އިންޑިޔާގެ ބޮޑު ވަޒީރާ ސުވާލެއް ކުރުމުން ވޯލް ސްޓްރީޓް ޖާނަލިސްޓް، ސަބްރީނާ ސިއްދީޤަށް ފުރައްސާރަކޮށް، ބިރުދައްކަމުންދާތީ ވައިޓް ހައުސް ރިޕޯޓަރ ފޮރ ވޯލްސްޓްރީޓް ޖާނަލިސްޓް ކެތަރިން ލޫސީ އެކަން ކުށްވެރިކޮށްފިއެވެ.
ކެތަރިން ލޫސީ މިއަދު ހާމަކޮށްފައިވަނީ، ވޯލް ސްޓްރީގެ ޖާނަލިސްޓަށް ދައްކަމުންދާ ބިރާއި ކުރަމުންދާ ފުރައްސާރަ ބަލައި ނުގަނެވޭނެ ކަމަށާއި، އެކަމަކީ ނުހަނު ކަންބޮޑުވާ ކަމެއްކަމަށެވެ. އަދި މިނިވަން ނޫސްވެރިކަމަށް ފުރިހަމައަށް ޖާގަ ދޭންޖެހޭނެ ކަމަށްވެސް އޭނާ ފާހަގަކުރިއެވެ.
ސަބްރީނާއަށް ބިރުދެއްކުންތަކާއި ފުރައްސާރަ އެންމެ ބޮޑަށް ކުރިމަތިވަމުން އައިސްފައިވަނީ އިންޑިޔާގެ ބޮޑު ވަޒީރު ނިސްބަތްވާ ޕާޓީގެ އޮފިޝަލުންގެ ކިބައިންނެވެ.
ރިޕޯޓަރ ކެތަރިން ލޫސީ އިތުރަށް ބުނީ، ވޯލް ސްޓްރީގެ ޖާނަލިސްޓް ސަބްރީނާއަކީ އިޙްތިރާމް އިޙްތިރާމް ލިބިގެންވާ، އެއްވެސް ފަރާތަކަށް ނުޖެހި ތެދު މަޢުލޫމާތާއި ޚަބަރު ފޯރުކޮށްދެމުންދާ ތެދުވެރިއެއް ކަމަށެވެ. އަދި އޭނާއާ ދޭތެރޭ ފަޚްރުވެރިވާ ކަމަށާއި، ވަރުގަދަ ތަފާތު ސުވާލުތައް ކުރަމުންދިއުމަށް ހިތްވަރުދޭ ކަމަށެވެ.
ސަބްރީނާ ސުވާލުކޮށްފައިވަނީ ދާދި މިދާކަށް ދުވަހު އިންޑިޔާގެ ބޮޑު ވަޒީރު މޯދީ އެމެރިކާއަށް ކުރެއްވި ރަސްމީ ދަތުރުފުޅުގެ ތެރޭގައި އޮތް ނޫސް ކޮންފަރެންސެއްގައި މޯދީއަށް އަމާޒުކޮށެެވެ.