙައްޖަށް ދިވެހި ޙައްޖުވެރިންނާއި ބައްދަލުވެވޭ ގޮތެއްނުވި!

1444 ވަނަ އަހަރު ޙައްޖުގެ މަތިވެރި އަޅުކަން އަދާކުރުމަށް ރާއްޖެއިން ފުރި ޙައްޖާޖީންގެ ކަންތައްތައް އިސްކޮށް ބެލެހެއްޓެވުމަށްޓަކައި، އަމީރުލްޙައްޖުގެ ގޮތުގައި ވަޑައިގަންނެވި ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިޞަލް ނަސީމަށް ހައްޖުވެރިންނާއި ބައްދަލު ކުރެވޭ ގޮތެއް ނުވިއެވެ.

ޙައްޖުގެ މަތިވެރި އަޅުކަން އަދާކުރެއްވުމަށްޓަކައި ސަޢޫދީ ޢަރަބިއްޔާއަށް ކުރައްވާ ދަތުރުފުޅެއްގައި ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިޞަލް ނަސީމް ފުރާވަޑައިގެންނެވީ މިމަހުގެ 22 ވަނަ ދުވަހުއެވެ. ރާއްޖެއިން ޙައްޖަށް މީހުން ގެންދިއުމަށް ލިބިފައިވާ 1000 ކޯޓާގެ ދަށުން އެކި ދުވަސްމަތިން މިހާރުވަނީ ޙައްޖަށް ދާ ގްރޫޕްތައް ސަޢުދީއަށް ގޮސްފައެވެ. ރާއްޖެއިން ޙައްޖަށް މީހުން ގެންދިޔުމަށް ލިބިފައިވަނީ 1000 ކޯޓާގެ ތެރެއިން ޙައްޖަށް ގެންދިޔުމުގެ ހުއްދަ ދޫކޮށްފައިވާ 3 ކުންފުނިން ކޮންމެ ކުންފުންޏަކަށް ދީފައިވަނީ 90 ފުރުޞަތެވެ. އަދި ދެންހުރި ފުރުޞަތުތައް ދިނީ ޙައްޖު ކޯޕަރޭޝަނަށެވެ.

މި އަހަރުގެ ޙައްޖުގެ އަޅުކަން އަދާކުރުމަށް ރާއްޖެއިން ދިޔަ ޙައްޖާޖީންގެ އެންމެހައި ކަންތައްތައް ބެލެހެއްޓެވުމަށްޓަކައި، އަމީރުލްޙައްޖުގެ ގޮތުގައި ނައިބު ރައީސް ހަމަޖެއްސެވި ނަމަވެސް، މިހާތަނަށް ހައްޖު ގުރޫޕްތަކާ ބައްދަލު ކުރެއްވޭގޮތް ނައިބުރައީސަށް ނުވާކަމަށް މައްކާގައި މި ވަގުތު ހުންނެވި އިސްލާމިކް މިނިސްޓަރު ޑރ. އަހުމަދު ޒާހިރު ވިދާޅުވެފައިވެއެވެ.

ދިވެހި ހައްޖުވެރިންނާއި ބައްދަލުކުރެއްވުމަށް ނައިބު ރައީސް ވަރަށް ބޭނުންފުޅުވާކަމާއި، އެކަމަށް ގިނަ މަސައްކަތްތަކެއް ކުރެއްވި ނަމަވެސް، ސަލާމަތީ ކަންކަން ވަރުގަދަކޮށްފައިވުމުގެ ސަބަބުން އެކަން ކުރެވިފައިނުވާކަން މިނިސްޓަރ އަހްމަދު ޒާހިރު ފާހަގަކުރެއްވިއެވެ.

ނައިބު ރައީސް ފައިސަލް އަށް ދިވެހި ހައްޖުވެރިންނާއި އަދި ބައްދަލުނުވި ނަމަވެސް ހައްޖުވެރިންނަށް ހަމަޖައްސާފައި ހުރި އިންތިޒާމްތަކުގެ މައުލޫމާތު ނައިބު ރައީސް ވަނީ އޮޅުންފިލުވާފައެވެ.

ނާއިބު ރައީސަކީ ދިވެހި ދައުލަތުގެ އިސްވެރިއަކަށް ވާތީ އެ މަނިކުފާނުގެ ސަލާމަތީ ކަންކަން ސައޫދީ އަރަބިއްޔާގެ ސަލާމަތީ ފަރާތްތަކުން ބަލަހައްޓަނީ އެންމެ މަތީ ފެންވަރުގައެވެ. އެމަނިކުފާނު މައްކާގައި ހުންނަވަނީ ވެސް ހަރަމްފުޅު ކައިރީގައި ހުންނަ ހާއްސަ ގަނޑުވަރުގައެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ފަހުގެ

މަޤްބޫލު