8 ފެބުރުވަރީ 2025

އީދަށް މާލެ އެކި ކުލަތަކުން ދިއްލާލައިފި

މާދަމާއަކީ އަޟްޙާ ޢީދުކަމަށް ވުމާއެކު، މާލެ ޒީނަތްތެރިކުރުމަށް ސިޓީ ކައުންސިލުން ކުރާ މަސައްކަތުގެ ދަށުން ރޭ އެކިކުލަކުލައިން މާލެ ދިއްލާލައިފިއެވެ.

އަޟްހާ އީދުގެ މުނާސަބަތުގައި މާލޭގެ އެކި މަގުތަކުގައި ބޮކި ފަތިތަކާ ގިިޑިގެތައް ދިއްލާލައިފައިވާއިރު، ވިލިމާލެގެ ބައެއް ބޮޑެތި މަގުތައް ޒީނަތްތެރި ކުރުމުގެ ގޮތުން ސިޓީ ކައުންސިލުން ވަނީ "އީދު މުބާރިކް" ޖަހައި، އެކި ޑިޒައިންތަކަށް ހަދާފައިވާ ގިޑިގެތަކުގައި ބޮކިފަތި ހަރުކޮށްފައެވެ.

ގިޑިގެތަކާއި ބޮކިފަތިތައް ދިއްލާލީ ރޭ މައުރިބު ނަމާދަށް ފަހު ޖުމްހޫރީ މައިދާން ސަރަހައްދުގައި ސިޓީ ކައުންސިލުން ބޭއްވި ރަސްމިއްޔާތެއްގައެވެ. މޭޔަރު ޑރ. މުހައްމަދު މުއިއްޒާއި ކައުންސިލުގެ ބައެއް މެމްބަރުން އަދި އާންމުން އެ ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގެންނެވިއެވެ.

އެ ރަސްމިއްޔާތުގައި މޭޔަރު މުޒިއްޒު ވިދާޅުވީ، ރާއްޖެއަކީ 100 ޕަސެންޓު މުސްލިމް ގައުމަކަށްވާއިރު އަދި މާލެއަކީ ވެރިކަން ކުރާ ރަށަށް ވާއިރު، އީދު ފަދަ މުސްލުމުން ފާހަގަ ކުރާ މުނާސަބަތުތައް ވަރަށް ރަސްމީކޮށް ފާހަގަކުރަން ޖެހޭ ކަމަށް ގަބޫލުކުރައްވާ ކަމަށެވެ.

އީދު ފާހަގަކުރުމުގެ ގޮތުން މާލޭގައި ސިޓީ ކައުންސިލުން އުޟުހިޔާ ކަތިލަން ހަމަޖެހިފައިވާކަމަށާއި އަދި އުޟްހިޔާ ކަތިލުމަށްފަހު އާންމުންނަށް ބަހާނެ ކަމަށް މުޢިއްޒު ވިދާޅުވިއެވެ.

ސިޓީ ކައުންސިލުން ކުރިން ބުނި ގޮތުގައި، މާލެއާއި ވިލިމާލޭގައި ޖުމްލަ 22 ފްރޭމުގައި 2224 ބޮކި ހަރުކޮށްފައި ވެއެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ފަހުގެ

މަޤްބޫލު