16 ފެބުރުވަރީ 2025

ޝާހުރުކްޚާންގެ ފިލްމީ ޙަޔާތަށް އިއްޔެއަށް 31 އަހަރު

ޝާހުރުކްޚާންގެ ފިލްމީ ޙަޔާތަށް އިއްޔެއަށް 31 އަހަރު ފުރިއްޖެއެވެ.

އޭނާ ފިލްމީ ދާއިރާގައި ހޭދަކުރި މުއްދަތުގައި ބެލުންތެރިންނާ ހަމައަށް ރީތި މޮޅެތި އެތަކެއް ފިލްމެއ ގެނެސްދީފައިވެއެވެ. އޭނާގެ ފުރަތަމަ ފިލްމް ކަމުގައިވާ ދީވާނާ އަކީ ވަރަށް ބޮޑަށް މަޝްހޫރުވެގެންދިޔަ ފިލްމެކެވެ.

ޝާހްރުކުޚާން ވެގެން ގޮސްފައިވަނީ އެކްޓް ކުރަން މޮޅު "ސްޕަރސްޓަރ" އެއްގެ ގޮތުގައެވެ. އޭނާ ކުޅެފައިވާ ފިލްމްތަކުގެ ތެރެއިން ޕަތަން، ދަރް ބާޒިގަރު، ކުޗުކުޗް ހޯތާހޭ، ދިކްވާލޭ ނުލްހަނިއާލެއްޖާއްޔެނގެ ފަދަ ފިލްމުތަކަކީ ބަލާ ފޫހި ނުވާފަދަ މޮޅު ރީތި ފިލްމްތަކެކެވެ.

އޭނާ ކުޅެފައިވާ އެހެން ފިލްމުތަކަށްވެސް ކުރުގޮތަކަށް ބަލާލާނަމެވެ.

ކަބި ހާން ކަބްހިނާ

1994 ވަނަ އަހަރު ކުޅެފައިވާ، މިފިލްމުގައި އޭނާ އަދާކޮށްފައިވަނީ "ސުނިލް" ކިޔާމީހެއްގެ ރޯލެވެ. ޝާހްއަށް އަނާ ދެކެ ވަރަށް ވަރަށް ލޯބިވެވުނެވެ. އެހެންނަމަވެސް އަނާ ލޯބީގެ ގޮތުން ގުޅުނީ އެހެން ފަރާތަކާއެވެ. ޝާހްއާ ޙަވާލާދީ ބައެއް ފަރާތްތަކުން ބުނާ ގޮތުގައި އޭނާ ކުޅުނު ފިލްމުތަކުގެ ތެެރެއިން އޭނާއަށް އެންމެ ކަމުދިޔަ ފިލްމަކީ މިއީއެވެ.

ރާޖުބަން ގަޔާ ޖެންޓްލްމަން

1992 ގައި ކުޅެފައިވާ މިފިލްމުގައި ވާގޮތުން އޭނާ މުމްބާއީއަށް އައީ އިންޖިނިއަރަކަށް ވުމުގެ ވަރަށް ފޮނި އުއްމީދުތަކެއްގައި ކަމަށްވިޔަސް، އޭނާގެ އުއްމީދާ ހަމައަށް ވާސިލުވުމަށް ހުރަސްތަކެއް ކުރިމަތިވިއެވެ. އޭބާ އެސިޓީއަށް އައުމުން ވަޒީފާ ހޯދައިދިން ރެނޫ (ޖޫހީޗައުލާ)އާ ލޯބީގެ ގޮތުން ގުޅުނެވެ. ރާޖޫގެ ނަމުގައި ބަޠަލެއްގެ ދައުރު، ޝާހްރުކްޚާން އަދާކުރަމުން ދިޔައިރު އޭނާ ކުރިންވެސް ދެކެން ބޭނުންވި ދުވަހާ ހިސާބަށް ވާސިލުުވުމަށް މަސައްކަތްކުރަމުންދަނިކޮށް، އެ ސަރަޙައްދުގައި އަލަށް އެޅި ބުރިޖެއްގައި ހިނގި އެކްސިޑެންޓެއްގެ ސަބަބުން އޭނާގެ ބޮލުގއި އިލްޒާމްތަކެއް އެޅި ކޯޓަށް ހާޟިރުކުރާން ފެށުނެވެ. މިކަންކަމާހެދި، އޭނާގެ ކިބައިގައި ހުރި ރަނގަޅު ސިފަތައް ދޫކޮށް، ޙަޤީީޤީ ޤަބޫލުކުރުންތަކުން އޭނާއަށް ދުރައްދެވުނެވެ.

އަންޖާމް

1994 ގައި ކުޅެފައިވާ މިލްމަކީ ކުރީގެ ލޯބީގެ ޙާދިސާއެއް އަންގައިދޭ، ވަރަށް ތަފާތު ހާދިސާއެއް ގެނެސްދޭ ފިލްމެކެވެ. އަންހެން ބަތޮލާގެ ރޯލް ކުޅެފައިވަނީ މަޝްހޫރު ތަރި މަދޫރީއެވެ. މަދޫރީގެ ބޮލުގައި މީހަކު މަރާލިކަމުގެ ތުހުމަތު އަޅުވައި ފްރޭމްކުރެވުނެވެ. އަދި ޖަލުގައި އެތަކެއް އަނިޔާތަކެއް ދެވުނެވެ. އަދި އޭނާގެ ހިތުގައި ބަދަލު ހިފުމުގެ ރޫހެއް އުފެދި، ވަރަށް ބޮޑެތި ހަމަނުޖެހުންތައް އުފެދިގެން ދިޔައެވެ. މި ޙާދިސާގެ ތެރޭގައި އޭނާގެ ޅިޔަނަށް ހަމަލާ ދިނުމުގެ ސަބަބުން އޭނާ މަރުވެގެން ދިޔައެވެ.

 

 

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ފަހުގެ

މަޤްބޫލު