18 ޖަނަވަރީ 2025

"ފިޔަ އޮންލައިން"އިން ފޮޓޯ ކޮންޓެސްޓެއް ބާއްވަނީ

ބޮޑުޗުއްޓީއާއި ބޮޑު ޢީދު ފާހަގަކުރުމުގެ ގޮތުން ފޮޓޯ ކޮންޓެސްޓެއް ބާއްވަން "ފިޔަ އޮންލައިން" އިން ނިންމައިފިއެވެ. މި ކޮންޓެސްޓް ސްޕޮންސަރކޮށްފައިވަނީ "އޭވް" އިންނެވެ.  މި ކޮންޓެސްޓްގެ ނަމަކީ FiyaMoments1444 އެވެ.

މި ފޮޓޯ ކޮންޓެސްޓުގެ މައިގަނޑު މަޤްޞަދަކީ، ބޮޑު ޗުއްޓީގެ އުފާވެރި ހަރަކާތްތަކާއި، އީދުގެ އުފާފާޅުކުރުމުގެ ތައްޔާރީތަކާއި އީދުގެ ޙަރަކާތްތައް ގިނަ ބަޔަކާ ޙިއްސާކޮށް، އީދުގެ އުފާފާޅުކުރުމަށް ހިތްވަރުދިނުމާއި، ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ސްކޫލް ބަންދާއި އީދުގެ ބަންދުގައި ހިންގޭ މުހިއްމު ޙަރަކާތްތައް ތާރީޚަށްޓަކައި ރައްކާކުރުމެވެ.

މި ފޮޓޯ ކޮންޓެސްޓްގައި އިނާމުގެ ގޮތުގައި، 1 ވަނައަށް އަންނަ ފަރާތަކަށް ލެޕްޓޮޕެއް، 2 ވަނައަށް އަންނަ ފަރާތަކަށް ހާޑް ޑްރައިވް (2 ޓީބީ) އެއް، އަދި 3 ވަނައަށް އަންނަ ފަރާތަކަށް އިއަރބަޑެއް ދިނުމަށް ވަނީ ހަމަޖެހިފައެވެ.

މި ފޮޓޯ ކޮންޓެސްޓް ކުރިއަށްދާނީ ފޭސްބުކް އަދި އިންސްޓަގްރަމްގައެވެ. އަދި ފޮޓޯ ޕޯސްޓް ކުރާނީ އެފަރާތެއްގެ އަމިއްލަ އެކައުންޓުންނެވެ. އެގޮތުން ތިރީގައިވާ ކަންތައްތައް ފުރިހަމަކޮށްގެން، މިފޮޓޯ ކޮންޓެސްޓްގައި ބައިވެރިވުމަށް މިއަދުން ފެށިގެން ވަނީ ފުރުޞަތު ހުޅުވެވިފައެވެ. މި ކޮންޓެސްޓްގައި ބައިވެރިވުމަށް ފޮޓޯ ޕޯސްޓްކުރެވޭނެ އެންމެ ފަހު ތާރީޚަކީ، 10 އޯގަސްޓް 2023 ވާ ބުރާސްފަތި ދުވަހެވެ.

  • ފިޔަ އޮންލައިން އަދި އޭވްގެ އިންސްޓަގްރަމް އަދި ފޭސް ބުކް ޕޭޗް ފޮލޯކުރުން.
  • ފޮޓޯ ޕޯސްޓްކުރާއިރު ތިރީގައިވާ ހޭޝްޓެކް ބޭނުންކުރުން.
  • ޕޯސްޓްކުރާ ފޮޓޯ ފިޔަ އޮންލައިން އަދި އޭވްގެ އިންސްޓަގްރަމް އަދި ފޭސް ބުކް އެކައުންޓަށް ޓެގްކުރުން
  • ފޮޓޯ ވާންވާނީ އަމިއްލައަށް ނަގާފައިވާ، އަދި ބޮޑު ޗުއްޓީއާއި އީދުގެ އެކިއެކި ޙަރަކާތްތަކާއި އުފާފާޅުކުރުންތަކާ ގުޅޭ ފޮޓޯއަކަށެވެ.
  • އެކަކަށް 1 ފޮޓޯއަށްވުރެ ގިނަ ފޮޓޯވެސް ބައިވެރިކުރެވޭނެއެވެ.

ވަނަ ހޮވޭނެ ގޮތް:

ވަނަތަކަށް ހޮވޭ ފަރާތްތައް ކަނޑައަޅާނީ، މިކަމަށް ކަނޑައަޅާ ޖަޖިންގ ޕެނަލްއަށް ޚާއްސަކުރެވިފައިވާ %50  މާރކްސްގެ އިތުރުން، ފޭސް ބުކް ޕޭޖް އަދި އިންސްޓަގްރަމް ޕޭޖްގައި ޕޯސްޓްކުރާ ފޮޓޯއަށް ލިބޭ "ލައިކް" ގެ އަދަދަށް %50 އެވެ. ވަނަވަނައަށް ދާނީ، ޖުމްލަ އެންމެ މަތީ މާރކްސް ލިބޭ ފަރާތްތަކެވެ. މި އުސޫލުގައި ނުހިމެނޭ ކަމެއް ދިމާވެއްޖެނަމަ، އެކަމެއް ނިންމާނީ ޖަޖިންގ ޕެނަލްއިންނެވެ.

އެގޮތުން، މި މުބާރާތަށް ޕޯސްޓްކުރާ ފޮޓޯތަކުގެ ތެރެއިން އެންމެ ގިނަ "ލައިކް" ލިބޭ 5 ފޮޓޯ، ފިޔަ އޮންލައިންގެ އިންސްޓަގްރަމް އަދި ފޭސްބްކް ޕޭޖްގައި އާންމުންގެ ޚިޔާލަށް ހުޅުވާލެވޭނެއެވެ. ޖަޖިންގ ޕެނަލްއިން އެންމެ ފަހުގެ ނިންމުން ނިންމާނީ އާންމުންގެ ޚިޔާލަށް ރިޢާޔަތްކޮށްގެންނެވެ.

ވަނަވަނައަށް އަންނަ ފަރާތްތަކަށް ކަނޑައެޅިފައިވާ އިނާމު، އޯގަސްޓް މަސް ނިމުމުގެ ކުރިން ޙަވާލުކުރާ ގޮތަށް ވަނީ ހަމަޖެހިފައެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ފަހުގެ

މަޤްބޫލު