Thursday, 18 April 2024
ޕީޕީއެމްގެ ބުންވަރު ޖަލްސާ

ގޯތި ދިނުމުގެ ނަމުގައި ހިންގާފައިވަނީ ބޮޑު ޖަރީމާއެއް، ތަހުގީގް ކުރުމަށް ގޮވާލަން: ޕީޕީއެމް

ގޯތި ދިނުމުގެ ނަމުގައި ހިންގާފައިވަނީ ބޮޑު ޖަރީމާއެއް ކަމަށާއި، އެކަން އޭސީސީއާއި ކަމާިއ ގުޅުންހުރި އިދާރާތަކުން ތަހުގީގްކޮށް ރަނގަޅަށް ބެލުމަށް އިދިކޮޅު ޕްރޮގްރެސިވް ކޯލިޝަނުން ގޮވާލައިފިއެވެ.

ސަރުކާރުން އިއްޔެ އިއުލާން ކުރި ގޯތި ލިސްޓާއި ގުޅިގެން ޕީޕީއެމް އިން ނެރުނު ބަޔާނެއްގައި ބުނީ ރިޔާސީ އިންތިޚާބަށް 75 ދުވަހަށް ވުރެ ގާތްވެފައިވަނިކޮށް، މާލޭ ސަރަޙައްދުގައިވާ ދިވެހި ރައްޔިތުންގެ ބިންތައް އެންމެ ޙައްޤުވާ ފަރާތްތައް ބެލުމެއް ނެތި، ނަހަމަ ގޮތުގައި ބަހާލި ބާހަލުމަކީ އިންތިހާއަށް ކަންބޮޑުވާ ކަމެއް ކަމަށެވެ. އަދި މިއީ އިންތިޚާބަށް ނުފޫޒު ފޯރުވުމުގެ ގޮތުން ހިންގި ސިޔާސީ ޢަމަލެއްކަމަށް ވެސް ބަޔާނުގައި ބުނެފައި ވެއެވެ.

ޕީޕީއެމް އިން ބުނީ ރައީސް ޔާމީން ޢަބްދުލްޤައްޔޫމްގެ ވެރިކަމުގައި މާލޭ ސަރަޙާއްދުން ހިއްކާފައިވާ ބިންތަކުގައި ހުސްކޮށް ބިން ކޮޅެއް އޮތްނަމަ އެބިންތައް ވަނީ އެއްވެސް އިންސާފެއް ނެތި ރައީސް ސޯލިހްގެ ގާތް މީހުންނާއި ސަރުކާރުގެ ބޮޑުންނަށް ބަހާލާފައި ކަމަށެވެ. އޭގެ ތެރޭގައި ހުޅުމާލެ ފޭސް 1، ފޭސް 2 އަދި ގުޅީފަޅުގެ އިތުރުން އަދި ހިއްކުމުގެ އީޕީއޭވެސް ހާދަފައި ނުވާ ސަރަޙައްދުތައް ހިމެނޭކަން ބަޔާނުގައި ފާހަގަ ކޮށްފައި ވެއެވެ.

ގޯތި ބެހުމުގައި އެއްވެސް އިންސާފުވެރިކަމެއް ނެތްއިރު މިސަރުކާރުގެ 20000 ފްލެޓްގެ ވަޢުދު ފުއްދުމަށް ކުރެވުނު މަސައްކަތެއް ނެތް ކަމަށާއި، އަދި ރައީސް ޔާމީންގެ ވެރިކަމުގައި ފަށްޓަވާފައިވާ ބޯހިޔާވަހިކަމުގެ މަޝްރޫޢުގެ ތެރޭގައި ހިމެނޭ އެތައް ފްލެޓެއް ހުސްކޮށް އެއްވެސް ރައްޔިތަކަށް ނުދީ އެތަންތަން ނިންމުމަށްވެސް އެއްވެސް މަސައްކަތެއް ނުކޮށް ހުރިކަންވެސް އެބަޔާނުގައި ވަނީ ފާހަގަކޮށްފައެވެ.

ހަމަހަމަކަމެއް އިންސާފެއް ނެތި ޙައްޤުވާ ފަރާތްތައް ބެލުމެއް ނެތި ރާއްޖޭގެ އެތައް ރައްޔިތަކު ބާކީކޮށް ގާތް އެކުވެރިންނާއި ސަރުކާރުގެ ބޮޑުންނަށް ބިން ތައް ބަހާލުމާއި، ހިއްކާފައި ނުވާ ސަރަޙައްދުތަކަކުން ގޯތި ހަމަޖައްސައިދީ ރައްޔިތުންނަށް އޮޅުވާލުމުގެ ގޮތުން ހިންގާފައިވާ ޖަރީމާތައް އެސީސީއާއި ކަމާބެހޭ އެހެނިހެން މުއައްސަސާތަކުން ބެލުމަށް ޕީޕީއެމްގެ ބަޔާނުގައި ވަނީ ގޮވާލާފައެވެ.

ބޯހިޔާވަހިކަމުގެ ބޭނުންޖެހިފައިވާ ދިވެހި ކޮންމެ ރައްޔިތަކަށްވެސް މާލޭ ސަރަޙައްދުން ބޯހިޔާވަހިކަން ލިބޭނޭ އިންތިޒާމު ހަމަޖައްސަވައިދެއްވުމަކީ ރައީސް ޔާމީން ސިޔާސަތެއް ކަމާއި އަދި އެމަނިކުފާނުގެ 2018 ވަނަ އަހަރުގެ ރިޔާސީ ވައުދެއް ކަން ވެސް ޕީޕީއެމްގެ ބަޔާނުގައި ބުނެފައި ވެއެވެ. ޕީޕީއެމްގެ ބަޔާނުގައި ބުނީ މާތް ރަސްކަލާންގެ ތަނަވަސް ރަޙުމަތްފުޅުން ރައީސް ޔާމީންގެ ވެރިކަމެއް މިންވަރުފުޅު ކުރައްވައިފިނަމަ އެމަނިކުފާނުގެ ސިޔާސަތު ތަންފީޒު ކުރައްވާ ބޯހިޔާވަހިކަމުގެ ބޭނުންޖެހިފައިވާ ދިވެހި ކޮންމެ ރައްޔިތަކަށްވެސް މާލޭ ސަރަހައްދުން ބޯހިޔާވަހިކަން ހަމަޖެހިގެން ދާނެ ކަމުގެ ޔަޤީންކަން ދިވެހި ރައްޔިތުންނަށް އަރުވާކަމަށެވެ.

ހިޔާލު ފާޅުކުރައްވާ!

ކިޔުންތެރިންގެ ޚިޔާލުތައް:

  1. ޖޭ ވިޔަސް ތަންކޮޅެއް ބޮޑުވަރު! ތިޔަތިބީ ބޮޑުތަނުން މާލޭންވެސް ބަލިވެފަ! ދެން ލަލަލާ ލަލަލާ ލާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *